Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމީހަކު އަމިއްލަގައި ރޯކޮށްލުން

ޓްރަމްޕްގެ ޝަރީއަތް ހިނގަމުން ދަނިކޮށް ކޯޓްގެ ބޭރުގައި މީހަކު އަމިއްލަ ހަށިގަނޑުގައި ރޯކޮށްލައިފި

އަމިއްލަ ހަށިގަނޑަށް އަނިޔާދިނުމުގެ އަމަލުތަކަކީ އެމެރިކާގައި ވަރަށް ޢާއްމުކަމެކެވެ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 20 އެޕްރީލު 2024 | ހޮނިހިރު 05:24
ޙާދިސާ ހިންގި ސަރަޙައްދުގައި ކަމާބެހޭ އޮފިޝަލުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަނަޑޯލު

ޙާދިސާ ހިންގި ސަރަޙައްދުގައި ކަމާބެހޭ އޮފިޝަލުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަނަޑޯލު

ޓްރަމްޕްގެ ޝަރީއަތް ހިނގަމުން ދަނިކޮށް ނިއުޔޯކްގެ ކޯޓްހައުސްގެ ބޭރުގައި މީހަކު އަމިއްލަ ހަށިގަނޑުގައި ރޯކޮށްލައިފިއެވެ.

މިއީ2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޝްވަތު ދިންކަން ފޮރުވުމުގެ ގޮތުން ވިޔަފާރީގެ ރެކޯޑްތައް އޮޅުވާލި ކަމަށްބުނެ ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގަމުން ދިޔަ މެންހަޓަން ކޯޓްހައުސް ކައިރީގައި ހުރި ޕާކެއްގައި މީހަކު އަމިއްލަ ހަށިގަނޑުގައި ރޯކޮށްލައިގެން ހިންގި އަމަލެކެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައިސްޓެންޑާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފްލޮރިޑާގެ ސެއިންޓް އޮގަސްޓީންއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މެކްސް އަޒްޒަރެލޯ ނަމަކަށް ކިޔާ މި މީހާ ވަނީ މެންހަޓަން ކްރިމިނަލް ކޯޓްހައުސްއިން މަގު ހުރަސްކޮށް އޮންނަ ކަލެކްޓް ޕޮންޑް ޕާކުގައި ހުރެ އަމިއްލަ ގައިގައި އަލިފާން ރޯކޮށްފައެވެ. އަލިފާން ގަނޑު ރޯވުމުން ބިންމައްޗަށް އޭނާ ވެއްޓުމުގެ ކުރިން އޭނާގެ ހަށިގަނޑު އަދަމުން ދިޔައިރު ބޮލުގައި ދެއަތުން ހިފަހައްޓައިގެން ކަކޫ މައްޗަށް ތިރިވެ، ހަޅޭއްލަވައިގަތެވެ.

އަލިފާން ނިއްވުމަށް ޢާއްމުންގެ މީހަކު މަސައްކަތް ކުރަމުން ދަނިކޮށް ފުލުހުންނާއި އެތަނުގައި ތިބި މީހުން ވަނީ އެސަރަހައްދަށް ގޮސްފައެވެ. އޭގެ ފަހުން އަޒްޒަރެލޯ ކޯނެލް ޔުނިވާސިޓީގެ ބަރން ޔުނިޓަށް ބަދަލުކުރި އިރު، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުޔޯކްގެ ޕޮލިސް ޗީފް ޖެފްރީ މެޑްރީ ވިދާޅުވީ އެ މީހާ ކޯނެލް ޔުނިވާސިޓީގެ ބާން ޔުނިޓަށް ބަދަލުކޮށްފައިވާ ކަމަށާއި، އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އަލިފާން ނިއްވަން އުޅުމުގެ ތެރޭގައި އެންވައިޕީޑީގެ ތިން އޮފިސަރަކާއި ކޯޓު އޮފިސަރަކަށް ކުދި ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފަޔާ އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި އަޒްޒަރެލޯ ވަނީ އޭނާގެ ހަށިގަނޑުގައި ރޯކޮށްލުމުގެ ކުރިން ޕޮންޒީ ސްކީމްތަކާ ބެހޭ ގޮތުން ހަދާފައިވާ ކޮންސްޕިރެސީ ތިއަރީތައް ހިމެނޭ ޑޮކިޔުމެންޓްތަކެއް ވެސް އުކާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޒްޒަރެލޯ ވަނީ މި ހާދިސާ ހިނގުމުގެ ކުރިން އޮންލައިންކޮށް ބޮޑު ބަޔާނެއް ވެސް އާންމުކޮށްފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ކޯޓްހައުސްގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް އޭނާ ވަނީ ޓްރަމްޕްގެ ޝަރީޢަތާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ނިއުޔޯކް ޓައިމްސްގެ ރިޕޯޓަރަކު ބުނީ އަޒްޒަރެލޯ ބުރާސްފަތި ދުވަހު ކޯޓްހައުސްގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް ވަނީ ޓްރަމްޕްގެ ޝަރީޢަތާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ކަމާބެހޭ އޮފިޝަލުން ބުނި ގޮތުގައި އަޒްޒަރެލޯ ނިއު ޔޯކް ސިޓީއަށް ކުރި ދަތުރުގެ މައުލޫމާތު އޭނާގެ އާއިލާގެ މީހުންނަކަށް ނޭނގެއެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

04 އެޕްރީލު 2017
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް
30 މާރިޗު 2017

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު