Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ

އިޒްރޭލް ސިފައިންނާ ދެކޮޅަށް ރޮކެޓާއި، ގޮވާތަކެއްޗާއި، ބަޑިން ހަމާސްގެ ހަނގުރާމަވެރިން ގެންދަނީ ހަމަލާ ދެމުން

ރާއްޖެ އެމްވީ | 11 މެއި 2024 | ހޮނިހިރު 07:02
ރަފާ ސިޓީއަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތަކުގައި ބޭނުން ކުރަނީ އެމެރިކާއިން އުފައްދާ އެންމެ ޒަމާނީ ހަތިޔާރު

ރަފާ ސިޓީއަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތަކުގައި ބޭނުން ކުރަނީ އެމެރިކާއިން އުފައްދާ އެންމެ ޒަމާނީ ހަތިޔާރު

ފަލަސްތީންގެ ރަފާ ސިޓީ ހިފުމަށް އިޒްރޭލް ސިފައިންގެ ޓޭންކްތައް ކުރިއަށް ޖެހެމުންދާއިރު އިޒްރޭލް ސިފައިންނާ ދެކޮޅަށް ހަމާސް ހަނގުރާމަވެރިން ދޭ ހަމަލާތައް އިތުރުވެ ހަނގުރާމަ ހޫނުވަމުންދާ ކަމުގައި ޚަބަރުތައް ބުނެއެވެ.

އަލްޖަޒީރާގެ ނޫސްވެރިން ބުނާ ގޮތުގައި އިޒްރޭލް ސިފައިންނާ ދެކޮޅަށް ރޮކެޓާއި، ގޮވާތަކެއްޗާއި، ބަޑިން ހަމާސްގެ ހަނގުރާމަވެރިން ގެންދަނީ ހަމަލާ ދެމުންނެވެ.

ހަމާސް އިން އިޒްރޭލް ސިފައިންނާ ދެކޮޅަށް ބޭނުން ކުރާ ގޮވާތަކެއްޗަކީ މައިގަނޑު ގޮތެއްގައި ހަނގުރާމަވެރިން އަމިއްލަ އަށް އުފައްދާ ތަކެތި ކަމުގައި ބެލޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން 1.4 މިލިއަން އާއްމު ރައްޔިތުން ތޮއްޖެހިފައިވާ ރަފާ ސިޓީއަށް އަމާޒުކޮށް އިޒްރޭލުން ދޭ ހަމަލާތަކުގައި ބޭނުން ކުރަނީ އެމެރިކާއިން އުފައްދާ އެންމެ ޒަމާނީ ހަތިޔާރެވެ.

ގާޒާ ހަނގުރާމައިގައި އިޒްރޭލް ސިފައިން އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމާ ގުޅޭގޮތުން އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، އެއީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ޚިލާފް ކަމެއް ކަމަކަށް ވެދާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް މި ވަގުތައް އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ކުރިއަށް ގެންދާނެ ކަމުގައެވެ.

ހަނގުރާމަ ހޫނުވަމުންދާއިރު ޔޫއެން ސެކިއުރިޓީ ކައުންސިލުންވަނީ ގާޒާގެ ޝިފާ ހޮސްޕިޓަލް އާއި ނާސިރު ހޮސްޕިޓަލް ކައިރިން ވަޅުލާފައިވަނިކޮށް ފެނިފައިވާ އެތައް ސަތޭކަ އިންސާނުންގެ ހަށިތަކުގެ މައްސަލަ މިނިވަން އަދި ތަފްސީލީ ތަހުގީގެއް ކުރުމަށް ގޮވާލާފައެވެ. ފުންޏަކަށް ވަޅުލާފައިވަނިކޮށް ފެނިފައިވާ ހަށިތަކުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ ހަށިތައް ގިނަ އަދަދަކަށް ހިމެނެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،943 މީހުން މަރުވެފައިވެއެވެ. 78،572 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންރަފާ ސިޓީދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު