Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ސީޒަން ނިމުމުން، ނަވާސް ވެސް ޕީއެސްޖީ ދޫކޮށްލަނީ

ނަވާސް ވަނީ މިހާތަނަށް 113 މެޗެއްގައި ޕީއެސްޖީގެ ގޯލު ބަލަހައްޓައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2024 | އާދީއްތަ 03:02
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނަވާސް

ޕީއެސްޖީ އަށް ކުޅެމުން އަންނަ ނަވާސް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ކޮސްޓަ ރިކާގެ ގޯލު ކީޕަރު ކޭލާ ނަވާސް، މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ތަޖުރިބާކާރު ކީޕަަރު ޕީއެސްޖީއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި ހަތަރު އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާން އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް އޭގެ ކުރިން ޕީއެސްޖީން ވަނީ އޭނާގެ އެއްބަސްވުން އެއް އަހަރަށް އިތުރު ކޮށްފަ އެވެ. އެހެންކަމުން، އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެއްބަސްވުން ހަމަވުމުން ޕީއެސްޖީ ދޫކޮށްލަން ނަވާސް ނިންމާފައިވާއިރު، އޭނާ ބުނީ ފާއިތުވި އަހަރުތަކުގަައި ޕީއެެސްޖީގައި ކުޅުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާކުރާ ކަމަށެވެ. އަދި ޕީއެސްޖީގައި އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހައި ކޯޗިން އޮފިޝަލުން އަދި ޓީމުގެ ކުޅުންތެރިންނަށް ނަވާސް ވަނީ ޝުކުރު ވެސް އަދާ ކޮށްފަ އެވެ.

ޕީއެސްޖީގައި ހުރުމަށްފަހު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ނަވާސް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެފަ އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ފޮރެސްޓުން އޭނާ ހޯދީ، އެ ކުލަބުގެ އެއް ނަންބަރު ގޯލު ކީޕަރަށް އަނިޔާވުމުގެ ސަބަބުންނެވެ.

ނަވާސް ވަނީ މިހާތަނަށް 113 މެޗެއްގައި ޕީއެސްޖީގެ ގޯލު ބަލަހައްޓައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 10 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން 20-2019 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީން ކުޅުނު ޓީމުގަައި ވެސް ނަވާސް ހިމެނެ އެވެ. ނަވާސް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ސްޕެއިންގެ ރެއާލް މެޑްރިޑުގަ އެވެ. އޭނާ ޕީއެސްޖީ އަށް ބަދަލުވީ ރެއާލް ދޫކޮށްލުމަށްފަހު އެވެ.

ޕީއެސްޖީކޭލޯ ނަވާސް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު