Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓޫޑެންޓް ލޯން

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

ޑިގްރީ ސްކީމްގެ މަސައްކަތް ކުރާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600އަށް ވުރެ ގިނަ އީމެއިލް ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 އެޕްރީލު 2025 | ބުދަ 07:52
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

ދަރިވަރުން ފޮނުވާ އީމެއިލްއާއި ސިޓީތަކަށް ޖަވާބު ދިނުން ލަސްވަނީ މި އަހަރާއި، މިދިޔަ އަހަރު ކުރިން ރޭވިފައިވާ ވަރަށްވުރެން ގިނަ ދަރިވަރުންނަށް ލޯނުދޭން ހަމަޖެއްސުމުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިސްޓްރީގެ ސްކޮލަރޝިޕް ސެކްޝަނަށާއި، ލޯނު ސެކްޝަނާއި، ސަރުކާރު ހަރަދުކޮށްގެން ކިޔަވައިދޭ ފުރަތަމަ ޑިގްރީ ސްކީމްގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600އަށް ވުރެ ގިނަ އީމެއިލް ސިޓީ ލިބޭ ކަމަށާއި، ބައެއް ދުވަސްވަރަށް އެ އަަދަދު އެއަށްވުރެ ވެސް މައްޗަށްދާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ހައިދަރު ވިދާޅުވީ ލޯނާއި، ސްކޮލަރޝިޕާއި، ފުރަތަމަ ޑިގްރީ ސްކީމްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ވެސް ލިބޭ އިންކުއަރީޒް އިތުރުވާ ކަމެއް ކަމަށެވެ.

މިއަހަރާއި، މިދިޔަ އަހަރު ކުރިން ރޭވިފައިވާ ވަރަށްވުރެން ގިނަ ދަރިވަރުންނަށް ލޯނުދޭން ހަމަޖެއްސުމުން ދަރިވަރުންނާ ކުރަން ޖެހުނު މުއާމަލާތްތައް ވަރަށް ބޮޑުތަން އިތުރުވިކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ ޝޯސަލް މީޑިއާގައި އެހެނިހެން ފްލެޓުފޯމުތަކުގައި ސަރުކާރުން އެހާ ގިނަ ދަރިވަރުންނަށް ފައިސާ ނުދެވޭނެކަމަށް ދެކެމުން ދިޔަ ވާހަކަތަކާއި، ގުޅިގެންނާއެކު އަދި ފައިސާ ލިބުމުގެ ކަންކަން އެކަމަށް ހޭދަވާނެ ކަމަށް އަންދާޒާކޮށް ދަރިވަރުންނަށް މައުލޫމާތުދީފައި އޮންނަ މުއްދަތަށްވުރެން މާކުރު މުއްދަތެއްގެ ތެރޭގައި ފައިިސާގެ ކަންކަން ހަމަޖެހިގެން ދިޔުން އެދި އެކިއެކި ފަރާތްތައް މެދުވެރިކޮށް ފޯނުންނާއި، އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ސުވާލު ކުރެވެމުން ދިޔުމުން ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ އެ ސެކްޝަންތަކުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރަމުން ދުވާލަކަށް ލިބެމުންދާ އީމެއިލްތަކަށް ޖަވާބު ނުދެވޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ އެންމެ އިސްކަމެއްދީހެން މަސައްކަތް ކުރެވެމުން ގޮސްފައިވަނީ ދަރިވަރުންނަށް ފައިސާ ކުރުމުގެ ކަންކަން ކަމަށެވެ.

ނަތީޖާއެއް ގޮތުން މި ފާއިތުވީ އެއްވެސް އަހަރެއްގައި ދޫކުރެވިފައިނުވާ ފަދައިން މިދިޔަ އަހަރު ވަނީ 1.2 މިލިއަނަށްވުރެން ބޮޑު އަދަދެއްގެ ފައިސާވަނީ ދަރިވަރުންގެ ކޯސްފީ އާއި، ދިރިއުޅުމުގެ ހަރަދާއި، އެހެނިހެން ކަންކަމަށް ސީދާ ދަރިވަރުންގެ ނަމުގައި ދޫކުރެވިފައިވެއެވެ. ފައިސާ ދޫކުރުން އެއީ އެންމެ އިސްކަންދީގެން ކުރަމުން ގެންދާ މަސައްކަތް ނަމަވެސް މިނިސްޓްރީއަށް ލިބޭ ސިޓީއާއި އީމެއިލްތަކަށް އެންމެ ގިނަ ދުވަސް ވެގެން ވެސް 7 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭތޯ ބަލަމުން ގެންދެވުނެއެވެ. އަދި މިހާރު މިނިސްޓްރީ ޓާގެޓްކޮށް، މަސައްކަތް ކުރަމުން ގެންދަނީ 3 ދުވަހުގެ ތެރޭގައި ސިޓީއާއި، އީމެއިލް އަށް ޖަވާބު ދެމުން ގެންދެވޭތޯ ބެލުމަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި ވިދާޅުވި

ދަރިވަރުންނަށް ޖަވާބު ދިނުން އަވަސް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރު ހައިދަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ ދަރިވަރުންނަށް ދޭ ޚިދުމަތްތައް އަވަސް ކުރުމަށް ދަރިވަރުންގެ މައުލޫމާތުތައް ބަލަހައްޓާނެ ޕޯޓަލްއެއް އުފެއްދުމުގެ މަސައްކަތްތައް މިހާރު ފެށި މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެޕޯޓަލް މެދުވެރިކޮށް ބެލެހެއްޓެން ފެށުުމުން ދަރިވަރުންގެ ރިކުއެސްޓްސް ޖަވާބު ދެވުން ވަރަށް ބޮޑުތަން އަވަސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހަކީ މިނިސްޓްރީ އިއުލާންކުރާ ސްޓޫޑެންޓް ލޯނު ސްކީމް ހޮވޭ ދަރިވަރުން ފައިސާއަށް އެދި ފޯމް ހުށަހަޅާން ފަށާ ދުވަސްވަރު ކަމަށްވުމާއެކު، މިދުވަސްވަރުގައި ފާހަގަކުރެވޭ ވަރަށް މަސައްކަތްތައް އިތުރުވެގެން ދާތީ، އަވަހަށް ޚިދުމަތްދިނުމަށް ސަރުކާރުގެ އެހެން އޮފީސްތަކުން ވެސް މުވައްޒަފުން ގެނެވޭ ކަމަށެވެ. އަދި އިންޓަރނުންގެ ގޮތުގައި ވެސް މުވައްޒަފުން ނަގައިގެން މަސައްކަތް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންގެ ފަރާތުން އަންނަ ސުވާލުތަކަށް އަވަސްމިނެއްގައި ޖަވާބު ދާރީވުމަށް މިނިސްޓްރީގައި ކޯލް ސެންޓަރެއް އުފެއްދުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުރައްޔިތުންގެ މަޖިލިސްދަރިވަރުންލޯންސްކޮލަރޝިޕްފުރަތަމަ ޑިގްރީ ސްކީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު