Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ފަލަސްތީނު ހަމަނުޖެހުން

ހުޅަނގު އައްސޭރި އިސްރާއީލުގެ ސިޔާދަތުގައި ހިމެނުމަށް ގޮވާލާ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން ގަރާރެއް ފާސްކުރުން އަރަބި ގައުމުތަކުން ކުށްވެރި ކޮށްފި

ފަލަސްތީނުގެ ހުޅަނގު އައްސޭރި އިސްރާއީލްގެ ސިޔާދަތުގެ ދަށަށް ގެނައުމަށް އެގައުމުގެ ޕާލިމެންޓުން ފާސްކުރި ގަރާރަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއްކަމަށް ބުނެ އަރަބި ދުނިޔެއިން ވަނީ ކުށްވެރިކޮށްފައެވެ. ހިފާފައިވާ ފަލަސްތީނުގެ އެއްވެސް ބިމެއްގެ މައްޗަށް އިސްރާއީލަށް ސިޔާދަތެއް ނޯންނާނެ ކަމަށާއި އެގައުމުން އަމިއްލަ އަށް އަޅާ އެއްވެސް ފިޔަވަޅަކުން ގާނޫނީ އަސަރެއް ނުކުރާނެކަމަށް ގައުމުތަކުން ވަނީ އެއްއަޑުން ބުނެފައެވެ.

ރާއްޖެ އެމްވީ | 24 ޖުލައި 2025 | ބުރާސްފަތި 13:22
އިސްރާއީލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ފަލަސްތީން ރައްޔިތުން އުޅޭ ހެބްރޮން ގައި އުޅެމުން ދާއިރު އިސްރާއީލު ސިފައިންގެ މީހަކު ފާރަވެރިވަނީ - 28 ޖޫން 2025

އިސްރާއީލުގެ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ފަލަސްތީން ރައްޔިތުން އުޅޭ ހެބްރޮން ގައި އުޅެމުން ދާއިރު އިސްރާއީލު ސިފައިންގެ މީހަކު ފާރަވެރިވަނީ - 28 ޖޫން 2025

ފަލަސްތީނުގެ ބިމުން ހިފާފައިވާ ހުޅަނގު އައްސޭރި އިސްރާއީލުގެ ސިޔާދަތުގައި ހިމެނުމަށް ގޮވާލާ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން ގަރާރެއް ފާސް ކުރުމުން އަރަބި ގައުމުތަކުން ކުށްވެރި ކޮށްފި އެވެ.

ބުރާސްފަތި ދުވަހު، އަރަބި ދުނިޔޭގެ ގައުމުތަކުގެ އިތުރުން، ދުނިޔޭގެ އެކި ގައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާއަތަކުން އިސްރާއީލުގެ ކަނެސެޓުން ފާސްކުރި ގަރާރާ ދެކޮޅަށް ބަޔާނެއް ވަނީ ނެރެފައެވެ.

އަރަބި ލީގު އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެ އިތުރުން މި ބަޔާން ނެރުނީ ސަޢޫދީ އަރަބިއްޔާ، ބަޙްރައިން، މިޞްރު، އިންޑޮނޭޝިޔާ، ޖޯޑަން، ނައިޖީރިއާ، ފަލަސްޠީނު، ޤަޠަރު، ތުރުކީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް އިންނެވެ.

ސަޢޫދީ ޚާރިޖިއްޔާ އިން އާންމު ކުރި މި ބަޔާނުގައިވާ ގޮތުން، ބަޔާން ނެރުނު ފަރާތްތަކުން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން މިފަދަ ގަރާރެއް ފާސް ކުރުން ދެކެނީ "ބައިނަލްއަޤްވާމީ ޤާނޫނާ ސާފު އަދި ޤަބޫލު ނުކުރެވޭނެ ޚިލާފުވުމެއްގެ ގޮތުގައި ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ކަމާ ބެހޭ ޤަރާރުތަކުގެ ފާޅުކަން ބޮޑު ޚިލާފުވުމެއްގެ ގޮތުގައި ކަމަށެވެ.

ބަޔާން ނެރުނު ޖަމްއިއްޔާ ތަކާއި ގައުމުތަކުން ޔަގީން ކޮށްދެމުން ބުނެފައި ވަނީ ހިފާފައިވާ ފަލަސްޠީނު ސަރަޙައްދުގެ މައްޗަށް އިސްރާއީލަށް އެއްވެސް ސިޔާދަތެއް ނެތްކަމެވެ. އަދި އިސްރާއީލުން އަމިއްލަ އަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ގާނޫނީ އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، އިރުމަތީ ޖެރުސަލަމް ހިމެނޭ ގޮތައް ހިފާފައިވާ ފަލަސްޠީނު ސަރަޙައްދުގެ، ޤާނޫނީ ހައިސިއްޔަތު އިސްރާއީލަށް ބަދަލު ނުކުރެވޭނެ ކަމަށް ބާރުއަޅައި ބުނެފައިވެއެވެ.

70 އަށްވުރެ ގިނަ އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުދަ ދުވަހު ވެސްޓް ބޭންކުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ފާސްކުރިއެވެ. ނަމަވެސް މި ރަމްޒީ ފިޔަވަޅުން ފަލަސްޠީނު ސަރަޙައްދުގެ ޤާނޫނީ ޙާލަތަކަށް އަސަރެއް ނުކުރާނެއެވެ.

އިސްރާއީލުގެ ޕާލިމެންޓް ކަމުގައިވާ ކަނެސެޓުގައި ނެގުނު، އަމަލު ކުރުން ލާޒިމު ނުވާ މި ވޯޓަށް ތާއީދުކުރީ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ކަނާތުފިޔައިގެ އިއްތިހާދުގެ މެންބަރުންނާއި، އިދިކޮޅު ފަރާތްތަކުގެ ބައެއް މެންބަރުންނެވެ.

އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުނެފައި ވަނީ ވެސްޓް ބޭންކު ނުވަތަ ހުޅަނގު އައްސޭރި އިސްރާއީލުގެ ބިމާ އެއް ކޮށްލުމުން "އިސްރާއީލު ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަވެ، އަދި ޔަހޫދީންގެ އަސާސީ ޙައްޤު ކަމުގައިވާ އެމީހުންގެ ވަތަނުގައި ސުލްޙަވެރިކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤާމެދު ސުވާލު އުފެދުން ހުއްޓުވޭނެ،" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
މެކްސިކޯގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދަކަށް 8 މެގްނިޓިއުޑް ގައި ބިންހެލުމެއް އަތުވެއްޖެ

މެކްސިކޯގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދަކަށް 8 މެގްނިޓިއުޑް ގައި ބިންހެލުމެއް އަތުވެއްޖެ

08 ސެޕްޓެމްބަރު 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

08 ޖުލައި 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު