Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

ޣައްޒާ ރަށްވެހިންގެ ޝުކުރު އެމެރިކާގެ ޔުނިވަރސިޓީ ދަރިވަރުންނަށް!

ޣައްޒާގެ ރަށްވެހިންގެ ޙައްޤުގައި، އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން ކުރަމުންދާ ހަޅުތާލުތައް ކުރިއަށް ގެންދަނީ، އެކި ސަރަޙައްދުތަކުގައި ޓެންޓު ޖަހައިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 މެއި 2024 | ހުކުރު 14:56
ޣައްޒާއަށް ކުރިމަތިކުރާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ފޮނުވާ ޝުކުރުގެ މެސެޖްތައް ޓެންޓުތަކުގައި ލިޔެފައިވޭ

ޣައްޒާއަށް ކުރިމަތިކުރާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލާ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ފޮނުވާ ޝުކުރުގެ މެސެޖްތައް ޓެންޓުތަކުގައި ލިޔެފައިވޭ

ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔެ ބަލައިގަނެފައިވާ ޤަރާރުތަކާއި މުޢަހަދާތަކާވެސް ޚިލާފަށް، ޔަހޫދީ އިޒްރޭލުން، ޣައްޒާގައި އޮތް ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް ގަތުލުއާންމު ހިންގަމުން އެ ދަނީ ފާޅުގައެވެ. އިޒްރޭލު ޖަވާބުދާރީ ކުރެވުނު ޤައުމެއް، އިއްތިޙާދެއް ކީއްކުރަން، ކޯޓެއްވެސް ނެތެވެ. މި ހުރިހާ ކަމެއްވެސް ގޮސް ގުޅެނީ އެންމެ ހަރު އަޑުން އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ، އަދި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޑިމޮކްރަސީ ކަމަށް ދަޢުވާ ކުރާ އެމެރިކާއާއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކުން ޖަހައިދީގެން އުޅޭ އައްޑަނައިގެ ނިވަލުގައި ތިބެގެން އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމު ނުވެސް ފެންނަ ފަދައެވެ.

ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އެންމެ ބާރަށް މިއަދު އަޑު އުފުލަމުން ދަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އާންމު މެންބަރުންނޭ ދެންނެވުމަކުންވެސް ގޯހެއް ނެތެވެ. ބޮޑު ޢަދަދުތަކުން ފައިސާ ޚަރަދުކޮށްގެން ޤައުމުތަކާއި ޖަމިއްޔާތަކުގެ ލީޑަރުންނާއި ވެރިން، ސިލްސިލާ ގޮތެއްގައި ކުރާ މަޝްވަރާތަކުން ނަތީޖާއެއް ނެރެވޭތަނެއް ނުފެނެއެވެ. ނަމަވެސް، އާންމުންގެ އިހުތިޖާޖުތަކާއި މުޒާހަރާތައް، ފެންނަ ވަރަކަށް، އެ ހަރަކާތްތަކާއި ގުޅޭ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. އެ ލިސްޓަށް އެންމެ ޖޯޝުގައި އިތުރުވި ބަޔަކީ އެމެރިކާގެ އެންމެ ވަރުގަދަ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގައި، އިންތިހާ މަތީ ފާސްތައް ހާސިލު ކުރަމުންދާ ދަރިވަރުންވެސް މިއަދު އަޑު އުފުލަމުންދަނީ ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައެވެ. އެ މަންޒަރުތަކާއި އަޑުތައް، ޣައްޒާއަށްވެސް މިހާރު ވަނީ ފޯރާފައެވެ. ޣައްޒާގެ ރަށްވެހިންނަށް އެކަމުން ލިބުނު ހިތްހަމަޖެހުން، އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި ހިޔާވަހިކަން ހޯދަމުންދާ ޓެންޓުތަކަށް ބަލައިލުމުން އެކަނިވެސް ދޭހަކޮށްދެއެވެ.

މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައި ނެތް ފަދަ އިންތިހާ އަނިޔާވެރިކަން ތަހައްމަލު ކުރަމުން ގެންދާ ޣައްޒާގެ ރަށްވެހިންގެ ޙައްޤުގައި، އެމެރިކާގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން ކުރަމުންދާ ހަޅުތާލުތައް ކުރިއަށް ގެންދަނީ، އެކި ސަރަޙައްދުތަކުގައި ޓެންޓު ޖަހައިގެންނެވެ. އެއީ ޣައްޒާގެ މުޅި އާބާދީހެން ދިރިއުޅެން ޖެހިފައި އޮތީ ފޭލިގެތަކުގައި ކަމުން، އެކަމުގެ ރަމްޒެއްގެ ގޮތުގައެވެ. ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ޔުނިވަރސިޓީތަކުގައި އުފުލަމުންދާ އަޑުތައް ދަނީ ހައްތަހާ ގަދަވަމުންނެވެ.

ފަލަސްޠީނުގެ ޙައްޤުގައި އަޑު އުފުލާ ގުރޫޕުތަކުން ދަނީ، ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުގައި އިންވެސްޓް ކުރުން ހުއްޓާލުމަށްވެސް ޔުނިވަރސިޓީތަކުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ، ޑިމާންޑް ކުރަމުންނެވެ. މި މުޒާހަރާތަކުގައި ޔަހޫދީ ދަރިވަރުންވެސް ބައިވެރިވެއެވެ.

ޓެންޓުތަކުގައި ޔުނިވަރސިޓީ ދަރިވަރުން ކުރިއަށް ގެންދާ އިހުތިޖާޖުތަކަކީ ސުލްޙަވެރި ހަރަކާތެކެވެ. ޓެންޓު ޖަހާފައި ވާ ސަރަޙައްދުތަކުގައި އެ ދަރިވަރުން އެތައް ވަގުތެއް ހޭދަ ކުރެއެވެ. އެ ވަގުތައް ހޭދަ ކުރަނީ އެކަކު އަނެކަކާ ވާހަކަދައްކާ، ފޮތް ކިޔައި، ކައިބޮއެ ހެދުން ފަދަ ކަންކަމުގައެވެ. އަޅުކަމުގެ އެކި ހަރަކާތްތައްވެސް އެ މައިދާނުން ފެނެއެވެ. ލެކްޗަރުތަކާއި ފުރަތަމަ އެހީގެ ކޯސްތަކާއި، ފަލަސްޠީނުގެ އިންޤިލާބީ ޝިއާރުތައް ފެތުރުންވެސް ދަރިވަރުންގެ މުޒާހަރާގެ މައިދާންތަކުން ކެނޑިނޭޅި ފެއެނެވެ.

ނިރުބަވެރި ޔަހޫދީންގެ ޝިކާރައަކަށްވެ، ޣައްޒާއިން މަރުވި މީހުންގެ ޢަދަދު މިހާރު 35000 އާ ގާތް ކުރަނީއެވެ. ޒަޚަމްވީ މީހުންގެ ޢަދަދު 80000 އާ ގާތް ކުރާ އިރު، ޣައްޒާގެ މުޅި އާބާދީހެން "ދިރިއުޅެމުން" ދަނީ އިންސާނަކަށް ވީތީ ލިބިދޭ އެންމެ އަސާސީ ޙައްޤުތަކުން މަހްރޫމުވެފައިވާ ޙާލުގައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު