Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ދިގު ދަތުރެއް: އެމްބާޕޭ

އެކަން ކާމިޔާބު ކުރުމުގައި ޕީއެސްޖީ އޮތީ ވަރަށް ކައިރީގައިކަން ފާހަގަކޮށް އެމްބާޕޭ ބުނީ، ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މެއި 2024 | ބުދަ 07:07
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ ދިގު ދަތުރެއް ކަމަށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭ މިހެން ބުނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ޑޯޓްމަންޑު އަތުން ޕީއެސްޖީ ބަލިވި މެޗަށްފަހު އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެ، ޕީއެސްޖީ ވަނީ މުބާރާތުން ކަޓައިފަ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ބުނީ، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ، ދިގު ދަތުރެއް ކަމަށެވެ. އެކަން ކާމިޔާބު ކުރުމުގައި ޕީއެސްޖީ އޮތީ ވަރަށް ކައިރީގައިކަން ފާހަގަކޮށް އެމްބާޕޭ ބުނީ، ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އޭނާ އަށް އޮތް ކަމަށެވެ.

މީގެ އިތުރުން އެމްބާޕޭ ބުނީ، ޑޯޓްމަންޑު އަތުން ބަލިވެ ޕީއެސްޖީ މުބާރާތުން ކެޓުމުން، ޕީއެސްޖީގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ދެރަވެ، މާޔޫސްވެފައި ކަމަށެވެ. ހަމައެހެންމެ އެންމެން ވެސް ތިބީ ވަރަށް ބޮޑަށް އުނދަގޫވެފައި ކަމަށް އޭނާ ބުންޏެވެ.

ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުދެވުމުގެ ޒިންމާ އޭނާ ނަގާ ކަމަށް ވެސް އެމްބާޕޭ ވަނީ ބުނެފަ އެވެ. އެމްބާޕޭ ބުނީ މެޗުގައި އޭނާ އަށް ލަނޑު ނުޖެހުނީ ކަމަށާއި، ލަނޑު ޖަހައިގެން ޓީމު މޮޅުކޮށްދޭން ހުރި އެންމެ އިސް މީހަކީ ވެސް އޭނާ ކަމަށެވެ. އެހެންކަމުން މެޗަކުން ޕީއެސްޖީ މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް އޭނާ އަށް ލިބޭ ފަދައިން، މުހިންމު މެޗަކުންް ބަލިވުމުން އެކަމުގެ ޒިންމާ ވެސް ނަގަން ޖެހޭކަން ޤަބޫލު ކުރާ ކަމުގައި އެމްބާޕޭ ބުންޏެވެ.

މި ސީޒަނަށްފަހު އެމްބާޕޭ ވަނީ ޕީއެސްޖީ ދޫކޮށްލަން ނިންމައިފަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވުމުން، އޭނާ ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކަމަށް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެމްބާޕޭ ވަނީ އެއްބަސްވުން އައު ނުކުރަން ވެސް ނިންމައިފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޕީއެސްޖީކީލިއަން އެމްބާޕޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު