Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ހަރަކާތްތައް

ހުދުމުޚްތާރު ވެރިކަމަށް ނިޔަތްގަންނަ މީހަކަށް ޤާނޫނު އަސާސީ ސިފަވާނީ ދަންތުރައެއްގެ ގޮތުގައި:ރައީސް ނަޝީދު

7 އޯގަސްޓު 2017 | ހޯމަ 18:48

މި ޤާނޫނު އަސާސީ އުފަންކުރި އެންމެ މުހިއްމު އިދާރާއަކީ ސިޔާސީ ޕާޓީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 7 އޯގަސްޓު 2017 | ހޯމަ 18:48
ރައީސް ނަޝީދު: އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ

ރައީސް ނަޝީދު: އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ

ހުދުމުޚްތާރު ވެރިކަމެއް ކުރަން ނިޔަތްގަންނަ ކޮންމެ މީހަކަށް ލިޔެވިފައިވާ ޤާނޫނު އަސާސީ ސިފަވާނީ ދަންތުރައެއްގެ ގޮތުގައި ކަމަށާއި އެފަދަ މީހުން ޤާނޫނު އަސާސީގެ ސަބަބުން ބޯވެސް ގޮވާނެ ކަމަށް ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސުލް ޖުމްހޫރިއްޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނު އަސާސީ ދެމެހެއްޓުމުގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެ ރޭ މ . ކުނޫޒްގައި ބޭއްވި ޖަލްސާގައި ވީޑިއޯ ކޯލް މެދުވެރިކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ޤާނޫނީ ހުކޫމަތަށް ދިވެހިން ބޯލަނބަން ފަށާފައި ވަނީ އިއްޔެއަކު މިއަދަކު ނޫން ކަމަށާއި އަންޒަމާނުންސުރެ ދިވެހިން އައީ އެމީހުންގެ ވެރިކަމުގެ ކަންކަން ވަކި ހަމައެއްގައި ވަކިގޮތެއްގައި ބަލަހައްޓަމުންކަމަށެވެ. ދުނިޔޭގެ ޒަމާނީ ދައުލަތްތައް ނުވަތަ ނޭޝަން ސްޓޭޓްތައް އުފެދިގެން އައީ މީލާދުގެ 1700 އާއި 1800 ގެ ދުވަސްވަރުގައި ކަމަށާއި ހަމަ އެޒަމާނުގައި ދިވެހިން ވެސް އައީ ދިވެހި ދައުލަތް ކަނޑައަޅާ ބަޔާން ކުރަމުން އެދައުލަތުގެ އިންތަކާއި މިންތައް ފާހަގަކޮށް ރައްޔިތުންނާއި ވެރިންގެ މެދުގައި އޮންނަ ގުޅުންތައް ސާފުކުރަމުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ލިޔެފައިވާ ޤާނޫނު އަސާސީއަކަށް ދިވެހި ވެރިން ބޯ ލެންބުމުގެ އޮއިވަރު ރާއްޖޭގައި އުފެދިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާ ދިވެހިންނަށް ފުރަތަމަ ޤާނޫނު އަސާސީއެއް ލިބުނީ މީގެ 85 އަހަރު ކުރިން މީލާދީން 1932 ގައި ކަމަށާއި އެދުވަހުވެސް މިއަދުވެސް ދިވެހިންގެ އުއްމީދަކީ އެއް އުއްމީދެއް ކަމަށެވެ.

"ހާސްކަމެއް ނެތް ތަނަވަސް ދިރިއުޅުމެއް ހޯދުން. ބޯހިޔާވަހިކަމެއް ހޯދުން އާމްދަނީއެއް ލިބުން. ޖީބަށް ފައިސާ ވަނުން ދަރިންނަށް ކިޔަވައިދިނުން. ބަލިވީމާ ބޭސްފަރުވާ ލިބުން. ތާހިރު ދިރިއުޅުމެއް އުޅެވޭނޭ ގޮތެއް ހޯދުން. ދިވެހިންނަށް ހައްޤު މިންވަރު ދިވެހިންނަށް ލިބުން. ރައްޔިތެއްގެ ޢާއްމު ހާލަތު ބަދަލުވަނީ ވަކި ޚާއްޞަކަމެއް ވަކި އިރެއްގައި ވަކިގޮތެއްގައި ކުރެވިގެން. ޤާނޫނީ ހުކޫމަތަކަށް ދިވެހިން ބޯ ލަނބާން ފެށީ އެހެން ގޮތެއް ހޯދުމަށް. ތަނަވަސްކަން ލިބިގަތުމަށް. ޤާނޫން އަސާސީއަކަށް ހިންގާ ވެރިކަމުގެ ނިޒާމަކީ ތަނަވަސްކަން ގެނެސްދިނުމުގެ އެންމެ އަސާސީ ވަސީލަތް. މިއަދު ޢަމަލް ކުރަމުން މިދަނީ މުޅިން އާ ޤާނޫން އަސާސީއަކަށް. އަޅުގަނޑުމެން ދިވެހިންގެ ބުރަމަސައްކަތުން ހޯދާފައިވާ ޤާނޫން އަސާސީއަކަށް."

އެމަނިކުފާނު ވިދާޅުވީ މި ޤާނޫނު އަސާސީއަކީ މުޒާހަރާ ޤާނޫނު އަސާސީއެކޭ ކުރިން ދަންނަވާފައި ވާނޭ ކަމަށާއި މި ޤާނޫނު އަސާސީ އުފަންކުރި އެންމެ މުހިއްމު އިދާރާއަކީ ސިޔާސީ ޕާޓީ ކަމަށެވެ.

“ސިޔާސީ ޕާޓީތައް އުފެދިގެން މިއައީ އެއްވެ އުޅުމުގެ ޙައްޤު ލިބިދީފައިވާތީ. އިންތިޒާމްވެ ތަރުތީބުވެގެން ހިންގާ ސުލަހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ޙައްޤު ކަށަވަރުވެފައިވަނީ މިއަދު މިއަމަލް ކުރާ ޤާނޫނު އަސާސީގައި. މިޤާނޫނު އަސާސީން ދައުލަތުގެ ބާރުތައް ވަކިކޮށްދީފި. މުސްތަގިއްލު މުއައްސަސާތަކުގެ އުފަންކޮށްދީފި. ރައްޔިތުންގެ ޙައްޤުތައް ޒަމާނީ ދަރަޖައިގާ ލިބިދޭން ޖެހޭނޭކަން މުޅިން ޤަބޫލް ކޮށްފި ކަމަށާއި ލާމަރުކަޒީ ނިޒާމް އެކަށއަޅައިފި. " ރައީސް ނަޝީދު ވިދާޅުުވިއެވެ.

ނަޝީދު ވިދާޅުވީ އެހެން ނަމަވެސް ހަގީގަތަކީ ރާއްޖޭގައި އެކަށައެޅުނު ހުރިހާ ޤާނޫނު އަސާސީއެއްގައި ވެސް ރައްޔިތުންގެ ޙައްޤުތައް ބަޔާންކުރި ކަމަށާއި ހިނގާ މިދިޔަ އަހަރުތަކުގައި ބަޔާން ކުރެވުނު ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ކަށަވަރު ނުވި ކަމަށެވެ. އެންމެބޮޑު ސަބަބަކީ އަދި ސިއްރަކީ އެހައްޤުތައް ރައްކާތެރިކޮށްދިނުމަށް ބޭނުންވާ އެންމެ މުހިއްމު ވަސީލަތް ނެތްކަން ކަމަށާއި ސިޔާސީ ޕާޓީ ނެތްކަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ޢަމަލް ކުރަމުންދާ ޤާނޫނު އަސާސީއަކީ ސިޔާސީ ޕާޓީއަށް ޖާގަ ދީފައިވާ ޤާނޫނު އަސާސީއެއް ކަމަށާއި އެމުހިއްމު ސަބަބަށްޓަކައި ދިވެހިރާއްޖޭގެ މިއަދުގެ ސިޔާސީ ހަޤީގަތްތައް ތަފާތުވެއްޖެ.ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އުފުލޭނޭ ގޮތްތައް އެރައްޔިތުން އެބަ ހޯދާ ކަމަށާއި ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ހިމާޔަތް މިކުރަނީ ސީދާ ރައްޔިތު މީހާ ކަމަށެވެ.

"ސީދާ ދިވެހި މީހާ. އޭނާގެ ޖިސްމު. އޭނާގެ ނަފްސު. އޭނާގެ މުދަލާއި ތަރިކައާއި އޭނާގެ ސަޤާފަތް. އޭނާ ދިރިއުޅޭ އުޅުން. އޭނާއަށް މިއަދު އުއްމީދު ކުރެވޭ އޭނާގެ ހަލާލު މަސައްކަތުން އޭނާއާ އޭނާގެ އާއިލާއަށް ތަނަވަސްކަން ހޯދައިދެވިދާނެ ކަމުގެ ފޮނި އުއްމީދު. މިއަދުގެ ދިވެހި މީހާގެ ހިތުގައި އެބަ ހިނގާ ވިންދެއް. ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވަނީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމަށް އޭނާ އެބަ ޤަބޫލް ކުރޭ. ޚާއްޞަ ގޮތެއްގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުން. މަސައްކަތްތެރިން އެއްވެ އެކުގައި މަސައްކަތްތަކުގެ އުޖޫރަ ކަނޑައެޅުމުގެ ހައްޤު. މަސައްކަތްތެރިންނަށް ކަށަވަރުކޮށްދޭން ޖެހެނީ އެންމެ ކުޑަ އުޖޫރަ. ހަލާލް މަސައްކަތައް އެންމެ ކުޑަވެގެން ދޭން ޖެހޭނެ އުޖޫރަ.މިއަދުގެ ޤާނޫން އަސާސީ އެމިންވަރު ކަނޑައެޅުމަށް މަޖްބޫރު ކުރޭ."

ރައީސް ނަޝީދު ވިދާޅުވީ ހުދުމުޚްތާރު ވެރިކަމެއް ކުރުމަށް ނިޔަތް ގަންނަ ކޮންމެ މީހަކަށް ވެސް ލިޔެވިފައި އޮންނަ ޤާނޫނު އަސާސީ ސިފަވާނީ ހަމަ ދަންތޫރައެއްގެ ގޮތުގައި. ބޯ ގޮވާ ކަމެއްގެ ގޮތުގައި ކަމަށެވެ. މިއީ ޤާނޫނު އަސާސީގައި އިސްލާހް ކުރަން ޖެހޭ ކަންކަން ނެތްކަމަށް ދަންނަވަނީކީއެއް ނޫން ކަމަށާއި ޤާނޫން އަސާސީއަށް އިސްލާހް ގެންނާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

" ހުދުމުޚްތާރު ވެރިކަމެއް ކުރުމަށް ނިޔަތްގަންނަ ކޮންމެ މީހަކަށް ވެސް ލިޔެވިފައި އޮންނަ ޤާނޫނު އަސާސީ ސިފަވާނީ ހަމަ ދަންތޫރައެއްގެ ގޮތުގައި. ބޯ ގޮވާ ކަމެއްގެ ގޮތުގައި. އެހެނަސް ހަނދުމަފުޅު ބަހައްޓަވާތި ގޯސްވަނީ ލިޔެވިފައި އޮންނަ ދުސްތޫރެއްނޫން. ވެރިން ކަންކަން ކުރައްވަން އޮންނަ ގޮތުން ޤާނޫނު އަސާސީ ބަދަލުވެ މިދަނީ. ގިނަފަހަރަށް މިފަދަ ކަންކަން ސާފު ވަނީ ވެރިކަން ގެއްލުމަށް ފަހުގައި. ހަމަ ކަށަވަރުން ވެސް އަޅުގަނޑަށް ސާފުވެއްޖެ." ރައީސް ނަޝީދު ވިދާޅުވިއެވެ..

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް