Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިސާ އެއްބަސްވުން

ރާއްޖެއާ ޑޮމިނިކާއާއި ދެމެދު ވިސާ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ޖުލައި 2025 | އާދީއްތަ 05:19
ޑޮމިނިކާ ސަރުކާރާއި ރާއްޖެއާ ދެމެދު ވިސާ އެއްބަސްވުމުގައި ސޮއިކޮށްފި

ޑޮމިނިކާ ސަރުކާރާއި ރާއްޖެއާ ދެމެދު ވިސާ އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ކޮމަންވެލްތް އޮފް ޑޮމިނިކާ ސަރުކާރާ ދެމެދު "އެގްރީމަންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް ފޯ ދެއަރ ރެސްޕެކްޓިވް ސިޓިޒެންސް" ގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެއެވެ.

އަދި ހަމަ ޑޮމިނިކާ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ. އަދި ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބަރޓް އެރޮންއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ދިވެހި ސަރުކާރުޑޮމިނިކާ ސަރުކާރުޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދުފިލްބަރޓް އެރޮންނިއުޔޯކްދުވާލަކަށް 30 ދުވަސް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
29 ސެޕްޓެމްބަރު 2025

ނިއު ޔޯކުގެ މޭޔަރު އެޑަމްސް، އިންތިޚާބުގައި ވާދަ ނުކުރަން ނިންމައިފި

29 ސެޕްޓެމްބަރު 2025
ނިއު ޔޯކުގެ މޭޔަރު އެޑަމްސް، އިންތިޚާބުގައި ވާދަ ނުކުރަން ނިންމައިފި
25 ސެޕްޓެމްބަރު 2025

މެކްރޮންގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ގުޅުއްވީ ސީދާ ޓްރަމްޕް އަށް

25 ސެޕްޓެމްބަރު 2025
މެކްރޮންގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ގުޅުއްވީ ސީދާ ޓްރަމްޕް އަށް
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
22 ސެޕްޓެމްބަރު 2025

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި
21 ސެޕްޓެމްބަރު 2025

އދ ގެ މަޖިލީހުގައި ސައުދީގެ ބައިވެރިވުމަކީ އަމާންކަމަށް އޮތް މެސެޖެއް

21 ސެޕްޓެމްބަރު 2025
އދ ގެ މަޖިލީހުގައި ސައުދީގެ ބައިވެރިވުމަކީ އަމާންކަމަށް އޮތް މެސެޖެއް
09 ޖުލައި 2025

އެމްޑީޕީގެ ސިޔާސަތާއެކު ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް ކުޑަ މިންވަރަކަށް ވެސް ޚިދުމަތެއް ނުދެވޭ: މެންބަރު ސަމީރު

09 ޖުލައި 2025
އެމްޑީޕީގެ ސިޔާސަތާއެކު ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް ކުޑަ މިންވަރަކަށް ވެސް ޚިދުމަތެއް ނުދެވޭ: މެންބަރު ސަމީރު
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
14 އެޕްރީލު 2022

ނިއުޔޯކްގެ ސަބްވޭއެއްގައި ބަޑިޖެހި ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި

14 އެޕްރީލު 2022
ނިއުޔޯކްގެ ސަބްވޭއެއްގައި ބަޑިޖެހި ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު