Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިލާން

އެއްބަަސްވުން ހަދާނީ ކުލަބާއެކު، މިއީ އުފާ ފާޅުކުރަންވީ ވަގުތު: މާޓިނޭޒް

އިންޓަ އިން ބޭނުން ވަނީ 2028 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އޭނާގެ އެއްބަސްވުން އައު ކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އެޕްރީލު 2024 | އަންގާރަ 04:43
އިންޓަ މިލާނަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް

އިންޓަ މިލާނަށް ކުޅެމުން އަންނަ ލައުޓާރޯ މާޓިނޭޒް

އެއްބަސްވުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ކުލަބާއެކު ކަމަށާއި، މިއީ އުފާ ފާޅު ކުރަންވީ ވަގުތު ކަމަށް އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ، އޭސީ މިލާން ބަލިކޮށް އިންޓަ އިން މި ސީޒަންގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗަށްފަހު، މާޓިނޭޒްގެ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އެއްބަސްވުމުގެ ވާހަކަތައް ދައްކައި، އެއްބަސްވުމާމެދު ގޮތެއް ނިންމާނީ ކުލަބާއެކު ކަމަށެވެ.

އޭގެ ބަދަލުގައި މިއީ އިންޓަ އިން އުފާ ފާޅު ކުރަންވީ ވަގުތުކަން ފާހަގަކޮށް މާޓިނޭޒް ބުނީ، އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން އަދި އުފަލުން ކަމަށެވެ. ޚާއްސަކޮށް މި ވަގުތުގައި އިސްކަން ދޭން ޖެހޭނީ ލިބުނު އުފާ ފާހަގަ ކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.

ރޭސިން ކުލަބު ދޫކޮށް މާޓިނޭޒް އިންޓަ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެ ކުލަބުގެ އެއްބަސްވުން މާޓިނޭޒް ކުރިން ވެސް އައު ކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އިންޓަ އިން ބޭނުންވަނީ އެ އެއްބަސްވުން ދިގު މުއްދަތަކަށް ދަންމާލާށެވެ. ސަބަބަކީ އިންޓައިގައި މާޓިނޭޒް ދައްކަމުން އަންނަ ކުޅުމުގެ ސަބަބުންނެވެ.

އިޓަލީގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އިންޓަ އިން ބޭނުން ވަނީ 2028 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. އެކަމުގެ މަޝްވަރާތައް އިންޓަ އިން ވަނީ، މީގެ ހަ މަސް ދުވަސް ކުރިން މާޓިނޭޒް އާއެކު ފަށައިފަ އެވެ.

މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 277 މެޗުގައި 128 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

އިންޓަރ މިލާންލަޓާރޯ މާޓިނޭޒް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު