Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތުރުކީ-ދިވެހިރާއްޖެ

އުމުރުން 44 އަހަރުވީ ތުރުކީ ޕެޓްރޯލް ބޯޓު އެސެޓެއްތަ؟ ލަޔަބިލިޓީ އެއްތަ؟

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އުޅަނދުފަހަރުގެ ތެރެއަށް ތުރުކީ ކަނޑުގެ ސިފައިންގެ ޕެޓްރޯލް އުޅަނދު ޓީސީޖީ ވޯލްކަން ރަސްމީކޮށް ތަޢާރަފްވެއްޖެއެވެ. ތުރުކީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކުރި މި އުޅަނދު ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އާއި ތުރުކީ ސިފައިންގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 18:27
ޓީސީޖީ ވޯލްކަން ޕެޓްރޯލް ބޯޓް ރާއްޖޭގެ ދިފާއީ ބާރާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ތުރުކީ އާއި ރާއްޖޭގެ އޮފިޝަލުން ބައިވެރިވަނީ - 15 އޮގަސްޓް 2025

ޓީސީޖީ ވޯލްކަން ޕެޓްރޯލް ބޯޓް ރާއްޖޭގެ ދިފާއީ ބާރާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ތުރުކީ އާއި ރާއްޖޭގެ އޮފިޝަލުން ބައިވެރިވަނީ - 15 އޮގަސްޓް 2025

ތުރުކީ ކަނޑުގެ ސިފައިންގެ ޑޯގަން-ކްލާސް ޕެޓްރޯލް އުޅަނދު ޓީސީޖީ ވޯލްކަން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އުޅަނދުފަހަރުގެ ތެރެއަށް ހުކުރު ދުވަހު ރަސްމީކޮށް ވަނީ ތައާރުފް ކޮށްފައެވެ.

ކުލަގަދަ ރަސްމިއްޔާތެއް މާލޭގައި މިކަމަށް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އަދި ތުރުކީގެ ސިފައިންގެ އިސް އޮފިޝަލުން ބައިވެރިވެފައިވެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ އެންމެ ކުރީ ކޮޅު ތުރުކީ ވިލާތައް ދަތުރުފުޅެއް ކުރައްވާ، ދިފާއީ ސިނާއަތުގެ ރޮނގުން ދެ ގައުމުން އެއްބާރުލުަމަށް ތުރުކީ އާ އެކު ވަނީ އެއްބަސްވެފައެވެ. ތުރުކީގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން މިއީ މި އެއްބަސްވުމުގެ ދަށުން ތުރުކީ އިން ހަދިޔާ ކުރި އުޅަނދެކެވެ.

ޓީސީޖީ ވޯލްކަން (ޕީ-343)، ތުރުކީން ދިވެހިރާއްޖެ އަށް ދަތުރު ކުރީ ޖުލައި 1 އިން އޯގަސްޓް 7 އާ ދެމެދު ކަމަށް ތުރުކީގެ ނެޝަނަލް ޑިފެންސް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

މި އުޅަނދު މާލޭ ބަނދަރަށް އައީ އޯގަސްޓް 10 ގައެވެ. މާލޭ ބަނދަރުގައި ބޭއްވުނު ތުރުކީގެ ދިދަ ތިރިކުރުމުގެ ރަސްމިއްޔާތުގައި ނިއު ދިއްލީ އަދި ދިވެހިރާއްޖެ އަށް އެކްރެޑިޓްކޮށްފައިވާ ތުރުކީގެ މިލިޓަރީ އެޓާޗީ އަދި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕްރޮކިއުމަންޓްގެ ޑިރެކްޓަރ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.

އުޅަނދު ބޭނުން ކުރަމުން އައީ ތަމްރީން ތަކަށް

ޓީސީޖީ ވޯލްކަން، ތުރުކީގެ ކަނޑުގެ ބާރުތަކުގެ ޚިދުމަތަށް ނެރުނީ 1981 ވަނަ އަހަރުގެ މެއި މަހުގައެވެ. އެހެން ކަމުން މި އުޅަނދަށް މި އަހަރުގެ އޮގަސްޓް މަހަށް 44 އަހަރު ފުރޭނެއެވެ. ތުރުކީ މީޑީއާ އިން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، 2024 ގައި މި އުޅަނދު ވަނީ ޓެސްޓު ކުރުމާއި ތަމްރީނު ދިނުމުގެ އުޅަނދެއްގެ ގޮތުގައި އަލުން ގިންތި ކޮށްފައެވެ.

ދިފާއީ ދާއިރާގެ ތަޖުރިބާކާރަކު ބުނި ގޮތުގައި އުޅަނދު ޑީ ކޮމިޝަން ކޮށް ދަރަޖަ ދަށް ކުރުން ދޭހަވަނީ، އޭގެ އުމުރު މައްޗަށް ދިއުމާއެކު އަސްލު އުޅަނދު އުފެއްދި މަގްސަދު އެއިން ހާސިލު ނުވާނެ އަތީ ކަމުގައެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އުޅަނދު ރާއްޖެ އަށް ގެނައުމުގެ ކުރިން ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ދަބަރު ތަޅާ، މަރާމާތު ކޮށްފައިވެއެވެ.

މި އުޅަނދަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ބާރުގެ ޤާބިލިއްޔަތަށް ފާހަގަކޮށްލެވޭ އިތުރުވުމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ދުވަސްވެފައިވާ އަދ ޑީ ކޮމިޝަން ކޮށްފައިވާ އުޅަނދަކަށް ވުމުން ތަޖުރިބާކާރުންގެ ނަޒަރު ގައި އުޅަނދުގެ ތެލުގެ ޚަރަދު ބޮޑު ވުމާއި މަރާމަތު ކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

ޖަރުމަނު ޑިޒައިނާއި ތުރުކީގެ ޚިދުމަތް

ޖަރުމަނުގެ އުޅަނދު ބަންނަ ކުންފުނި ލޫއާރސެން ވޭރްފްޓް އިން ޑިޒައިންކުރި ޑޯގަން-ކްލާސްގެ އުޅަނދުތަކަކީ، 20 ވަނަ ޤަރުނުގެ ފަހުކޮޅު ތުރުކީގެ ކަނޑުގެ ބާރުގެ ޤާބިލިއްޔަތަށް ގެނައި ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އެއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ހަރުކުރެވުނު ފުރަތަމަ ތުރުކީ ކަނޑުގެ ބާރުގެ ގިންތިއެވެ.

މި ގިންތީގައި އަސްލު ހިމެނުނީ ހަތަރު އުޅަނދެވެ: ޓީސީޖީ ޑޯގަން (ޕީ-340)، ޓީސީޖީ މާރްޓި (ޕީ-341، 2022 ގައި ޚިދުމަތުން ވަކިކުރެވުނު)، ޓީސީޖީ ޓައިފޫން (ޕީ-342)، އަދި ޓީސީޖީ ވޯލްކަން (ޕީ-343، ދިވެހިރާއްޖެއަށް ހަދިޔާކުރެވުނު).

މީގެ ތެރެއިން ޚިދުމަތުގައި މިހާރު އޮތީ އެންމެ ދެ އުޅަނދެވެ.

12،000 ހޯސް ޕަވަރުގެ ހަތަރު އެމްޓީޔޫ ޑީސަލް އިންޖީނުން އަޅާފައިވާ މި އުޅަނދަކީ އައްސޭރި ފަށާ ކައިރި ސަރަޙައްދުތަކުގައި ދުއްވުމަށާއި ކަނޑުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް އެކަށީގެންވާ އުޅަނދެއް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ތުރުކީ ޑްރޯން

ދިވެހިރާއްޖެ އިން ވަނީ ތުރުކީން ޑްރޯން ގަނެފައެވެ. 2024 ވަނަ އަހަރު، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ބެލެހެއްޓުމަށް، ތުރުކީގެ ބައިކަރު ކުންފުނިން ގަތް ބައިރަކްޓަރު ޓީބީ2 މޮޑެލްގެ ސަރވެއިލަންސް ޑްރޯންތަކެކެވެ. މި މުޢާމަލާތް ނިންމާފައި ވަނީ މުޢިއްޒު ވެރިކަމާ ޙަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ބޭރު ދަތުރުފުޅުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީއަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ.

ތުރުކީގެ ކުންފުންޏެއް ކަމަށްވާ ބައްކަރުގެ ޓީބީ2 މޮޑެލްގެ މި ޑްރޯންތައް ގެނެސްފައިވަނީ 2024 މާރިޗު 3 ވަނަ ދުވަހުއެވެ. ދިވެހި ސަރުކާރުން ވަނީ މި ޑްރޯންތައް ބޭނުންކޮށްގެން ރާއްޖޭގެ ފުޅާ ކަނޑުގެ ސަރަޙައްދު ފުރިހަމަ އަށް މޮނިޓަރ ކުރުމަށްޓަކައި ނ. އަތޮޅު މާފަރުގައި ޚާއްޞަ ޑްރޯން ބޭސްއެއް ޤާއިމު ކޮށް އެއަރ ކޯޕްސް އެއް އުފައްދާފައެވެ.

ތުރުކީ އަށް ރައީސް ކުރެއްވި ޒިޔާރަތަށްފަހު، ހެދި އެއްބަސްވުމުގެ ތަފްޞީލުތައް ހާމަކޮށްފައި ނުވިނަމަވެސް، މިއީ 24 ގަޑިއިރު މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުމަށް ކުރި ކަމެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ.

މާރިޗު 15 ވަނަ ދުވަހު ނ. އަތޮޅު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ތިން އަންމޭންޑް އެއަރިއަލް ވެހިކަލް (ޔޫއޭވީ) ތަޢާރަފު ކުރެވުނެވެ.

ތުރުކީގެ މީޑިއާތަކުގެ ރިޕޯޓުތަކުން ސާފު ވާ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ޖުމްލަ 6 ޑްރޯން ގަނެފައެވެ.

ޑްރޯން ތަކުގެ އަގަކީ 37 މިލިއަން ޑޮލަރު ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

ޑްރޯން ޚިދުމަތް ފެށި އިރު، މާފަރުގައި ފެށީ ދެ ސެޓް ބޭނުން ކޮށްގެން ކަމަށް ވެއެވެ. އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ މަސްދަރަކުން ބުނެފައިވާ ގޮތުގައި މާފަރު ގައި ކުރެވުނު ތަޖުރިބާ އިން މިއީ ރާއްޖޭގެ މާހައުލަށް މާ އެކަށީގެންވާ އެއްޗަކަށް ނުވެއެވެ. 25 މޭލަށް ވުރެ ވައި ބާރުވެއްޖެ ނަމަ ޑްރޯން ތަކުގެ ބޭނުން ނުހިފޭ ކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑްރޯންތައް ސީދާ ބޭނުން ކޮށްގެން އަދި މިހާތަނަށް ރާއްޖޭގެ ސަރަހައްދުން ގަވައިދާ ޚިލާފަށް ވަދެގެން އުޅުނު އުޅނަދެއް އަތުލައިގަނެވިފައެއް ނުވެއެވެ. ސަރުކާރުން ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ގަތް 6 ޑްރޯން ގެ ތެރެއިން އަދި ލިބުނު ކަމަށް ބެލެނީ 3 ޑްރޯން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔަޅަށް މޭބިސްކަދުރު ހުތްވިހެން، އިދިކޮޅަށް އިންޑިއާގެ މަތިންދާބޯޓު ގޯސްވެއްޖެ!

ހިޔަޅަށް މޭބިސްކަދުރު ހުތްވިހެން، އިދިކޮޅަށް އިންޑިއާގެ މަތިންދާބޯޓު ގޯސްވެއްޖެ!

05 ސެޕްޓެމްބަރު 2020
ތިލަފުށީ ފަޅުގައި އޮތް ބޯޓު ނެގުމުގެ މަސައްކަތް ޖީއެމްއައިޒެޑުން ކޮށްފައިވަނީ ރަނގަޅަށް!

ތިލަފުށީ ފަޅުގައި އޮތް ބޯޓު ނެގުމުގެ މަސައްކަތް ޖީއެމްއައިޒެޑުން ކޮށްފައިވަނީ ރަނގަޅަށް!

11 އޯގަސްޓު 2020
ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

ނޭވާ ހުއްޓިފައި އޮތް އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖެއް ހޮސްޕިޓަލަށް ގެންދިޔައީ ސިފައިންގެ އޮފިސަރުގެ އަތްދަނޑިމަތީގައި!

04 ސެޕްޓެމްބަރު 2019
113 އަހަރުވީ ޤަދީމީ މިސްކިތް ސިމެންތި ގުދަނަކަށް !؟

113 އަހަރުވީ ޤަދީމީ މިސްކިތް ސިމެންތި ގުދަނަކަށް !؟

21 ޖުލައި 2019
އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

28 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު