Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލޭގައި އިމާރާތްކުރުން

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

ގަވާއިދަށް ބަދަލު ގެނައުމާ ހަމައަށް ވިލިމާލޭގައި އިމާރާތްކުރެވެނީ އެންމެ މައްޗަށްވެސް ހަ ބުރިއަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މެއި 2024 | ބުރާސްފަތި 18:59
ވިލިމާލެ

ވިލިމާލެ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ގެޒެޓްކޮށްފައިވާ މިގަވާއިދު ބުނާގޮތުން ވިލިނގިލީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 ފޫޓެވެ. އެއީ 10 ބުރީގެ އިމާރާތެއް ހުންނަ އުސްމިނެވެ.

ގަވާއިދަށް ބަދަލު ގެނައުމާ ހަމައަށް ވިލިމާލޭގައި އިމާރާތްކުރެވެނީ އެންމެ މައްޗަށްވެސް ހަ ބުރިއަށެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ވިލިނގިލި އަވަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ ޢިމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީވެސް 10 ބުރިއަށްކަމަށެވެ. އަދި މިފަދަ އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެއެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ މި އުސޫލު ބަދަލުކުރުމުގެ ވައުދާއެކުއެވެ. އަދި ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އެވައުދު ވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރވިލިމާލެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
21 ޖުލައި 2024

މޭޔަރކަމާއި ހަވާލުވި އިރު ވިލިމާލެ އޮތީ އެކިތަންތަނުގައި ޓިނު ޖަހާ ބަންދުކޮށްފައި - އާޒިމް

21 ޖުލައި 2024
މޭޔަރކަމާއި ހަވާލުވި އިރު ވިލިމާލެ އޮތީ އެކިތަންތަނުގައި ޓިނު ޖަހާ ބަންދުކޮށްފައި - އާޒިމް
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
26 ޑިސެމްބަރު 2023

ވިލިމާލެއަށް އޮތީ އަޅާނުލެވި، މޭޔަރުކަމަށް ހޮވިއްޖެނަމަ ބަދަލުތަކެއް ގެންނާނަން - އާޒިމް

26 ޑިސެމްބަރު 2023
ވިލިމާލެއަށް އޮތީ އަޅާނުލެވި، މޭޔަރުކަމަށް ހޮވިއްޖެނަމަ ބަދަލުތަކެއް ގެންނާނަން - އާޒިމް
05 ނޮވެމްބަރު 2023

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ
04 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

04 ނޮވެމްބަރު 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
26 އޮކްޓޯބަރު 2023

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި

26 އޮކްޓޯބަރު 2023
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
24 އޮކްޓޯބަރު 2023

ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި

24 އޮކްޓޯބަރު 2023
ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި
12 އޮކްޓޯބަރު 2023

ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ
18 ސެޕްޓެމްބަރު 2023

ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި

18 ސެޕްޓެމްބަރު 2023
ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު