Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު އިސްރާޢީލް ހަނގުރާމަ

އިޒްރޭލުން ގާޒާގެ ރަފާ ހިފުންވާނީ ބޮޑު ގޯހަކަށް: ޔޫއެން ސެކްރެޓަރީ ޖެނެރަލް

ހަނގުރާމަ ކުރިއަށް ގެންދަމުން އިޒްރޭލުން ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމަށް ހަމާސް ޖަމާއަތުން އެއްބަސްވި ޝަރުތަކަކާމެދު އިޒްރޭލުން ހިތްހަމަ ނުޖެހޭ ކަމަށް

ރާއްޖެ އެމްވީ | 8 މެއި 2024 | ބުދަ 14:08
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އިޒްރޭލުން ފަލަސްތީންގެ ރަފާސިޓީ ހިފުންވާނީ ސިޔާސީ ގޮތުންނާއި، އިންސާނިއްތަގު ގޮތުންވެސް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.

ރަފާ އަށް އިޒްރޭލް ސިފައިން އެރުމާ ދެކޮޅަށް އދ ން އެތައް ފަހަރެއްގެ މަތިން ވަނީ ވާހަކަ ދައްކާ ބަޔާންތައް ނެރެފައެވެ. އެހެން ނަމަވެސް އދ. ގެ އެއްވެސް ގޮވާލުމަކަށް އިޒްރޭލުން އިޖާބަދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ގާޒާގައި ހިންގަމުންދާ ހަނގުރާމަ ވަރުގަދަކޮށް އެންމެ ފަހުން މިހާރު އިޒްރޭލް ސިފައިން ގެންދަނީ ގޮތްދޫކުރުމެއް ނެތި ގަޒާގެ ދެކުނުގައި އޮންނަ ރަފާސިޓީއަށް ހަމަލާދީ އެތަން ހިފުމުގެ ހަނގުރާމަ ފަށާފައެވެ.

ހަނގުރާމަ ކުރިއަށް ގެންދަމުން އިޒްރޭލުން ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމަށް ހަމާސް ޖަމާއަތުން އެއްބަސްވި ޝަރުތަކަކާމެދު އިޒްރޭލުން ހިތްހަމަ ނުޖެހޭކަމުގައެވެ. އުއްމީދު ކުރި މިންވަރާ ގާތައްވެސް އިޒްރޭލުން އެދޭ ކަންކަން އެ އެއްބަސްވުމުގެ ސަބަބުން ހާސިލުނުވާ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

ރަފާ އަށް ދަތުރު ކުރުމަށް އޮންނަ މަގު އިޒްރޭލް ސިފައިން ހިސޯރު ކުރުމުގެ ސަބަބުން އެ ސިޓީއަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަދަ ޒަރޫރީ އެހީ ފޯރުކޮށްދެވޭނެ ގޮތެއް މިހާރުވަނީ ނެތިފައެވެ. އޭގެ ސަބަބުން އެތައް ސަތޭކާ ހާސް ބައެއްގެ ފުރާނަ ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،789 މީހުން މަރުވެފައިވެއެވެ. 78،204 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާރަފާ ސިޓީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު