Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިމޮކްރެޓްސް އުފެއްދުން

ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް

ގިނަ ބަޔަކު އެމްޑީޕީން ވަކިކޮށްފާނެ ކަމުގެ ބިރު އޮތް

އަމްނާ އިމާދު
އަމްނާ އިމާދު | 30 އެޕްރީލު 2024 | އަންގާރަ 09:14
ފަށާއިރު ޕްރޮގްރާމްގައި މެންބަރު އަލީ އާޒިމް ވާހަކަދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި މެންބަރު އަލީ އާޒިމް ވާހަކަދައްކަވަނީ

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މެންބަރު އާޒިމް ވިދާޅުވީ، ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު އަމިއްލަފުޅަށް ހެއްދެވި ޕާޓީއެއް ނޫން ކަމަށާއި، ފުރަތަމަ ވަކި ޕާޓީއެއް އުފެއްދުމަށް އެމަނިކުފާނުގެ އަރިހަށް ދިއުމުން އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ. އެމްޑީޕީގެ ތެރޭގައި ހިނގާދިޔަ ކަންކަމުގެ ސަބަބުން އަނެއްކާ ވެސް ފަހުން 13 މަޖިލިސް މެންބަރުންނާއެކު އެމަނިކުފާނު އަރިހަށް ގޮސް ދޫނުކޮށް އައު ޕާޓީ އެއް އުފެއްދުމަށް ހުށަހެޅުމުން އެންމެފަހުން އެމަނިކުފާނު އެކަން ގަބޫލުފުޅު ކުރެއްވީ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބާއި ގުޅިގެން ގިނަ ބަޔަކު ޕާޓީން ވަކި ކުރުމާއި، އަދިވެސް ދިމާވި މައްސަލަތަކާއި ގުޅިގެން ޕާޓީން ވަކިކޮށްފާނެ ކަމުގެ ބިރު ގިނަ ބަޔަކަށް އޮތް ކަމަށެވެ. އެ ސަބަބާއި ގުޅިގެން ވެސް އައު ޕާޓީ އެއް އުފައްދަން ބޭނުންވީ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ މިސަރުކާރަކީ ދޮގު ހަދާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން މަޖިލީހުގައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރު ޖަވާބުދާރި ކުރުވުމަށް ކުރި މަސައްކަތަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެމަސައްކަތް ވެސް އެހައި ކާމިޔާބު ނޫން ކަމަށެވެ.

އަލީ އާޒިމްދަ ޑިމޮކްރެޓްސް ޕާޓީ ދަ ޑިމޮކްރެޓްސް

އިތުރަށް ކިޔާލަން

26 ޖޫން 2025

ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު

26 ޖޫން 2025
ޑިމޮކްރެޓްސްގެ މެމްބަރުން އައުމުން އެމްޑީޕީ ވާނީ ވަރުގަދަ، މާޒީ އަށް ނުބަލާ ދާންވީ އެކުގައި ކުރިއަށް - ރައީސް ޞާލިހު
24 ޖޫން 2025

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

24 ޖޫން 2025
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
01 މެއި 2025

ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި

01 މެއި 2025
ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓަށް އަމާޒު ކޮށް ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތް ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު