Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން-އިސްރާއީލު ހަަމަނުޖެހުން

ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނު ބަލައިގަންނަން އުޅޭ ނަމަ އިތުރު ބިންތަކަށް ވެރިވެ ގަންނާނެ ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ޕްލޭނަކީ "ވެސްޓް ބޭންކުގެ ބިމުގެ ބޮޑުބައެއް އިސްރާއީލުގެ ބިމުގެ ބައެއްގެ ގޮތުގައި ހެދުމާއި، ޚާން އަލް-އަޙްމަރުގެ ރައްޔިތުން އެތަނުން ބޭރު ކުރުމާއި، އަދި ބޭންކިންގ ނިޒާމަށް ހުރަސްއެޅުމެވެ.

ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 14:53
ހުޅަނގު އައްސޭރީގެ ގަދީމީ ސިޓީއެއް ކަމަށްވާ ހިބްރޯންގައި ފަލަސްތީނުގެ އަންހެނަކު އިސްރާއީލުގެ ސިފައިންގެ ހަތިޔާރު އެޅި ފައުޖެއްގެ ކުރިމަތީގައި ހުއްޓި އެމީހުންގެ ހަރަކާތްތައް ވީޑިއޯ ކުރަނީ - 31 މެއި 2025

ޔޫރަޕްގެ ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން އުޅޭ ނަމަ، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެ ގަންނާނެ ކަމަށް އިސްރާއީލުން ބުނެފި އެވެ.

އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ބުނެފައި ވަނީ ޔޫރަޕިއަން ޔޫނިއަނުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން އުޅޭ ނަމަ، އިސްރާއީލުން ވެސްޓް ބޭންކުގައި ބިން ވެރި ކޮށްލުން "އިތުރުކުރާނެ" ކަމަށެވެ.

"ފްރާންސް އަދި އެހެން ބައެއް ޔޫރަޕުގެ ޤައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލުން ކުރިއަށް ގެންދާނަމަ، އަހަރެމެން ވެސްޓް ބޭންކުގެ އިތުރު ބިން ވެރިކޮށްލުމުގެ ޕްލޭނެއް އެބައޮތް،" ސްމޮޓްރިޗް ހުކުރު ދުވަހު ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެ ޕްލޭނުގައި "ވެސްޓް ބޭންކުގެ ބިމުގެ "އޭރިއާ ސީ" ގެ ގޮތުގައި ފާހަގަ ކޮށްފައި އޮންނަ ބިމުގެ މައްޗަށް ބާރު ހިންގުމާއި، ޚާން އަލް-އަޙްމަރުގެ ރައްޔިތުން އެތަނުން ބޭރު ކުރުމާއި، އަދި ބޭންކިންގ ނިޒާމަށް ހުރަސްއެޅުން ހިމެނެއެވެ."

"އޭރިއާ ސީ" އަކީ އިސްރާއީލުން ގަވައިދާ ޚިލާފަށް ހިފާފައިވާ ބިމުގެ ސަރަޙައްދުގެ ގާތްގަނޑަކަށް 60 އިންސައްތަ ހިއްސާކުރާ ބައެކެވެ. އަދި މިއީ ގިނަ އަދަދަކަށް ގަވައިދާ ޚިލާފަށް އިސްރާއީލުގެ އާބާދީތައް ޤާއިމުކޮށްފައިވާ ސަރަޙައްދެކެވެ.

ބުރާސްފަތި ދުވަހު، ފިނޭންސް މިނިސްޓަރު ވަނީ އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކުގައި އަލަށް ބިނާކޮށްފައިވާ ޣައިރު ޤާނޫނީ އާބާދީތަކަށް ޒިޔާރަތް ކޮށްފައެވެ.

ސްމޮޓްރިޗް ހާމަ ކުރި ގޮތުގައި އައު އާބާދީ ތަކަށް ގާނޫނީ ގޮތުން ހުއްދަ ދިނުމުގެ މަސައްކަތް އަވަސް ކުރުމަށާއި، އިސްރާއީލުން ބޭނުން ކުރަމުންދާ ވެސްޓް ބޭންކުގެ ބާކީ އޮތް ހުރިހާ ބިމެއްގެ މައްޗަށް "އިސްރާއީލުގެ ބާރު" ހިންގުމުގެ ޕްލޭނެއް އެކުލަވާލުމަށް ސީދާ އިރުޝާދު ދީފައިވާ ކަމަށެވެ.

ސްމޮޓްރިޗް އަކީ ބައިނަލް އަގްވާމީ ގާނޫނު ތަކަށް ގޮން ޖަހާ އިސްރާއީލުގެ އާބާދީތައް ފުޅާކުރުމާއި އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކު ވެރިކޮށްލުމަށް ގެންގުޅޭ ޕްލޭންތަކުގެ އިސް ބައިވެރިއެކެވެ.

ފްރާންސްއިން ފަހަކަށް އައިސް ގެންދަނީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ޤައުމުތަކަށް ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލަމުންނެވެ.

ފްރާންސް އާއި ސަޢޫދީ ޢަރަބިއްޔާ އިން ގުޅިގެން މި މަހު ފަލަސްތީނު ބަލައިގަތުމަށް އަމާޒުކޮށްގެން އދ. ގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވެއެވެ.

ޖުމްލަ ގޮތެއްގައި، ދުނިޔޭގެ 143 ޤައުމަކުން ވަނީ އދ. ގައި ފަލަސްތީނުގެ ދަރަޖަ މަތި ކުރުމަށް ގޮވާލާ ފާސް ކުރި ގަރާރަކަށް ވޯޓު ދީފައެވެ.

އދ. ގެ މި ޤަރާރުން ފަލަސްތީނަށް އިތުރު "ޙައްޤުތަކާއި އިމްތިޔާޒުތައް" ދީފައިވެއެވެ. އަދި މިގޮތުން ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ޝަރުޠު ފުރިހަމަވާ ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވެއެވެ.

ނަމަވެސް، އެމެރިކާ އިން ގެންދަނީ އިސްރާއީލުގެ ފަރާތުން ފަލަސްތީނާ ދެކޮޅަށް ހުށަހަޅާ ޤަރާރުތަކަށް ތާއީދުކޮށް، ފަލަސްތީން އާ އެއް ކޮޅަށް ހުށަހަޅާ ކޮންމެ ކަމަކަށް ވީޓޯގެ ބާރު ބޭނުންކޮށް، ފަލަސްތީނު އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅު ހަދަމުންނެވެ.

އެމެރިކާ އަކީ ބައިނަލް އަގްވާމީ ދުނިޔޭގައި އިސްރާއީލުގެ ދިފާއުގައި މަސައްކަތް ކުރާ މައިގަނޑު ބާރަކަށް ވުމުގެ އިތުރުން، އިސްރާއީލުގެ ވެރިންނަށް ޣައްޒާގައި ފަލަސްތީނުގެ ނަސްލު ނައްތާލުމަށާއި، މަޖުބޫރުން ގޯތި ގެދޮރުން ނެރުމަށާއި، ކުޑަކުދިން މެރުމާއި، އަދި ފަލަސްތީން ރައްޔިތުންގެ ބިންތައް އަތުލައިގަތުމާއި އެ ބިންތަކުގެ މައްޗަށް ބާރު ހިންގުން ފަދަ އަނިޔާވެރި ޢަމަލުތައް ހިންގުމަށް ވެސް އެންމެ ބޮޑު ހިތްވަރަކަށް ވެފައިވަނީ އެމެރިކާ އެވެ.

ފަލަސްތީނު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު