Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު އިސްރާއީލް ހަނގުރާމަ

ދުނިޔޭގެ އަލިކަން ނުފެނި އުޅެނިކޮށް "ޓެރަރިސްޓަކަށް"...

އިޒްރޭލުން ޝަހީދުކޮށްލި މަންމަގެ ބަނޑު ކަފާލައިގެން ނެގި ދަރިފުޅުގެ ހަށިގަނޑުގެ ބަރުދަނުގައި ހުރީ 1.4 ކިލޯގްރާމް، ޑރ ވިދާޅުވި ގޮތުގައި، ދަރިފުޅުގެ ޙާލު ސްޓޭބަލް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2024 | ބުދަ 07:35
މަންމައާއި ބައްޕަވެސް ނެތް ޔަތީމު ކުއްޖެއްގެ ގޮތުގައި މި ދުނިޔެއަށް އުފަންވި ދަރިފުޅުގެ ކަންކަމުގައި މިވަގުތު އެންމެ އިސްކޮށް އުޅެނީ ބޮޑުބޭބެ، ރާމީ އަލް-ޝައިޚް

މަންމައާއި ބައްޕަވެސް ނެތް ޔަތީމު ކުއްޖެއްގެ ގޮތުގައި މި ދުނިޔެއަށް އުފަންވި ދަރިފުޅުގެ ކަންކަމުގައި މިވަގުތު އެންމެ އިސްކޮށް އުޅެނީ ބޮޑުބޭބެ، ރާމީ އަލް-ޝައިޚް

އަހަރެމެން އެ ދީނަކަށް ތަބާވެގެން މި ތިބި އިސްލާމް ދީންވެސް ގޮވަލަނީ، މާތް ﷲގެ ދުޝްމަނުންނާ ރަޙްމަތްތެރިކަން ނުބާއްވާ، އެކަމުން ރައްކާތެރިވުމަށެވެ. އަދުގެ ދުނިޔެއަށް ހުޅަނގުން ފަތުރަމުންދާ ލާދީނީ ނަޒަރިއްޔާތުގެ އަވައިގައި ޖެހި، ބައެއް މީހުންނަށް މިފަދަ ގުޅެއް ބޭއްވުމަކީ މާ ބޮޑު ކަމަކަށް އޮންނަނީ ނުވެފައެވެ. ނަމަވެސް، މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައި ވާ އަލް-މަސްޖިދުލް އަޤްޞާ އެ ބިމެއްގައި ހުރި ފަލަސްޠީނުގެ ބިންތަކަށް ފެންބޮވައިގަނެ، ވީ ގޮތަކުން އެ ބިންތައް ފޭރެމުންދާ ނިރުބަވެރި ޔަހޫދީން، އޮކްޓޯބަރ 7 ވަނަ ދުވަހު ހިންގަން ފެށި ގަތުލުއާންމާއެކު، ކުރިން މި ދެންނެވި ގުޅުމާ މެދު އެތައް ބަޔަކު ވިސްނަން ފެށިއެވެ.

1946 ވަނަ އަހަރަށް ފަހު ފަލަސްޠީނަށް އިޒްރޭލުން ކުރިމަތިކުރަމުން ދާ އިންތިހާ ތުރާތަކުގެ ތާރީޚްވެސް ނުދެކޭ ވަރުގެ ލާއިންސާނީ ގަތުލުއާންމެއް އިޒްރޭލުން ހިންގަން ފެށިތާ މިހާރު 200 ވަރަކަށް ދުވަސް ވަނީއެވެ. ޣައިރު ދީންތަކުގެ ނުފޫޒު ހިންގާ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ހޯދައިދެވުނު ރައްކާތެރި ކަމެއް، ހިމާޔަތެއް ނެތެވެ. ޖަވާބުދާރީއެއް ނުކުރުވެއެވެ. އިންސާފުގެ ކަންފުޅެއްވެސް ނެތެވެ. އިޒްރޭލުން މިހާރު ހިންގަމުން ގެންދާ ގަތުލުއާންމަކީ، ފަލަސްޠީނުގައި ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާން ކަމަށް ވަޢުދުވެގެން ހިންގަން ފެށީ ގަތުލުއާންމެކެވެ.

ގަތުލުއާންމުގައި މުޅި ޣައްޒާ ހަފުސްކޮށް، މުޅި އާބާދީ އެކީއެކައްޗަކަށްހެން ރެފިއުޖީންނަށް ހަދާ، ބަނޑަށް ޖެއްސިއެވެ. އެންމެ ވަރުގަދަ ހަނގުރާމަމަތީ އާލާތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އާންމު ރައްޔިތުންނާ ދެކޮޅަށް ޙަމަލާ ދެމުން ދަނީ، ޓެރަރިސްޓުންގެ ގޮތުގައި ހުޅަނގުން ޓެގު އަޅުވާފައިވާ ޙަމާސް ޖަމާޢަތުން، ދިފާޢީ އައްޑަނައެއްގެ ގޮތުގައި މަދަނީ ވެށި ބޭނުން ކުރާ ކަމުގެ އުޒުރު ދައްކައިގެންނެވެ. ދެއްކުނު އެއްވެސް ޙުއްޖަތެއް ނެތެވެ. ނަމަވެސް، އިޒްރޭލުގެ އުދުވާންތަކުގައި މި ދުނިޔެއާ ވަކިކޮށްފައި ވާ މީހުންގެ ހަށިތައް މިހާރުވެސް އެ ހުރީ ފެންނާށެވެ.

ޓެރަރިޒަމްއަކީ މުޅި ދުނިޔެއިން ނައްތާލަންޖެހޭ ވަބާއެކެވެ. އެކަން ކުރާނެ ވަކި އުސޫލުތަކަކާއި ހަމަތަކެއް އޮވެމެ، ނިރުބަވެރި އިޒްރޭލުން ކަންކުރަމުން ދަނީ ހިތުހުރި ގޮތަކަށެވެ. ހަމަލާތައް ދީ، ޣައްޒާ ސުންނާފަތި ކޮށް، ރައްޔިތުން މަރާ، ދިރިތިބީންނަށް ދުނިޔެއަކީ ވޭނަކަށް ހަދަމުން ދަނީ ގަސްތުގައެވެ. އެޔެއް މިޔެއް ބެލުމެއް ނެތެވެ. ވަންނާނެ އިތުރު ތަނެއް ނެތި، ޣައްޒާގެ މުޅި އާބާދީހެން މިހާރު ދިރިއުޅެމުން ގެންދާ ރަފަޙަށް އެންމެ ފަހުން ދިން ޙަމަލާތަކުގައިވެސް އެތައް ޖީލެއް ވަނީ ނެތިކޮށްލާފައެވެ. ފުރާނަ ހުއްޓެއް ކަމަކު، އަހުލެއްވަހުލެއް ނެތް ޙާލުގައި ތިބީ ކިތައް ކުދިންތޯއެވެ.

އެންމެ ފަހުން ރަފަޙަށް ދިން ޙަމަލާތަކަށް ބަލާއިރު، ރަފަޙުގައި އާންމުން ދިރިއުޅެން ހަދާފައި ހުރި އިމާރާތްތަކަކަށް އަމާޒުކޮށްގެން އިޒްރޭލުން ދިން ޙަމަލާތަކުގައި އާންމުންގެ އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެ ޙަމަލާތަކަށްފަހު މާ ގިނަ އިރުތަކެއް ނުވެ މި ދުނިޔޭގެ އަލިކަން ދުށް އެއް ކުއްޖަކު އުފަންވީވެސް މަންމައާއި ބައްޕަގެ އިތުރުން މުޅި ޢާއިލާވެސް މި ދުނިޔެއާ ވަކިވެ ގޮސްފައިވާ ޙާލުގައެވެ. ދަންވިދަންވިހެން ވަރުގަދަ ކުރަމުންދާ ޙަމަލާތަކުގެ ސިލްސިލާއަށް އެންމެ ފަހުން އިތުރު ކުރި ޙަމަލާތަކުގައި 19 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނަކާއި އޭނާގެ ފިރިމީހާ އަދި ދޮށީ ދަރިފުޅު ހިމެނެއެވެ.

2 ގެއަކަށް ދިން އެ ޙަމަލާތަކުގައި އެއް ޢާއިލާއަކުން 13 ކުދިން މަރުވެފައި ވާ ކަމަށްވެސް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ވަނީ ފާހަގަ ކުރައްވާފައެވެ.

ބަލިވެ އިންދާ މަރާލި އަންހެން މީހާގެ ބަނޑަށް 30 ހަފުތާއެވެ. ޢުދުވާންތަކުގެ ޝިކާރައަކަށް ވެ އޭނާ މި ދުނިޔެއާ ވަކިވެ ދިޔައެއް ކަމަކު، ބަނޑުގައި އޮތް ދަރިފުޅުގެ ފުރާޏަ ހުއްޓެވެ. ޣައްޒާގައި ތިބި ޑޮކްޓަރުން ވަނީ އެމީހުންނަށް ލިބުނު އެއްޗެއް ބޭނުންކޮށްގެން އެ އަންހެން މީހާގެ ބަނޑު ފަޅާލައިގެން ނުވަތަ ސިޒޭރިއަން ހަދައިގެން ނަގާފައެވެ. އިޒްރޭލުން މަރާލި ޞަބްރީން އަލް-ސަކާނީގެ ބަނޑު ކަފާލާ، އެމަރޖެންސީގައި ސިޒޭރިއަން ހަދައިގެން، ނެގީ ލޯބިލޯބި އަންހެން ކުއްޖެވެވެ.

އިތުރު އެހެން ކުދިންތަކަކާއެކު މި ދެންނެވި ތުއްތު ކުއްޖާވެސް މިވަގުތު އަދި އޮތީ ރަފަޙުގެ އަލް-ޢިމާރާތު ހޮސްޕިޓަލުގައެވެ. ފަރުވާ ދެމުން ދަނީ އިންކިއުބޭޓަރަށް ލައިގެންނެވެ. ކޮން ކުއްޖެއް ކަން ބަޔާންކޮށްދޭ ޓެގެއްގެ ގޮތުގައި، މެއިމަތީގައި ތަތްކޮށްފައި ވާ ޓޭޕް ފަށުގައި، ޖަހާފައި އޮތީ "ޝަހީދު ޞަބްރީން އަލް-ސަލާނީގެ ދަރިފުޅު" ކަމަށެވެ. އިޒްރޭލުން ޝަހީދުކޮށްލި މަންމަގެ ބަނޑު ކަފާލައިގެން ނެގި ދަރިފުޅުގެ ހަށީގަނޑުގެ ބަރުދަނުގައު ހުރީ 1.4 ކިލޯގްރާމްއެވެ. އެ ތުއްތު ކުއްޖާއަށް ފަރުވާދެއްވާ ޑޮކްޓަރު، ޑރ މުޙައްމަދު ސަލާމާ ވިދާޅުވި ގޮތުގައި، ދަރިފުޅުގެ ޙާލު ސްޓޭބަލްއެވެ.

މަންމައާއި ބައްޕަވެސް ނެތް ޔަތީމު ކުއްޖެއްގެ ގޮތުގައި މި ދުނިޔެއަށް އުފަންވި ދަރިފުޅުގެ ކަންކަމުގައި މިވަގުތު އެންމެ އިސްކޮށް އުޅެނީ ބޮޑުބޭބެ، ރާމީ އަލް-ޝައިޚްއެވެ. ރާމީ ބުނި ގޮތުގައި، މަންމަގެ ބަނޑުގައި އޮތް ކޮއްކޮއަށް ރޫޙްގެ ނަމުން ނަން ދިނުމަށް، ޞަބްރީންގެ ދަރިފުޅު، މަލާކް އެދެމުން ދިޔައެވެ. އިޒްރޭލުގެ ނިރުބަވެރި ޙަމަލާތަކުގައި މަލާކްވެސް މި ދުނިޔެއާ ވަކިކޮށްފައި ވާ އިރު، އަލަށް އުފަންވި ދަރިފުޅަށް، ރޫޙްގެ ނަމުން ނަން ދިނުމަށް ނިންމާފައި ވާ ކަން ބޮޑުބެ ވަނީ ހާމަކޮށްފައެވެ.

ޑރ ސަލަމާ ވިދާޅުވާ ގޮތުގައި އަދި 3 ނޫނީ 4 ވަރަކަށް ހަފުތާ ވަންދެން އެ ހޮސްޕިޓަލުގައި ރޫޙީ އެޑްމިޓް ކުރަން ޖެހެއެވެ. އެ ދަރިފުޅު ދެން ދާނީ ކޮން ދިމާއަކަށްތޯ ވިސްނާނީ އެހާ ހިސާބުކަން އޭނާ ފާހަގަކުރިއެވެ. ޢާއިލާގެ ކޮންމެ މެންބަރެއްގެ ގާތަށް ދިޔަސް، އެ ދަރިފުޅަށް ލިބުނު އެންމެ ބޮޑު ހިތާމައިގެ ލަކުނު ދުވަހަކުވެސް ފިލައިގެން ނުދާނެ ކަން ޑރ ސަލަމާ ވަނީ ފާހަގަ ކުރައްވާފައެވެ.

ރޭގަނޑުގެ ނިދިން މަހްރޫމުކޮށް، ކެނޑިނޭޅި ދެމުން ގެންދާ ހަމަލާތަކުގެ ޗޭނަށް އެންމެ ފަހުން އިތުރުކުރި 2 ހަމަލާގެ ތެރެއިން އެއް ހަމަލާގައި އެ އް ގެއަކުން 13 ކުދިން މަރުވިއެވެ. ޢަބްދުލް އާލްގެ ޢާއިލާއަށް ނިސްބަތްވާ އެ ގެއަށް ދިން ޙަމަލާތަކުގައި 2 އަންހެނަކުވެސް މަރާލިއެވެ. 7 މަސް ވާން ގާތްވެފައިވާ ގަތުލުއާނބްމުގައި ޣައްޒާއިން މަރާލި މީހުންގެ އަދަދު މިހާރު އުޅެނީ 34 000 އަށް ވުރެ މަތީގައެވެ. އޭގެތެރޭގައި 14000 އެއްހާ ކުޑަކުދިން ހިމެނެއެވެ. އެއީވެސް ހަމަ ޓެރަރިސްޓުން ހެއްޔެވެ؟

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު