Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ރައީސް ނަޝީދު އާއި ޑިމޮކްރަޓްސްގެ މެމްބަރުންނަށް މަރުޙަބާ ކިޔަން އެމްޑީޕީ އިން ނިންމައިފި

އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީޕީއާ އަލުން ގުޅުމަށް ކުރީގެ ރައީސް ނަޝީދު އަދި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުން ނިންމި ނިންމުމަށް އެ ޕާޓީ އިން މަރުޙަބާ ކިޔާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖޫން 2025 | ބުރާސްފަތި 04:19
އެންމެ ފަހުން އޮތްް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އެންމެ ފަހުން އޮތްް އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ދަ ޑިމޮކްރަޓްސް ޕާޓީ އަށް ނިސްބަތްވާ މެމްބަރުން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ އަލުން ގުޅުމަށް ނިންމި ނިންމުމަށް އެ ޕާޓީ އިން މަރުޙަބާ ކިޔައިފި އެވެ.

ދާދި ފަހުން ދަ ޑިމޮކްރަޓްސް އިން ވަނީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއް ބާއްވައި، އެ ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް އިޤުރާރުވެފަ އެވެ. އަދި އެ ޕާޓީ އިން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ނިންމުމާ ގުޅިގެން ބުދަ ދުވަހުގެ ރޭ އެމްޑީޕީ އިން ވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިފަ އެވެ. އެއީ ރައީސް ނަޝީދު އާއި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމާ މެދު، އެ ޕާޓީ އިން ގޮތެއް ނިންމުމަށެވެ.

ޤައުމީ މަޖިލީހުގެ ޖަލްސާ އަށް ފަހު އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީޕީއާ އަލުން ގުޅުމަށް ކުރީގެ ރައީސް ނަޝީދު އަދި ޑިމޮކްރަޓްސް ޕާޓީގެ މެމްބަރުން ނިންމި ނިންމުމަށް އެ ޕާޓީ އިން މަރުޙަބާ ކިޔާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީ އަކީ، ދިވެހި ޤައުމަށްޓަކައި ހަގީގީ މަސައްކަތެއް ކުރަން ބޭނުންވާ ކޮންމެ ބަޔަކަށް ވެސް ހުޅުވާލެފައިވާ ޕާޓީ އެކެވެ. އަދި ކުރީގެ ރައީސް ނަޝީދު އާއި، އެމަނިކުފާނާ އެކު އަލަން އެމްޑީޕީއާ ގުޅޭ މެމްބަރުންނާ އެކު، އެ ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި އެމްޑީޕީ އިން ބުނެފައި ވަނީ، ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އަދި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި އެމްޑީޕީއާ ގުޅޭ ކޮންމެ މެމްބަރަކީ ވެސް، ޤައުމުގެ ހައްގުގައި ވަކާލާތު ކުރަން ފަސް ނުޖެހޭނެ މެމްބަރުން ކަމަށް އެ ޕާޓީ އިން ބުނެފައިވެ އެވެ.

ބަޔާން ނިންމާލަމުން އެމްޑީޕީ އިން ބުނެފައި ވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވައި ޤާނޫނު އަސާސީ އިން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެ ޕާޓީ އަބަދު ވެސް ދެމި އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުން އުފެދުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރި ހޯއްދެވި ހިސާބުންނެވެ. އެކަމުގެ ތެރޭގައި ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، ރައީސް ނަޝީދު އާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ވަނީ އެމްޑީޕީ އިން ވަކިވެފަ އެވެ.

އެއަށް ފަހު ދަ ޑިމޮކްރަޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި، ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީ އިން ވަނީ ވަކިން ވާދަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު