Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އިންޑިއާ

ހަކުރު ބަލީގެ މީހުންނަށް އަނބު ކެވޭނެތަ؟ އިންޑިއާގެ ދިރާސާ އަކުން އާންމު ވިސްނުމަށް ގޮންޖަހައިފި

ހަކުރު ބަލީގެ މީހުން އަނބު ކެއުމާ މެދު ޒަމާނުއްސުރެ ހީވެފައި އޮންނަ ހީތަކަށް މުހިންމު ޖަވާބުތައް ލިބޭ އައު ދިރާސާތަކެއްގެ ނަތީޖާ ވަނީ ހާމަ ވެފައެވެ.

އިންޑިއާގައި ފަހުން ހެދުނު ދިރާސާތަކުން ދައްކާގޮތުގައި މާފަލަމަޑި ކެއުމުން ޑައިބެޓީސް ބަލި މީހުންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވޭ

ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 11:02
އިންޑިއާގެ ނިއު ދިއްލީ މުނިސިޕަލް ކައުންސިލުން ޖުލައި 5، 2025 ގައި ބޭއްވި "ޚާސް-ޔޭ-އާމް" ފެސްޓިވަލު ގައި 300 ށް ވުރެ ބާވަތުގެ އަނބުގެ ވައްތަރުތައް ދައްކާލާފައިވޭ

އިންޑިއާގެ ނިއު ދިއްލީ މުނިސިޕަލް ކައުންސިލުން ޖުލައި 5، 2025 ގައި ބޭއްވި "ޚާސް-ޔޭ-އާމް" ފެސްޓިވަލު ގައި 300 ށް ވުރެ ބާވަތުގެ އަނބުގެ ވައްތަރުތައް ދައްކާލާފައިވޭ

ހޫނު މޫސުމުގެ ދުވަސްތައް އިންޑިއާ ގައި ވޭތުވަމުން ދާއިރު، މުންބާއީ ގައި މަސައްކަތް ކުރާ ޑައިބެޓީޒް ސްޕެޝަލިސްޓަކަށް އެންމެ ގިނައިން އަޑުއިވޭ ސުވާލަކީ: "އަހަންނަށް އަނބު ކެވިދާނެތަ؟"

"އަނބުގެ މީރު ކަމުގެ ސަބަބުން، އެއީ އިންޑިއާގެ ހޫނު މޫސުމުގެ މުހިންމު ބައެއް. އެހެން ކަމުން މީހުން އަނބު ކާން ބޭނުން ވުމަކީ އެކަށީގެންވާ ކަމެއް،" ހަކުރު ބަލީގެ ސްޕެޝަލިސްޓެއް ކަމަށް ވާ ރާހުލް ބަކްސީ މިކަމާ ބެހޭ ގޮތުން ބީބީސީ އާ ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ނަމަވެސް، މި ސާދާ ސުވާލުގައި ގިނަ އޮޅުންތަކެއް އެކުލެވިގެންވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި އަނބު އެއް ގޮތަކަށް ވެސް ކައިގެން ނުވާނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ އިރު، އަނެއްކޮޅުން އަނބު ގިނައިން ކެއުމުން "ޑައިބެޓީޒް ރިވާސް ވާނެ" ކަމަށް ހީކުރުން ހިމެނެއެވެ.

ޙަޤީޤަތަކީ މި ދެމެދުގައި އޮތް އެއްޗެކެވެ.

"އަސްލު ޙަޤީޤަތުގައި، ގިނަ ބަލި މީހުން އަނބު މޫސުމަށް ފަހު ފޮލޯއަޕް ވިޒިޓްތަކަށް އަންނަ އިރު، އެމީހުންގެ ހަކުރުގެ މިންވަރު މަތިވެފައި ހުރޭ. އަދި ބައެއް ފަހަރު އޭގެ ސަބަބަކީ މި މީރު މޭވާ ގިނައިން ކެއުން ކަމުގައި ވެސް ވެދާނެ،" ޑރ. ބަކްސީ ވިދާޅުވިއެވެ.

މި ހެން ކަން ދިމާވުމުން ޑައިބެޓީޒް ހުންނަ ގިނަ މީހުން "މޭވާތަކުގެ ރަސްގެފާނު" އާ މެދު ބިރުވެރި ނަޒަރަކުން ދެކެއެވެ. ނަމަވެސް އައު ދިރާސާތަކުން ދައްކާ ގޮތުގައި އަނބަކީ ހަކުރު ބަލީގެ މީހުންނަށް އެ ހީކުރެވޭ ފަދަ ގޯސް މޭވާ އެއް ނޫނެވެ.

އިންޑިއާ ގައި ކުރެވުނު އައު ދެ ކްލިނިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ކާބޯހައިޑްރޭޓް (ރޮށި ފަދަ ކާނާ) ގެ ބަދަލުގައި ކޮންޓްރޯލް ކޮށްގެން އަނބު ކެއުމުން ޓައިޕް 2 ޑައިބެޓީޒް ހުންނަ މީހުންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރާއި މެޓަބޮލިކް ހެލްތު ރަނގަޅުވެދާނެ ކަމަށް ފާހަގަ ވެފައިވެއެވެ.

ޓައިޕް 1 ޑައިބެޓީޒް ޖެހެނީ ހަށިގަނޑުން އިންސިއުލިން އުފެއްދުން މަދުވުމުން ނުވަތަ ޕެންކްރިއާސް އިން އިންސިއުލިން އުފެއްދުން ހުއްޓުމުންނެވެ. އަދި ޓައިޕް 2 ޑައިބެޓީޒް ޖެހެނީ ހަށިގަނޑަށް އިންސިއުލިންގެ އަސަރު ކުރުން ހުއްޓުމުންނެވެ.

އިންޓަނޭޝަނަލް ޑައިބެޓީޒް ފެޑެރޭޝަން (އައިޑީއެފް) ގެ މަޢުލޫމާތު ދައްކާގޮތުގައި ދުނިޔޭގެ ޑައިބެޓީޒް ކޭސްތަކުގެ 90% އަށް ވުރެ ގިނައީ ޓައިޕް 2 ޑައިބެޓީޒް އެވެ. މިއީ ދުނިޔޭގައި އަށް ވަނަ އަށް އެންމެ އާންމު ބަލީގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބައްޔެވެ. އަދި 2050 ވަނަ އަހަރާ ހަމަ އަށް ދެވޭ އިރު ދުނިޔޭގައި ދެވަނަ އަށް އެންމެ އާންމު ބައްޔަށް މި ބަލި ވާނެ ކަމަށް ލަފާ ކުރެވެއެވެ. މި ބަލީގެ ސަބަބުތައް ފުރިހަމައަށް އެނގިފައި ނެތް ނަމަވެސް، މިއީ ހަށިގަނޑުގެ ބަރުދަނާއި، އުމުރާއި، ނަސްލު އަދި ޢާއިލީ ގުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ބައްޔެކެވެ.

އިންޑިޔާ ގައި، ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ މަޢުލޫމާތު ދައްކާގޮތުގައި، ގާތްގަނޑަކަށް 77 މިލިއަން ބޮޑެތި މީހުންނަށް ޓައިޕް 2 ޑައިބެޓީޒް ޖެހިފައިވެއެވެ. އަދި 25 މިލިއަނާ ކައިރި އަދަދެއްގެ މީހުންނަކީ ޕްރީޑައިބެޓިކުންނެވެ. އަދި މި މީހުންނަށް ޑައިބެޓީޒް ޖެހުމުގެ ރިސްކު ވަރަށް ބޮޑެވެ.

ޔޫރަޕިއަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއު ކުރަން ހަމަ ޖެހިފައިވާ ޕައިލެޓް ދިރާސާ އެއްގައި 95 ބައިވެރިން ގެ މައުލޫމާތު ހިމަނައިގެން ހޯދި ހޯދުން ތަކުން ދެއްކިގޮތުގައި، އިންޑިއާގެ މަޝްހޫރު ތިން ބާވަތެއްގެ އަނބު ކަމުގައިވާ - ސަފެދާ، ދަޝެރީ އަދި ލަންގްރާ - ކެއުމަށް ފަހު، ދެ ގަޑިއިރުގެ ތެރޭގައި ގްލުކޯސް ޓެސްޓު ކުރުމުން، ގޮދަން ފުށް ރޮށި ކެއުމާ އެއްވަރު ނުވަތަ އެއަށް ވުރެ ދަށް ގްލައިސެމިކް ރެސްޕޮންސް އެއް ފެނުނެވެ. (ގްލައިސެމިކް ރެސްޕޮންސް އަކީ ކާއެއްޗެއް ކެއުމަށްފަހު ލޭގައި ހުންނަ ހަކުރުގެ މިންވަރު އަވަހަށް އަދި ކިހާވަރަކަށް މައްޗަށް ދާކަން ދައްކުވައިދޭ މިންގަނޑެކެވެ.)

ޓައިޕް 2 ޑައިބެޓީޒް ހުރި އަދި ނެތް މީހުންގެ ކޮންޓިނުއަސް ގްލުކޯސް މޮނިޓަރިންގ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު އިރު ނަތީޖާ ދެއްކި ގޮތުގައި ޑައިބެޓީޒް ބަލި މީހުން އަނބު ކެއުމުގެ ސަބަބުން އެ މީހުންގެ ލޭ ގައި ހަކުރު ހުންނަ މިންވަރަށް އަންނަ ބަދަލުތައް މާ ކުޑައެވެ. ހަކުރުގެ މިންވަރަށް އަންނަ ބަދަލު މި ގޮތައް ކުޑަ ވުމަކީ ދިގު މުއްދަތެއްގައި ހަށިގަނޑަށް ފައިދާކުރާނެ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

"އަނބަކީ ވަރަށް ގިނަ މީހުން ގަޔާވާ މޭވާ އެއް. އެހެން ނަމަވެސް އޭގެ ސަބަބުން ހަކުރާއި ބަރުދަން މައްޗަށް ދާނެ ކަމަށް ހީކުރެވޭތީ އަނބާ މެދު ދެކޭ ގޮތް ވަނީ ބަދަލުވެފައި،" މި ދެ ދިރާސާގެ ފުރަތަމަ އޯތަރު ޑރ. ސުގަންދާ ކެހާރު ބީބީސީ އަށް ވިދާޅުވިއެވެ.

"މި ދިރާސާތަކުން ދައްކާ ގޮތުގައި މިންގަނޑެއްގެ ތެރެއިން އަނބު ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރަށް ގެއްލުމެއް ނުވާނެ. އަދި އޭގެ ފައިދާވެސް ކޮށްފާނެ."

ޖާނަލް އޮފް ޑައިބެޓީޒް އެންޑް މެޓަބޮލިކް ޑިސްއޯޑަރސް ގައި ޝާއިޢު ކުރެވުނު ދެވަނަ ދިރާސާ އަކުން މި ހޯދުންތައް އިތުރަށް ހަރުދަނާ ކޮށްދީފައި ވެއެވެ.

ޓައިޕް 2 ޑައިބެޓީޒް ހުރި 35 ބޮޑެތި މީހުން އެމީހުންގެ ނާސްތާ ގައި ރޮށީގެ ބަދަލުގައި 250 ގްރާމް އަނބު ކެއުމުން، ފާސްޓިންގ ގްލުކޯސް، ހީމޮގްލޮބިން އޭވަން ސީ ޓެސްޓް (އެޗްބީއޭވަންސީ) ޖެ ނަތީޖާ (މިއީ އެވްރެޖްކޮށް ލޭގައި ހުންނަ ހަކުރުގެ މިންވަރު ދައްކުވައިދޭ ޓެސްޓެކެވެ)، އިންސިއުލިން ރެސިސްޓަންސް، ބަރުދަން، އުނަގަނޑުގެ ވަށަމިން އަދި އެޗްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ރަނގަޅުވިއެވެ. މިއީ ޑައިބެޓީޒް ކޮންޓްރޯލް ކުރެވޭ މިންވަރާއި ޖުމްލަ ގޮތެއްގައި މެޓަބޮލިކް ހެލްތު ދައްކުވައިދޭ މުހިންމު މާކަރތަކެކެވެ.

"އަޅުގަނޑުމެން މި ދެއްކީ ނާސްތާގައި ކާބޯހައިޑްރޭޓް (ރޮށި) ގެ ބަދަލުގައި މަދު މިންވަރަކަށް އަނބު ކެއުމުގެ ފައިދާތައް ދެ ތަފްޞީލީ ދިރާސާއަކުން ފުރަތަމަ ފަހަރަށް. މިއީ އަނބު ކެއުމުގެ ސަބަބުން މެޓަބޮލިޒަމަށް ކުރާ ނޭދެވޭ އަަސަރުތަކާ ގުޅޭގޮތުން ހުރި ހުރިހާ ޝައްކުތަކެއް ފިލުވާލި ކަމެއް،" ސީނިއަރ އޯތަރ އަދި ދިރާސާގެ އިސްވެރިޔާ ޕްރޮފެސަރ އަނޫޕް މިސްރާ ވިދާޅުވިއެވެ.

"ނަމަވެސް މުހިންމު ކަމަކީ މިންވަރު ދެނެގަތުމާއި ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމެވެ - މިއީ ހިތުހުރި ވަރަކަށް އަނބު ކެއުމުގެ ހުއްދައެއް ނޫނެވެ."

އިންޑިއާ ގެ ޖަނަކްޕޫރީގެ ދިއްލީ ހާޓްގައި އޮތް އަނބު ފެސްޓިވަލެއް ގައި އޮތް އަނބު ކެއުމުގެ މުބާރާތެއްގައި އަންހެނަކު އަނބު ކަނީ - 7 ޖުލައި 2018
އިންޑިއާ ގެ ޖަނަކްޕޫރީގެ ދިއްލީ ހާޓްގައި އޮތް އަނބު ފެސްޓިވަލެއް ގައި އޮތް އަނބު ކެއުމުގެ މުބާރާތެއްގައި އަންހެނަކު އަނބު ކަނީ - 7 ޖުލައި 2018

ޕްރޮފެސަރ މިސްރާ އާ އަނބު ވަކި މިންވަރަށް ކެއުމުގެ މާނައަކީ ކޮބައިތޯ އެހުމުން އޭނާ ވިދާޅުވީ، "މީހެއްގެ ދުވާލެއްގެ ކެލަރީގެ ލިމިޓަކީ 1،600 ނަމަ، އަނބުން ލިބޭ ކެލަރީ ވާން ޖެހޭނީ އެ ޖުމްލަ އަދަދުގެ ތެރެއިން ބައެއްގެ ގޮތުގައެވެ. އިތުރު އެއްޗެއްގެ ގޮތުގައެއް ނޫނެވެ. 250 ގްރާމްގެ އަނބެއް ގައި - ގާތްގަނޑަކަށް ކުޑަ އަނބެއްގައި - ގާތްގަނޑަކަށް 180 ކެލަރީ ހުރެއެވެ. ދިރާސާ ގައި ފެނުނު ފަދައިން، އެމީހަކު ހަމަ އެ މިންވަރުގެ ކާބޯހައިޑްރޭޓްގެ ބަދަލުގައި އަނބު ކައިފިނަމަ، ހަމަ އެ ނަތީޖާ ލިބޭނެއެވެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ބަކްސީ ވިދާޅު ވަނީ އޭނާގެ ބަލިމީހުންނަށް ވެސް ހަމަ އެފަދަ އިން އިރުޝާދު ދެއްވާ ކަމަށެވެ.

"ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ހުރެއްޖެ ނަމަ، އަހުރެންގެ ބަލިމީހުންނަށް މަދު މިންވަރަކުން އަނބު ކެއުމަށް ހުއްދަދެން އަދި ހިތްވަރުވެސް ދެން - ގާތްގަނޑަކަށް އަނބުފަޅި އެއްގެ މިންވަރު، އެއީ 15 ގްރާމްގެ ކާބޯހައިޑްރޭޓް ހުންނަ މިންވަރު - ދުވާލަކު އެއްފަހަރު ނުވަތަ ދެފަހަރު."

ޑރ. ބަކްސީ އޭނާގެ ބަލިމީހުންނަށް ދެއްވާ އިރުޝާދަކީ: މިންވަރު ބެލުމަކީ އެންމެ މުހިންމު ކަމެވެ - އަނބު ކާން ވާނީ ކާ ގަޑިތަކުގެ ދެމެދުގައެވެ. ޑެޒަޓެއްގެ ގޮތުގައެއް ނޫނެވެ. އަނބާ އެކު ޕްރޮޓީން ނުވަތަ ފައިބަރ ކާށެވެ. އަދި އެހެން ކާބޯހައިޑްރޭޓް ނުވަތަ ހަކުރު އެކުލެވޭ ބާވަތްތަކާއެކު ނުކާށެވެ. މިސާލަކަށް ޖޫސް އަދި މިލްކްޝޭކް ފަދަ ތަކެއްޗާ އެކު އަނބު ނުކާށެވެ."

އިންޑިއާ ގައި 1،000 އަށްވުރެ ގިނަ ވައްތަރުގެ އަނބު ހައްދައެވެ. މީގެ ތެރެއިން ބައެއް ބާވަތްތަކަކީ ވަރަށް ފޮނި ބާވަތްތަކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުވާފަރުގައި ތިބި ހަކުރުބަލީގެ މިހުންނަށް ނިލަންދޫ ޖަމްއިއްޔާތަކުން ގުލްކޯމީޓަރު ހަދިޔާކޮށްފި

ދުވާފަރުގައި ތިބި ހަކުރުބަލީގެ މިހުންނަށް ނިލަންދޫ ޖަމްއިއްޔާތަކުން ގުލްކޯމީޓަރު ހަދިޔާކޮށްފި

16 ނޮވެމްބަރު 2021
ސައުދީގައި 24 ގަޑީއިރު ތެރޭ 364 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

ސައުދީގައި 24 ގަޑީއިރު ތެރޭ 364 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

11 އެޕްރީލު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020
ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

12 ޖެނުއަރީ 2019
ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

07 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު