Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

ޝަހީދުކޮށްލި މަންމަގެ ބަނޑުން ނެގި ކުޑަކުޑަ ރޫޙު ވެސް މި ދުނިޔެއާ ވަކިވެހިނގައްޖެ!

ޑރ ވިދާޅުވި ގޮތުގައި ރޫޙުގެ ނޭވާލާ ނިޒާމަށް މައްސަލަތަކެއް ދިމާވެ، އަދި ދިފާޢީ ނިޒާމުވެސް ބަލިކަށި ވީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 މެއި 2024 | ބުދަ 04:57
ޣައްޒާގެ ބިމުން ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކަށް 7 މަސް ވާން ގާތް ވެފައި ވާ އިރު، ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ މުޅިންހެން އިނދަޖައްސާފަ

ޣައްޒާގެ ބިމުން ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކަށް 7 މަސް ވާން ގާތް ވެފައި ވާ އިރު، ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ މުޅިންހެން އިނދަޖައްސާފަ

ފަލަސްޠީނުގެ ބިންތަކަށް އަތްގަދަކޮށް ފޭރެމުންދާ ނިރުބަވެރި އިޒްރޭލުން ހަފުސްކޮށްފައި ވާ ޣައްޒާގައި ކިރިޔާވެސް 'ސަލާމަތެއް' އޮތް ތަނެއް ކަމަށް ބުނަމުން އައީ ދެކުނުގެ ރަފަޙުއެވެ. ނަމަވެސް އެއީވެސް ދުނިޔެއަށް ދައްކާ ދަޅައެކެވެ. މުޅި ޣައްޒާގެ އާބާދީހެން އެތަނެއްގައި ތޮއްޖެހިގެން "ދިރިއުޅެމުން' ގެންދާ ރަފަޙަށްވެސް އިޒްރޭލުގެ ހަމަލާތައް ޢަމާޒު ކުރަނީ ތަނެއް ދޮރެއް ބަލައިގެންނެއް ނޫނެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރަފަޙަށް ދިން ވަރުގަދަ ޙަމަލާއެއްވެސް ޢަމާޒު ކުރީ އާންމުން ދިރިއުޅެމުން ދިޔަ ގެއަކަށެވެ. އެ ޙާދިޘާގައި 19 މީހެއްގެ ފުރާނަ ގެއްލިދިޔަ އިރު، އޭގެ ތެރޭގައި މާބަނޑު މީހަކުވެސް ހިމެނެއެވެ. ސިޒޭރިއަން ހަދައިގެން ބަނޑުގައި އޮތް ދަރިފުޅު ނަގާ، ދެވެން އޮތް ފަރުވާއެއް ދޭން ފެށިއެވެ. އިނދަޖައްސާލާފައި އޮތް ޞިއްޙީ ނިޒާމެއްގެ ތެރެއިން ދެވޭނީ ވަކި ކޮން ފަރުވާއެއް ހެއްޔެވެ؟ މިއަދު އެ ތުއްތު ކުއްޖާފުޅުވެސް މި ދުނިޔޭގައި ނެތެވެ.

ދުނިޔޭގެ އަލިކަން ނުދެކި އުޅެނިކޮށް ނިރުބަވެރިންގެ އަތްތަކުން "ޓެރަރިސްޓު" ޓެގު އެޅުވި ތުއްތު މި ދުނިޔެއަށް ފުރަތަމަ ނޭވާ ލީ، މައިންބަފައިންނާއި ޢާއިލާ މެންބަރުން ވަކިވެފައި ވާ ޙާލުގައެވެ. މަންމަގެ ބަނޑުގައި ޣަރުބަގަންނަމުން ދިޔަތާ އެންމެ 30 ވަނަ ހަފުތާގައެވެ. ތުއްތު ދަރިފުޅުގެ ނަމަކަށް ކީ ސަބްރީން އަލް-ރޫޙުއެވެ. ރޫޙުގެ މަންމަ، ސަބްރީން އަލް-ސަކާނީ އަލް-ޝައިޚްއާއި ބައްޕަ، ޝުކުރީ އަދި 3 އަހަރުގެ ދައްތަ، މަލާކްވެސް މި ދުނިޔެއާ ވަކިވީ ރަފަޙަށް ދިން ޙަމަލާތަކުގައެވެ. ސީރިއަސް ޒަޚަމްތަކަކާއެކު ރޫޙުގެ މަންމަ މި ދުނިޔެއާ ވަކިވެދިޔައީ އެ ވޭނުގައެވެ. ޢިމާރާތީ ހޮސްޕިޓަލުގައެވެ.

ޢިމާރާތީ ހޮސްޕިޓަލުގައި އެމަރޖެންސީކޮށް ސިޒޭރިއަން ހަދައިގެން ތުއްތުއްތު ރޫޙު ނެގުމަށް ފަހު، އޭނާގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ ޑޮކްޓަރ މުޙައްމަދު ސަލަމާއެވެ. އެއީ ޢިމާރާތީ ހޮސްޕިޓަލުގެ ނިއު-ނޭޓަލް ޔުނިޓްގެ އެމަރޖެންސީ ހެޑްއެވެ. ޑރ ސަލަމާ ވިދާޅުވި ގޮތުގައި ރޫޙުގެ ނޭވާލާ ނިޒާމަށް މައްސަލަތަކެއް ދިމާވީއެވެ. އަދި ދިފާޢީ ނިޒާމުވެސް ބަލިކަށި ވީއެވެ. 30 ހަފުތާއަކީ، ދުވަސް ނުފުރާ ވިހެއުމަށް އިންތިހާ އަވަސް މުއްދަތެކެވެ. ވެގެން އުޅޭ ގޮތެއްގެ ކުޑަނަމަވެސް ޚިޔާލެއް ފިކުރެއް ނެތް ރޫޙުގެ ފުރާނަ، މި ދުނިޔެއާ ވަކިވީ އޭޕްރިލް 25 ވީ ބުރާސްފަތި ދުވަހުއެވެ. އެ ތުއްތުތުއްތު ހަށިގަނޑު ކަފުންކޮށް، ވަޅުލީ ރަފަޙުގެ ސަހަރާއެއްގައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާން ކަމަށް ބުނެ، ޔަހޫދީ އިޒްރޭލުން އޮކްޓޯބަރ 7 ވަނަ ދުވަހު ޣައްޒާގައި ހިންގަން ފެށި ގަތުލުއާންމުގައި އެ ރަށުން މަރުވި މީހުންގެ ޢަދަދު 34000 އަށް ވުރެ މައްޗަށް އަރައެވެ. 70 އެތައް އިންސައްތައެއް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އެވަރުންވެސް އިޒްރޭލުން ބުނަމުން ދަނީ، އާންމު ރައްޔިތުންނަށް ޢަމާޒުކޮށްގެން "ގަސްތުގައި" ޙަމަލާ ނުދޭ ކަމަށެވެ. އާންމުން މަރުވަނީ، ޙަމާސް ޖަމާޢަތުގެ ކިއްލާތަކެއްގެ ގޮތުގައި އާންމުން ތަންތަން ބޭނުން ކުރާތީ ކަމަށް ބުނެ، އިޒްރޭލުން އަބަދުވެސް ބަލަނީ ދިފާޢަށް ކުޅެވޭތޯއެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ ހިންގާ ހަރަކާތެއްގައި ޓެރަރިސްޓުންގެ ޓެގު އަޅުވަންޖެހުނު ސަބަބަކާ މެދުވެސް ވިސްނާލަންޖެހެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ސަމާލުކަން ހޯދި ރޫޙުގެ މަހާނަ ކައިރީގައި އިށީނދެލައިގެން އިނީ އޭނާގެ ބޮޑުބެ، ރާމީ އަލް-ޝައިޚް ޖުދާއެވެ.

އެ ސިކުނޑީގައި އެނބުރެމުން ދިޔައީ ރޫޙުއާއި އޭނާގެ ޢާއިލާގެ ހަނދާންތަކެވެ. އެ ހިތުގައި އަޅަމުން ދިޔައީ މި ދުނިޔޭގައި އެ ޢާއިލާ ނެތް ކަމުގެ ވޭނެވެ.

އޭނާއަށް ބޮޑުބޭބެ ކިޔާ ދަރިފުޅު، ރޫޙުގެ ޙާލު ބެލުމަށް ކޮންމެ ދުވަހަކުވެސް، ޢިމާރާތީ ހޮސްޕިޓަލަށް ރާމީ ދެއެވެ. ރޫޙުގެ ނޭވާލާ ނިޒާމުގައި މައްސަލަތަކެއް އުޅޭކަން، ޑޮކްޓަރުންވެސް އޮތީ ރާމީއަށް އަންގާފައެވެ. ނަމަވެސް އެއީ އިންތިހާއަށް ސީރިއަސް ދަރަޖައަކަށް ކަން ރާމީއަށް އޮތީ ވިސްނާ ނުލެވިއެވެ. އެކަން ފަހުމްވީ ހޮސްޕިޓަލުން ގުޅި ހިސާބުންނެވެ. ރޫޙުގެ މަރުގެ ޚަބަރު ލިބުނު ހިސާބުންނެވެ.

ޣައްޒާގެ ބިމުން ފަލަސްޠީނުގެ ނަސްލު ދޮވެލުމަށް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކަށް 7 މަސް ވާން ގާތް ވެފައި ވާ އިރު، ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ މުޅިންހެން އިނދަޖައްސާފައެވެ. އެންމެ ވަރުގަދަ ހަނގުރާމަތަކުގައިވެސް ރައްކާތެރިކަން ދޭ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ހޮސްޕިޓަލުތައްވެސް ހަފުސްކޮށް ނިންމައިފިއެވެ. ޣައްޒާގައި ޚިދުމަތް ދެވޭ ޙާލަތުގައި ހުރީ އިންތިހާއަށް މަދު ހޮސްޕިޓަލުތަކެކެވެ. އެތަންތަންވެސް ކިރިޔާ ހިންގާލެވޭ ކަމެވެ. ކަރަންޓުގެ ސަޕްލައި އެހާ ތަދެވެ. ޞިއްޙީ އާލާތްތަކުން ޖަރާސީމު ފިލުވާ، ސްޓެރެލައިޒް ކުރެވޭނެ މާ ބޮޑު ގޮތެއް ނެތެވެ. އެހެނިހެން ތަކެތީގެ ދަތިކަންވެސް ކުރިމަތިވެފައި ވަނީ އޭގެ އެންމެ އިންތިހާއަށެވެ.

ދުނިޔެފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު