Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްކޮލަރޝިޕްގެ ފުރުސަތު

މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕްގެ ފުރުސަތު

މި ތަމްރީން ޕްރޮގްރާމްތައް އޮންނާނީ ޕާކިސްތާނުގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2025 | އާދީއްތަ 10:56
މާލެސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން

މާލެސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލުން މާލެ ސިޓީގެ ރައްޔިތުންނަށް، 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސައްކަތްތެރިކާމާއި ފަންނީ ތަމްރީނު ހޯދުމަށް ތަފާތު ހަ ދާއިރާ އަކުން ހުޅުވާލި މި ފުރުސަތުތަކަކީ މާލެ ސިޓީ ކައުންސިލާއި، ސްޓްރޯންގް ސިޓީސް ސައުތު އޭޝިއާ ރީޖަނަލް ހަބާ އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން މާލެ ސިޓީ ކައުންސިލުން ހޯދާފައިވާ ފުރުސަތުތަކެކެވެ.

Advertisement - newsAdvertisement

15 އޭޕްރިލް 2025 ވަނަ ދުވަހު ހުޅުވައިލައިފައިވާ މި ސްކޮލަރޝިޕް ފުރުސަތު ތަކުގެ ތެރޭގައި، ސިއްހީ ދާއިރާއާއި، އިމާރާތް ކުރުމާއި، އިންޖެނިއަރިންގެ ދާއިރާއާއި، ތައުލީމީ ދާއިރާގެ އިތުރުން، އައިޓީ އަދި ޑިޖިޓަލް ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ވެސް ވިޔަފާރީގެ ދާއިރާއާއި ހޮސްޕިޓަލިޓީ އަދި ކަސްޓަމަރ ކެއަރ ގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ފުރުސަތު ހުޅުވާލާފައިވެއެވެ.

3 މަހާއި 6 މަހާ ދެމެދުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމްތައް އޮންނާނީ ޕާކިސްތާނުގައެވެ. މި ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކަށް، މާލެއިން ޕާކިސްތާނަށް ދިއުމުގެ ދަތުރު ޚަރާދާއި، ހުރުމާއި ކެއުން އަދި ކޯސް ފީ ލިބިގެންދާނެ މާލެސިޓީ ކައުންސިލުން ބުނެއެވެ.

މި ސްކޮލަރޝިޕްތަކަށް މީހުން ހޮވުމުގައި އޯލެވެލް ނަތީޖާގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއު އިން ލިބޭ ނަތީޖާއަށް ބެލެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ހަމަކޮށްފައެވެ.

މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 28 އޭޕްރީލް 2025، އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށް ކައުންސިލުން ބުނެއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު