Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް

ޔޫކްރެއިން ހިސޯރު ކޮށްގެން އުޅޭ ބަޔަކަށް އެ ގައުމުގެ ބިން ހަދިޔާ ނުކުރާނެ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ޔޫކްރެއިންގެ ބިންތައް ހިސޯރުކޮށްގެން ތިބި ފަރާތްތަކަށް ހަދިޔާ ނުކުރާނެކަމަށް ޒެލެންސްކީ އިންޒާރު ދެއްވައިފި. ޓްރަމްޕް-ޕޫޓިން ބައްދަލުވުމުގައި ޔޫކްރެއިން ބައިވެރިނުކޮށް ނިންމާ އެއްވެސް ނިންމުމަކުން ޙަޤީޤީ ސުލްޙައެއް ނުގެނެވޭނެކަމަށް ވިދާޅުވެއްޖެ.

ރާއްޖެ އެމްވީ | 9 އޯގަސްޓު 2025 | ހޮނިހިރު 13:22
ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި

ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ، ނޫސްވެރިންގެ ބައްދަލުވުމެއްގައި

ޔޫކްރެއިން ހިސޯރު ކޮށްގެން އުޅޭ ބަޔަކަށް އެ ގައުމުގެ ބިން ހަދިޔާ ނުކުރާނެ ކަމަށް ޓްރަމްޕް-ޕޫޓިން މަޝްވަރާތަކުގެ ކުރިން، ޔޫކްރެއިންގެ ރައީސް ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އާއި އެމެރިކާގެ ލީޑަރުންގެ ބައްދަލުވުމަށް ކުޑަތަން ވަމުން ދަނިކޮށް، ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެފައި ވަނީ ޔޫކްރެއިންގެ އެއްވެސް ބިމެއް ރަޝިޔާ އަށް ދޫކޮށް ނުލާނެ ކަމަށާއި، މި މަޝްވަރާތަކުގައި ޔޫކްރެއިން ބައިވެރިވާން ޖެހޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ޝެއަރ ކުރި ވީޑިއޯ އެއް ގައި، ޒެލެންސްކީ ވިދާޅުވީ "ޝަރަފުވެރި ސުލްހައެއް" ގެނެވޭނެ "ހަގީގީ ނިންމުން ތަކަށް" ޔޫކްރެއިން ތައްޔާރަށް އޮތް ނަމަވެސް، ބިމާ ގުޅޭ މައްސަލަތަކުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

"ޔޫކްރެއިން އިން އެ ބިންތައް ހިސޯރު ކޮށްފައިވާ ފަރާތައް ހަދިޔާއެއް ނުކުރާނެ" ކަމަށް އޭނާ ވިދާޅުވެ، "ޔޫކްރެއިން ނުހިމަނައި ނިންމާ ނިންމުންތަކުން" ސުލްހަ ނުގެނެވޭނެ ކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ އިންޒާރުދެއްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ބައެއް "ބިންތަކުގެ ބަދަލުކުރުން" ހިމެނޭނެ ކަމަށާއި، ޔޫކްރެއިންގެ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހުކުރު ދުވަހު އެލާސްކާ ގައި ރަޝިޔާ ގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ރަޝިޔާ އިން އިސްވެ ޔޫކްރެއިން އަށް އަރާ ފެށި ހަނގުރާމައިގައި އެތައް ހާސް މީހުން މަރުވެ، އެތައް މިލިއަން މީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ.

މިއަހަރު ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ބޭއްވުނު ތިން ބުރުގެ މަޝްވަރާ ތަކުން އެއްވެސް ނަތީޖާ އެއް ނުނެރެވުނެވެ. އަދި ސަމިޓަކުން ސުލްހަ އާ ގާތަށް ދެވިދާނެ ކަމެއް ވެސް ސާފެއް ނޫނެވެ.

ބުރާސްފަތި ދުވަހު ޕުޓިން ވިދާޅުވެފައި ވަނީ ޒެލެންސްކީއާ ބައްދަލު ކުރެއްވުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މިފަދަ މަޝްވަރާތަކަށް މަގުފަހިވާން ޖެހޭ ޙާލަތްތައް އަދި ގާއިމްވެފައި ނުވާ ކަމަށެވެ.

ސުލްހަ ގެނައުމާ ބެހޭ ގޮތުން ރަޝިޔާ ގެ ރައީސް އެ ޝަރުތުތަކެއް ބަޔާން ކުރައްވާފައި ނުވި ނަމަވެސް، ކުރިން ކްރެމްލިން އިން ބުނެފައި ވަނީ ޔޫކްރެއިން އިން ރަޝިޔާ އިން މިހާރު ހިސޯރު ކޮށްފައިވާ ބިންތައް ދޫކޮށްލަންޖެހޭނެ ކަމަށާއި، ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ޖެހޭނެ ކަމަށާއި، ނޭޓޯ ގެ މެމްބަރަކަށް ވުމަށް ޔޫކްރެއިން ކުރަމުން އަންނަ މަަސައްކަތް ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ޔޫކްރެއިން އާއި އެގައުމުގެ ހުޅަނގުގެ އެކުވެރިން ވަނީ ރަޝިޔާ އިން ހިފާފައިވާ ބިންތައް ދޫކޮށްލުން ހިމެނޭ އެއްވެސް އެއްބަސްވުމަކަށް އިއުތިރާޒު ކޮށްފައެވެ. ނަމަވެސް ޕުޓިން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ސުލްހައިގެ ކޮންމެ އެއްބަސްވުމެއް ގައި ވިޔަސް ރަޝިޔާ އިން ހިފާފައިވާ ބިންތަކުގެ ތެރެއިން ބައެއް ޔޫކްރެއިން އިން ދޫކޮށްލަންޖެހޭނެ ކަމަށެވެ.

ރަޝިޔާ އިން ވަނީ 2022 ގައި އެ ޤައުމުގެ ފުރިހަމަ ބާރު ނުހިނގާ ޔޫކްރެއިން ގެ 4 ސަރަޙައްދެއް - ކާރސަން، ޑޮނެޓްސްކް، ޒަޕޮރިޒިއާ އަދި ލުހާންސްކް - ރަޝިޔާގެ ބިން ކަމަށް އިއުލާނު ކޮށްފައެވެ. އަދި 2014 ގައި އަތުލައިގަތް ބްލެކް ސީ ޕެނިންސުލާ ގެ ކްރައިމިއާ އަކީ ވެސް ރަޝިޔާގެ ބިމެއް ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
30 އެޕްރީލު 2017

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

30 އެޕްރީލު 2017
ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ
14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު