Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނިއްޔާގެ އާއިލާ އަވަހާރަކޮށްލުން

"އަރަބީންގެ ކިބައިން އެއްވެސް ކަމަކަށް އުންމީދު ނުކުރޭ": ހަނިއްޔާގެ ޅީދަރިކަނބަލުން

އީރާނާ އިސްރާއީލާ ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި މި ސަރަހައްދުގައި ބޮޑު ހަމަނުޖެހުމެއް އުފެދިދާނެކަމުގެ ބިރު އެބައޮތް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2024 | އަންގާރަ 13:33
އިސްރާއީލުން ޝަހީދުކޮށްލި އިސްމާއީލް ހަނިއްޔާގެ ތިން ފިރިހެން ބޭފުޅުންނާއި ޅީދަރިކަނބަލުން ނިރްމާ -- ފޮޓޯ: ފަލަސްތީން ކްރޮނިކަލް، ވީޑިއޯ ގްރެބް

އިސްރާއީލުން ޝަހީދުކޮށްލި އިސްމާއީލް ހަނިއްޔާގެ ތިން ފިރިހެން ބޭފުޅުންނާއި ޅީދަރިކަނބަލުން ނިރްމާ -- ފޮޓޯ: ފަލަސްތީން ކްރޮނިކަލް، ވީޑިއޯ ގްރެބް

10 އޭޕްރީލް 2024ވީ ބުދަ ދުވަހު ފަލަސްތީނު ރައްޔިތުން، އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ވިޔަސް ފިތުރު އީދު ފާހަގަކުރިއެވެ. ހަމަ އެދުވަހު، އިސްރާއީލުގެ ސިހްޔޫނީންގެ ލާއިންސާނީ އުދުވާންތައް ޣައްޒާގައި ވަރުގަދަކުރަމުންދިޔަ ދަނޑިވަޅެއްގައި، ޣައްޒާ ސިޓީގެ ޝާޓީ ރެފިއުޖީ ކޭމްޕްގައި އާންމުންގެ ކާރަކަށް ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ތިން ފިރިހެން ބޭފުޅުންނާއި ތިން ދައްތައިން ޝަހީދުކޮށްލިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާ ދީފައިވަނީ ފިތުރު އީދުގެ މުނާސަބަތުގައި އާއިލާގެ މެމްބަރުންނަށް ތަހުނިޔާ ވިދާޅުވުމަށްޓަކައި ކާރެއްގައި އެބޭފުޅުން ދަތުރުކުރައްވަމުން ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާ ދީފައިވަނީ ޑްރޯނަކުން ފޮނުވާލި މިސައިލަކުން، ސީދާ ކާރަށް އަމާޒުކޮށެވެ. ކުޑަކޮށް ޒަޚަމްވެ އަލްއަހްލީ ބެޕްޓިސްޓް ހޮސްޕިޓަލަށް ގެންދިޔަ ކުއްޖަކު ފިޔަވައި އެ ކާރުގައި ތިބި އެންމެން ވަނީ އެހަމަލާގައި ޝަހީދުވެފައެވެ.

ފަލަސްތީނުގެ ޝިހާބް ނިއުސް އެޖެންސީން ބުނިގޮތުގައި އެ ހަމަލާގައި ޝަހީދުވި މީހުންނަކީ މުހައްމަދު ހަނިއްޔާއާއި، ހާޒިމް ހަނިއްޔާއާއި އޭނާގެ ދަރިކަނބަލުން އަމަލްއާއި، އާމިރު ހަނިއްޔާއާއި އޭނާގެ ދަރިކަލުން ޚާލިދާއި އަދި އޭނާގެ ދަރިކަނބަލުން ރަޒާނެވެ.

ފަލަސްތީނުގެ ފްރީޑަމް މޫވްމަންޓް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއީލް ހަނިއްޔާއަށް އޭނާގެ އާއިލާ ޝަހީދުކޮށްލިކަން އެނގިވަޑައިގަތީ، ދޯހާގައި ހުންނަ ގަތަރުގެ ހޮސްޕިޓަލްތަކަށް ދިޔަ ޒަޚަމްވި ފަލަސްތީނު ކުޑަކުދިންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ޒިޔާރަތެއްގައެވެ.

ފަލަސްތީނުގެ ހަގީގީ ލީޑަރެއްގެ ސިފަތަކުގެގޮތުގައި ހަނިއްޔާގެ މި ޝުއޫރުތައް ފަލަސްތީނު ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާއިރު، ފަލަސްތީނުގެ މިހާރުގެ ރައީސް މަހްމޫދު އައްބާސްގެ މިޒާޖުފުޅާއި ބަސްފުޅަށް ބަލާއިރު، އިސްރާއީލާއެކު ކޮރަޕްޝަނަށް މަގުފަހިވާ ބައިވެރިއެއްގެ ގޮތުގައި އައްބާސާމެދު ފަލަސްތީނުގެ ގިނަ ބަޔަކު ދެކެއެވެ.

ހަނިއްޔާ ވިދާޅުވީ ހަމާސްއިން އެމީހުންގެ ޑިމާންޑްތައް އަނބުރައި ނުގެންދާނެ ކަމަށާއި، އޭގެތެރޭގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެމީހުންގެ ގެތަކަށް އެނބުރި ދިއުން ހިމެނޭ ކަމަށެވެ. އެ ހަރަކާތުގެ [ހަމާސްގެ] ޖަވާބެއް ހުށަހެޅުމުގެ ކުރިން މި މަޝްވަރާތަކުގެ އެންމެ ފުންމިނުގައި ހަނިއްޔާގެ ދަރިންނަށް ޓާގެޓް ކުރުމަކީ ހަމާސްގެ މަގާމުތައް ބަދަލުކުރަން ޖެހިދާނެ ކަމެއް ކަމަށް އެ މީހުން ހީކުރާނަމަ، އެ މީހުން ތިބީ އޮޅުމެއްގެތެރޭގައި ކަމަށް، އިސްރާއީލަށް އިޝާރާތްކުރައްވައި ހަނިއްޔާ ވިދާޅުވިއެވެ.

މިއީ ހަނގުރާމައިގައި މަރުވި، ހަނިއްޔާގެ އާއިލާގެ ފުރަތަމަ މީހުންނެއް ނޫނެވެ. ފެބްރުއަރީ މަހު އިތުރު ފިރިހެން ކުއްޖަކު ޝަހީދުކޮށްލާފައި ވާއިރު، އޮކްޓޯބަރު މަހު އޭނާގެ ކޮއްކޮއާއި ދައްތަވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަދި އޭގެ ފަހުން ނޮވެމްބަރު މަހު ވެސް ވަނީ ދައްތައެއް ޝަހީދުކޮށްލާފައެވެ.

ޝާޓީ ރެފިއުޖީ ކޭމްޕަށް 1962 ވަނަ އަހަރު އުފަން އިސްމާއީލް ހަނިއްޔާއަކީ 2006 ވަނަ އަހަރުގެ ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހަމާސް ލިސްޓުގެ އެންމެ އިސްވެރިއަކަށް ވެވަޑައިގަތް ފަލަސްތީނު ސްޓޭޓްގެ ބޮޑުވަޒީރެވެ. ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ނުބައި އެޖެންޑާ ތަންފީޒުކުރައްވަމުން ގެންދަވާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ 2007 ވަނަ އަހަރުގެ ޖޫން މަހު ހަނިއްޔާ މަގާމުން ވަކިކުރައްވާފައެވެ.

ހަނިއްޔާގެ ދަރިކަލުން ހާޒިމް އަވަހާރަކޮށްލާފައިވާ އޭނާގެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާއިރު، ހާޒިމްގެ އަނބިކަބަލުން ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރުތައް ފާޅުކުރައްވާފައެވެ. އެ މެސެޖްތައް ވަނީ ވަރަށް ބޮޑަށް ޝެއަރކޮށް ވައިރަލްވެފައެވެ. އަލްޖަޒީރާއިން ވެސް ވަނީ އެ މެސެޖްތައް ފަތުރާފައެވެ. އޭގެ އެންމެ ވަރުގަދަ އެއް މެސެޖަކީ "އަރަބިންނަށް ބަރޯސާ ނުވާށޭ" ވިދާޅުވެ ލިޔުއްވާފައިވާ މެސެޖެވެ.

"ހުރިހާ ޝަހީދުންނަށް ސަލާމް ދަންނަވާށެވެ. ހަމަކަށަވަރުން، އަހަރެމެންވަނީ ކެތްތެރިންގެ ތެރެއިންނެވެ. އަހަރެމެން އެންމެންވެސް ﷲގެ حضرةށް ރުޖޫއަ ކުރެވޭހުއްޓެވެ. އަދި މި ހިތާމައިގައި ﷲ މިއަޅާއަށް نصر ދެއްވާނދޭވެ!" ފިރިމީހާއަށާއި ދަރިންނަށް އަލްވަދާއު ވިދާޅުވަމުން ހާޒިމްގެ އަނބިކަނބަލުން ނިރުމާ ލިޔުއްވާފައިވެއެވެ.

އޭނާގެ އެންމެ ހިތްގައިމު މެސެޖަކީ އިސްރާއީލު ހަނގުރާމަ ހަ މަސްދުވަސް ވަންދެން ހިނގަމުން ދިޔަނަމަވެސް، ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ތާއީދެއް ނުކުރި އަރަބި ގައުމުތަކަށް މުޚާތަބުކުރައްވައި ދެއްވި މެސެޖެކެވެ.

އަބޫ އަމްރު (އެކަމަނާގެ ފިރިކަލުން) "ތިބާއަށް މާތްﷲ ރަހުމަތް ލައްވާށިއެވެ!" ވިދާޅުވެ... އަވަހާރަވި ފިރިކަލުންނަށް އެންމެ ފަހު މެސެޖުގައި އެކަމަނާ ނިންމަވާލެއްވީ "ތިބާގެ އީދު އޮތީ ސުވަރުގޭގައި" ކަމަށް ވިދާޅުވަމުންނެވެ.

އަރަބި ޑިކްޓޭޓަރުންގެ އެހީތެރިކަމާއެކު އެމެރިކާ-އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިސްރާއީލުން ޣައްޒާގައި ފަލަސްތީނު މީހުން މެރުމުގެ މަސައްކަތް 7 އޮކްޓޫބަރު 2023ގައި ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 33،634 މީހުން ޝަހީދުވެ، 76،214 މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ އިތުރުން ޣައްޒާގެ ގާތްގަނޑަކަށް 62 އިންސައްތަ ގެތަކަށް ވަނީ އެ ގެތަކުގައި ދިރިނޫޅެވޭވަރަށް ގެއްލުންދީ ނުވަތަ ހަލާކުކޮށްލައިފައެވެ. އާބާދީގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އދ.ގެ ތާއީދު ލިބިފައިވާ ރިޕޯޓެއްގައި މިދިޔަ މަހު ބުނެފައިވަނީ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ކާރިސާއަކީ އަންދާޒާކުރެވިފައިވާ ވަރަށްވުރެސް ހިތްދަތި ހިތާމަވެރި އިންސާނީ ކާރިސާތަކެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

ރައީސް ޔާމީނު ކަންފަތުން އަސްލު ވެސް މަޑު ނަގަން ޖެހޭ، ބައެއް ވާހަކަތައް އިވޭ ކަމަކަށް ނުވޭ!

01 ޖެނުއަރީ 2018
އެއް ކެންޑިޑޭޓެއްގެ އުންމީދު!؟

އެއް ކެންޑިޑޭޓެއްގެ އުންމީދު!؟

16 ޑިސެމްބަރު 2017
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
އެއް ކެނޑިޑޭޓަކަށް ކުރާ އުންމީދު، ހަގީގަތަކަށް ވެދާނެތަ؟

އެއް ކެނޑިޑޭޓަކަށް ކުރާ އުންމީދު، ހަގީގަތަކަށް ވެދާނެތަ؟

14 ނޮވެމްބަރު 2017
ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

26 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު