Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ސްޓަޓްގާޓް އަތުން ބަޔާން ބަލިވެއްޖެ

ދެން ބަޔާނަށް އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2024 | އާދީއްތަ 06:01
ބަޔާން އަދި ސްޓަޓްގާޓް ކުޅުނު މެޗުގެ ތެރެއިން

ބަޔާން އަދި ސްޓަޓްގާޓް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ސްޓަޓްގާޓާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިއުނިކް ބަލިވެއްޖެ އެވެ.

ސްޓަޓްގާޓްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވީ 3-1 އިންނެވެ.

މެޗު ފަށައިގެން 29 ވަނަ މިނެޓުގައި ސްޓަޓްގާޓުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ލިއޮނިޑާސް ސްޓާޖިއޫ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ބަޔާނުން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ބަޔާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ.

ދެ ވަނަ ފަހަރަށް ސްޓަޓްގާޓުން މެޗުގައި ލީޑު ނެގީ، މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނެޓަށްވެފައި ވަނިކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ހިއޯން ވޫ ޔިއޯން އެވެ. މެޗުގައި ސްޓަޓްގާޓްގެ ތިން ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ސިލާސް އެވެ.

މި މެޗުން ލިބުނު ބައްޔާއެކު، ބަޔާނަށް ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އެއީ ދެން ބަޔާނަށް އޮންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ، އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ބުންޑެސްލީގާޖަރުމަން ލީގުބަޔާން މިއުނިކްސްޓަޓްގާޓް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު