Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

މީހާ ވިސްނާ ގޮތް މީހާ ދެކޭ ގޮތް ބަޔާންކުރުމަކީ ބަޣާވާތެއް ކަމަށް ބެލިގެން ނުވާނެ : ކަމާލުއްދީން

7 އޯގަސްޓު 2017 | ހޯމަ 19:58

ދަޢުލަތުގެ ކަންތައްތައް މިހާ ދަށް ފެންވަރަކަށް ވެއްޓިފައި އޮތް ދުވަސްވަރެއް ފެނިފައެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޯގަސްޓު 2017 | ހޯމަ 19:58
 ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން  ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މީހާ ވިސްނާ ގޮތް މީހާ ދެކޭ ގޮތް ބަޔާން ކުރުމަކީ ބަޣާވާތެއް ކަމަށް ބެލިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމާލުއްދީން ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް އުފެއްދިގެން ދިޔައީ މީގެ 85 އަހަރު ކުރިން ކަމަށާއި 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީ އަކީ ރައްޔިތުންގެ ޙާއްސަ މަޖިލީސް އިން ރައްޔިތުންގެ ޙިޔާލުތަކުގެ މައްޗަށް ބިނާ ކޮށްފައިވާ ޤާނޫނު އަސާސީއެއް ކަމަށެވެ. އަދި ހަޤީޤީ ތަރައްޤީގެ މަންފާ ރައްޔިތުންނަށް ހަމައެކަނި ކުރާނީ ރައްޔިތުން ބާރު ވެރި ކުރުވައިގެން ނޫން ކަމަށާއި ތަރައްޤީގެ ހަޤީޤީ މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ވެސް އެ ބާރުވެރިކަމާއި ތަރައްޤީ އެއްވަރަކަށް ބެހިގެން ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު އޮތް ޤާނޫނު އަސާސީގެ އެންމެ ޙާއްސަ ތިން ސިފައަކީ ރައްޔިތުންގެ އަސާސީ ހައްޤުތަކާއި އަސާސީ މިނިވަންކަން ބަޔާންކުރެވިފައި އޮތުމާއި ތިން ބާރު ވަކިކުރެވޭ ނިޒާމެއް ފުރިހަމަކޮށް ބަޔާންކުރެވިފައި އޮތުމާއި އަދި ލާމަރުކަޒީ އުސޫލުން ދަޢުލަތް ހިންގުމުގެ ބާރު ބަޔާންކުރެވިފައި އޮތުންކަމަށް ވިދާޅުވިއެވެ. އަދި ތިން ބާރު ވަކި ކުރުމުގެ އުސޫލު ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު އޭގެ މާނައަކީ ކޮންމެ ބާރަކުން ހިތަށް އެރިގޮތަކަށް ކަންތައްތައް ކުރުން ނޫން ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޙަޔާތުގައި ވިސްނާލާ އިރު ދަޢުލަތުގެ ކަންތައްތައް މިހާ ދަށް ފެންވަރަކަށް ވެއްޓިފައި އޮތް ދުވަސްވަރެއް އަޅުގަނޑަކަށް ފެނިފައެއް ނެތް. އަދި އަޅުގަނޑު އަހާފަވެސް ނެތް ދަޢުލަތުގެ ކަންތައްތައް މިހާ ދަށް ފެންވަރެއްގައި އަދި އިވިފައެއްވެސް ނެތް. އެހެންވީމަ މި ޙާލަތުން ދަޢުލަތް ނެރެ އެހެން ޙާލަތަކަށް ދަޢުލަތް ގެނެވޭތޯ ބަލަން އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ތިބީ ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފަ" ކަމާލުއްދީން ވިދާޅުވިއެވެ.

ކޮންމެ މަޤާމެއްގައި ހުރި މީހަކުވެސް ކުށެއް ކޮށްފިނަމަ ކުށްވެރި ވެގެންދާނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޗައިނާގެ ފަލްސަފާވެރިއަކު ބުނެފައިވާ ގޮތުން ވަރުގަދަ މޮޅު ޤައުމެއްގެ ސަރުކާރެއް ހިންގުމަކީ ކުޑަ ކުޑަ މަހެއް ކައްކާލުން ފަދަ ކަމެއް ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. އަދި މާބޮޑަށް މަސް ކައްކަން އުޅެފިނަމަ އެ މަސް ހަލާކުވެގެންދާނެ ކަމަށް ވިދާޅުވިއެވެ..

ކަމާލުއްދީން އިތުރަށް ވިދާޅުވީ ދެ ކަމެއް ރަގަޅު ކޮށްފިނަމަ މުޅި މާހައުލު ބަދަލުވެގެންދާނެ ކަމަށާއި އެ ދެކަމަކީ ޢަދުލު އިންސާފު ޤާއިމްކުރުމާއި ހުރިހާ އެންމެން ވެސް ބައިވެރިކޮށްގެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ސިޔާސަތު ކުރިއަށް ނެރުންކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް