Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީންގެ ރައްދު މުއިއްޒަށް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

18 އެޕްރީލު 2024 | ބުރާސްފަތި 23:31

އެހެން ބަޔަކު އެދިގެން ޝަރީޢަތް އަވަސްކުރުމުން އެކަމާއި މުއިއްޒު ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި ކަމަށް ޔާމީން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 އެޕްރީލު 2024 | ބުރާސްފަތި 23:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމުގެ އަޑުއެހުން ހަތަރު މަސް ދުވަސްފަހުން ބާއްވާތީ އެކަމާއި އުފާކުރައްވާކަމަށާއި ޔާމީން މިނިވަންވުމުގެ ކްރެޑިޓް މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒަށް ދެމުންދާދިޔުމަށް ޔާމީން ރައްދު ދެއްވައިފިއެވެ.

11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމާއެކު މިނިވަނެއްގެ ގޮތުގައި އެމަނިކުފާނު މިހާރު ހައްދަވާފައިވާ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 48 ގަޑިއިރަށް ވެފައިހުއްޓާ އެމަނިކުފާނު މިނިވަންވުމުން އެކަމާއި ރައީސް މުއިއްޒު ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޑރ މުއިއްޒު ވަނީ ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން މިނިވަންވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވާ ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންވާނެކަމަށް އުންމީދުކުރައްވާކަމަށާއި އެކަމާއި އުފާކުރައްވާކަމަށް ވިދާޅުވެ އޭގެފަހުން ވިދާޅުވި ވާހަކައަކީ އެމްޑީޕީގެ ނުފޫޒު ފަނޑިޔާރުގެއަށް ފޯރުވާ ވަހަކަމަށެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީޢަތުގެ މައްސަލަ ކުރިޔަށްދާ ގޮތަށް ބަލާއިރު އިދިކޮޅު އެމްޑީޕީ އާއި އެމަނިކުފާނުގެ ޕާޓީގެ ތެރެއިން އުފެދުނު ސަރުކާރުން ކަންކުރި ގޮތުގައި ތަފާތެއްނެތްކަމަށެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކައަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން ޔާމީން ދޫކޮށްލައްވާނެ ވާހަކަކަމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، ޔާމީން މިނިވަންނުކުރުމަށް މުއިއްޒު ވިދާޅުވަމުން ގެންދެވިކަމަށެވެ.

މީގެއިތުރުން ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ކުރައްވާނެކަމަކީ ޔާމީން މިނިވަންކުރުމަށްކަމަށް މުއިއްޒު ވިދާޅުވަމުންގެންދެވިއިރު އެކަންކުރުމަށް އަމަލީ ގޮތުން ކުރެއްވިކަމެއް ނެތްކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ކޯޓުގައި އޮންނަ މައްސަލައެއް އަވަސްކޮށްދޭން ބުނުމަކީ ޤާނޫނީ ގޮތުން ކުށެއް ނޫންކަމަށެވެ.

ޔާމީން ވިދާޅުވީ މުއިއްޒު ވެރިކަމަށް ގެނައުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ހުދު އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ އަމިއްލަފުޅު އެކައުންޓުންވެސް އެކަމަށް ޚަރަދުތަކެއްކޮށްފައިކަމަށާއި ނަމަވެސް މިއަދު އެއިން އެއްވެސް ކަމެއް ކަމަކަށް ނުވާކަމަށެވެ.

ޔާމީން ތަކުރާރުކޮށް ވިދާޅުވީ މިއަދު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އެމަނިކުފާނު މިނިވަންކުރުމަށް މަސައްކަތްނުކުރާކަމަށާއި އެބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތްކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް