Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޞާލިޙުގެ މަރުހަބާ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސް ޞާލިހު މިދިޔަ އަހަރު ވަނީ މި ދައުވަތު ދެެއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 13:40
ކުރީގެ ރައީސް ޞާލިހު ފޯނުން ގުޅުއްވައި ކުރީގެ ރައީސް ނަޝީދަށް ތަހުނިޔާ ވިދާޅުވެފައިވޭ

ކުރީގެ ރައީސް ޞާލިހު ފޯނުން ގުޅުއްވައި ކުރީގެ ރައީސް ނަޝީދަށް ތަހުނިޔާ ވިދާޅުވެފައިވޭ

ފޯނުން ގުޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވީ 2 އަހަރަށްފަހު އެމްޑީޕީއާއި އަނބުރާ ގުޅިވަޑައިގަތުމުންނެވެ. ރާއްޖެއިން ބޭރުގައި ހުންނަވާ ފޯނުން ގުޅުއްވާ ރައީސް ޞާލިހު ވަނީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި މެންބަރުންނަަށްވެސް މަރުހަބާ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމާއި ގުޅިގެން ހާއްސަ ޖަލްސާއެއް ހޯމަ ދުވަހުގެ ރޭ ސަލްޓަންޕާކުގައި ވަނީ ބާއްވާފައެވެ. ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތީ 21 ޖޫން 2023 ގައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ދަ ޑިމޮކްރަޓްސްގެ މެމްބަރުން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ އަލުން ގުޅުމަށް ނިންމި ނިންމުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ވިދާޅުވެ އެކްސްގައި ވެސް ޕޯސްޓެއް ކުރެއްވިއެވެ.

ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އެ މެމްބަރުންނަށް މަރުޙަބާ ދަންނަވައި ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމި ތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ މަޞްލަޙަތު އަބަދު ވެސް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް ޞާލިޙު ވަނީ ޅެން ބައިތެއް ވެސް ހިމަނުއްވައިފަ އެވެ.

އެގޮތުން އެމަނިކުފާނު ލިޔުއްވާފައި ވަނީ، “ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަޝާށެވީ ގިރާކުރާން. ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން.”

މީގެ ކުރިން ވެސް ރައީސް ޞާލިޙު ވަނީ އެމްޑީޕީ އިން ވަކިވެގެން ދިޔަ މެމްބަރުން އަލުން އެ ޕާޓީ އަށް އައުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އެގޮތުން 2024 ވަނަ އަހަރު އެމްޑީޕީގެ އަހަރީ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައީސް ޞާލިޙު އޭރު ވެސް ވިދާޅުވެފައި ވަނީ، އެމްޑީޕީ އަކީ އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީ އެއް ކަމަށާއި، އެއީއެންމެންގެ ވެސް ޕާޓީއެއް ކަމަށެވެ.

މީގެ އިތުރުން ކުރިން އުފެދިފައިވާ މައްސަލަތައް، އަދި އެމަނިކުފާނާ ދޭތެރޭގައި މައްސަލައެއް އޮވެއްޖެ ނަމަ އެކަން ވެސް އެއް ފަރާތުގައި ބޭއްްވުމަށް ފަހު، ދިވެހިޤައުމައިގެން ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަދި މީގެ އެތައް އަހަރުތަކެއް ކުރިން އެމްޑީޕީ އިން ފެށި މަސައްކަތް ނިމުނާ ހިސާބަށް ނުދާ ކަމަށް ވެސް އެ ދުވަހުރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ހުރިހާ ބޭފުޅުން ވެސް ގުޅިގެން، އެކު އެކީގައި ކުރިއަށް ދިޔުމުގެ މުހިންމުކަން އެ ދުވަހު ވެސްރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެމްޑީޕީގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ، ރައީސް ނަޝީދު އާއި އެ ޕާޓީގައި މީގެ ކުރިން އިސްކޮށް މަސައްކަތް ކުރައްވާފައިވާ ގިނަ ބޭފުޅުންތަކެއް އަލުންއެމްޑީޕީއާ ގުޅުމަށް ނިންމާފައިވާއިރު، އެމްޑީޕީ އިން ވެސް ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވާނެ ކަމަށް ބުނެފަ އެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް މުހައްމަދު ނަޝީދުއެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީދަ ޑިމޮކްރެޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު