Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒުވާން އުމުރުގައި ޔަމާލް ދައްކާ ކުޅުމަށް ޒަވީގެ ތައުރީފު!

އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2024 | އަންގާރަ 08:08
ލަމީން ޔަމާލް އަދި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ލަމީން ޔަމާލް އަދި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ، ލަމީން ޔަމާާލް ދައްކަމުން އަންނަ ކުޅުމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ތައުރީފުކޮށްފި އެވެ.

ޒަވީ މިހެން ވާހަކަ ދެއްކީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗުގައި އޭނާ ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ. އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރު އެވެ.

ޒަވީ ބުނީ ޔަމާލް ފެންނަނީ ނިންމުންތައް ނިންމުމުގައި ވެސް ވަރަށް ވިސްނުންތެރިކަމާއެކު ކުރިއަށްދާ މަންޒަރު ކަމަށެވެ. އޭނާ އަކީ އެންމެ ފުރިހަމަ ކުޅުންތެރިޔާ ނޫންކަން ފާހަގަކޮށް ޒަވީ ބުނީ، ޔަމާލް އަކީ އަދި އެންމެ 16 އަހަރުގެ ކުޅުންތެރިޔެއް ކަމަށެވެ. އެހެން ނަމަވެސް، އެ އުމުރުގައި އޭނާ އަންނަނީ ތަފާތު ދައްކަމުން ކަމަށާއި، އޭނާގެ ކުޅުމުން ބުނެދެނީ ވެސް، އޭނާގެ ފެންވަރު ކަމަށް ޒަވީ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ އަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ވެސް ޒަވީ ބުންޏެވެ.

ޔަމާލް ވަނީ މިހާތަނަށް ބާސެލޯނާގެ ސީނިއާ ޓީމަށް 48 މެޗު ކުޅެދީ، ހަތް ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާލަމިން ޔަމާލްޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު