Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ މައްސަލަ އޮޅުންބޮޅުމަކަށް

ޣައްސާންގެ ވާހަކަ އިންޑިއަން ހައިކޮމިޝަނުން ދޮގުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 މެއި 2024 | ބުދަ 11:54
އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

ހުއްދަ ނުހޯދައި 2019 ގައި ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ ވާހަކައަކީ އައު ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް މި ވާހަކައިގެ ހަގީގަތަކީ ކޮބައިކަމާމެދު ސުވާލު އުފެދެއެވެ. ބައެއްފަހަރު މިފަދަ ވާހަކަތަކީ އަމިއްލަ ސިޔާސީ މަންފާއަށްވެސް ދެއްކިދާނެ ވާހަކަތަކެކެވެ. ކޮންމެއަކަސް މިފަހަރު މިއުޅެނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންގެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އޮޅުންބޮޅުން އަރާތީއެވެ.

މިކަމެއް ހިނގީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރާއްޖޭގައި އޮޕަރޭޓު ކުރާ އައިއެން-706 މަރުކާގެ ހެލިކޮޕްޓަރު، އެމްއެންޑީއެފްގެ ހުއްދަ ނެތި ތ. ތިމަރަފުށީގައި ޖެއްސިއެވެ. ނަމަވެސް ހެލިކޮޕްޓަރު ޖައްސަންޖެހުނީ އެމަރޖެންސީގައެވެ. މިކަމާއި ގުޅިގެން ތަފާތު ވާހަކަ ދައްކާއިރު މިހާރު ވެރިކަމުގައި އޮތް ސަރުކާރުން އެ ވާހަކަ ދައްކަނީ އިތުރަށް އެއަށް ފޮނިތޮށި ކާފުރުތޮޅި އަޅައިގެންނެވެ.

އިންޑިއާ ސިފައިން ފޮނުވާލިކަން ހާމަކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ ދިވެހިންގެ ހުއްދަނެތި ހެލިކޮޕްޓަރެއް އޮތީ އެއިރު (2019) ދުއްވާފައި ކަމަށެވެ. އަދި އެއީ ތިމަރަފުއްޓަށް ހެލިކޮޕްޓަރު ލޭންޑްކުރި އިންސިޑެންޓެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ނަމަވެސް ކަން ހިނގިގޮތް ހާމަކޮށް އިންޑިއާ އެމްބަސީން ނެރުނު ބަޔާނުން ޑިފެންސް މިނިސްޓަރު ކަނޑައެޅިގެން އެފަދަ މަގާމެއްގައި ހުންނަވާ ދޮގުހެއްދެވިކަން ހާމަވީއެވެ. އިންޑިއާ އެމްބަސީން ބުނީ ހުއްދަ ނުހޯދާ ނުޖައްސާ ކަމަށެވެ. އެގޮތުން ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށާއި، އޮކްޓޯބަރު 9 ވަނަ ދުވަހުގެ ދަތުރަކީ ވެސް އެމްއެންޑީއެފްގެ ހުއްދައާ އެކު ކުރި ދަތުރެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ދުވަހު އެމަޖެންސީގައި ތިމަރަފުށީ އެއާޕޯޓަށް ޖެއްސީ ވެސް ހުއްދަތަކާއެކު ކަމަށް ބަޔާނުގައިވެއެވެ. އެއީ ކުއްލި ހާލަތެއްގެ ސަބަބުން ބޯޓާއި ބޯޓުގެ ކްރޫގެ ސަލާމަތަށް ވިސްނައި ނެގި ފިޔަވަޅެއް ކަމަށް ވެސް ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސީ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގެ ހުއްދަ ލިބިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެފަހުން އިންޑިއާގެ މި ވާހަކަތާއި ގުޅިގެން ކުއްލިގޮތަކަށް އެކަމާއި ގުޅޭ ސިޓީއެއް ވަނީ ލީކުވެފައެވެ. މި ސިޓީގައި ޣައްސާން ވިދާޅުވީ ތެދެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވެއެވެ. ސައްހަކަމެއް ނުވަތަ ނޫން ވިޔަސް ޣައްސާންގެ ދެއްކެވި ވާހަކަ ދޮގުކުރި ވަގުތާއި ސާތަށް ބަލާފައި ކުއްލިއަކަށް ލީކުވި މި ސިޓީގައި ވަނީ ޣައްސާން ދެއްކެވި ވާހަކަތަށް ބާރުވެސް ލިބިފައެވެ.

މި ސިޓީގައި ވަނީ ތިމަރަފުއްޓަށް ހެލިކޮޕްޓަރެއް ހުއްދަ ނުހޯދައި 2019 ގައި ޖެއްސި ކަމަށް ބުނާ ވާހަކައެވެ. ކޯސްޓް ގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމްގެ ނަމުގައި ފޮނުވާފައިވާ މި ސިޓީ ފޮނުވާފައިވަނީ ލ. ކައްދޫގައި ހުންނަ އިންޑިއަން ނޭވަލް ކޮންޓިންޖެންޓްގެ ކޮމާންޑަރަށެވެ.

ލީކުވެފައިވާ މި ސިޓިގައި ބުނެފައިވަނީ 9 އޮކްޓޫބަރުގައި ހެލިކޮޕްޓަރު ތިމަރައްފުއްޓަށް ޖައްސާފައިވަނީ ހުއްދަ ނުހޯދާ ކަމަށެވެ. އަދި ހެލިކޮޕްޓަރު ޖެއްސިކަން ޔަގީންކޮށްދީފައިވަނީ ސީނިއަރ ޕައިލަޓް ލެފްޓިނެންޓް ކޮމާންޑަރު ވިނޯ އަދި އެއާޕޯޓުގެ އޮފިޝަލުން ކަމަށެވެ. އަދި މިފަދަ ކަމަކުން ގައުމީ ސަލާމަތާއި ގައުމުގެ ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމަށް ބުނެފައިވެއެވެ.

އަދި މި ސަބަބުތަކަށްޓަކައި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ހިނގުން ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދެނީ އައިއެންސީ އިން ފަސް ކަމަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

ކޮންމެއަކަށް މި މައްސަލައިގެ ހަގީގަތް އެނގިތިބެ ކޮންމެވެސް ބަޔަކު ދޮގު އެބަހަދައެވެ. ހައްސާސީ މައްސަލައެއްގައި މިފަދަގޮތަކަށް ކަމާއި ގުޅުންހުރި އިދާރާތައް ހަނު ހުރުމާއި، މިނިސްޓަރު ޣައްސާނުގެ ކުރު ޖަވާބުތަކާއި، ދިފާއީ ބާރުން މިކަމާއި ގުޅޭ ގޮތުން ދޭ ޖަވާބު ލަސްވުމުގެ ފަހަތުގައި އެހެން ކަންތައްތަކެއް ވެސް ވެއެވެ.

އިންޑިއާއެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު