Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައި އެޗީވަރސް ސްކޮލަރޝިޕް 2023

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔެވުމުގެ ޚަރަދު ހަމަޖައްސައިދޭނީ ސަރުކާރުން

އަމްނާ އިމާދު
އަމްނާ އިމާދު | 16 މެއި 2024 | ބުރާސްފަތި 03:33
"މަތީ އަރުތަވެރިންގެ އިނާމު 2021-2022" ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

"މަތީ އަރުތަވެރިންގެ އިނާމު 2021-2022" ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހައި އެޗީވަރސް ސްކޮލަރޝިޕް 2023އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހައި އެޗީވާރސް ސްކޮލަރޝިޕް އުސޫލުގެ ދަށުން ފުރުސަތު ދެވޭނީ، "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ކިޔެވުމުގެ ޚަރަދު ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ކޯހަށް ކުރިމަތިލާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ޘާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށްވާން ޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ ސްކޫލަކުން 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރެއް ނަމަ "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް މަތީ ސާނަވީ އިމްތިޙާނުން މަދުވެގެން 5 މާއްދާއިން A ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުމާއި، އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން ޝަރުތުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން 2023 ވަނަ އަހަރު ޝަހާދާ ޘާނަވީ އިމްތިހާން ހެދި ދަރިވަރެއް ނަމަ ޝަހާދާ ޘާނަވީ އިމްތިހާނުން ފައިނަލް އެވްރެޖް ގައި "A" ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުމާއި، އެޗް.އެސް.ސީ ދިވެހި މާއްދާއިން "A" ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުމާއި، ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވާ ގައުމުތަކަކީ، ދިވެހިރާއްޖެ، ސާރކްގެ އެހެނިހެން ގައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްގެ އުސޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދިއުމުގައި އަވަސްކުރުމަށް ސަމާލުވާންޖެހޭ ކަމަށެވެ.

ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައި އެޗީވަރސް ސްކޮލަރޝިޕްސްކޮލަރޝިޕްހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
30 އެޕްރީލު 2025

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު