Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

ޣައްޒާގެ ރަށްވެހިން މިޞްރަށް އެތެރެވުން: "ބޮޑު ކާރިޘާއެއްގެ އިންޒާރަކަށް"

15 އެޕްރީލު 2024 | ހޯމަ 04:24

ރަފަހު ހަފުސް ކުރަން އަރުވާޖަހަމުން ގެންދާ އިޒްރޭލުން ބުނާ ގޮތުގައި، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަރުގަދަ 4 ޔުނިޓެއް ރަފަހުގައި އޮޕަރޭޓް ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 އެޕްރީލު 2024 | ހޯމަ 04:24
ފިލީޕޯ ގްރާންޑީ؛ ރެފިއުޖީންނާ ބެހޭ އދގެ ހައިކޮމިޝަނަރ

ފިލީޕޯ ގްރާންޑީ؛ ރެފިއުޖީންނާ ބެހޭ އދގެ ހައިކޮމިޝަނަރ

އެއް ކަމެއްގެ ވާހަކަ މާގިނައިން ދައްކަންވެއްޖެނަމަ، ނުވަތަ އެކައްޗެއް މާގިނައިން ފެންނަ ކަމުގައި ވާ ނަމަ، އެކަމެއްގެ މުހިންމުކަން ގެއްލި ދާ ފަދަ ނަޒަރަކުން އެ ކަމަކާ މެދު ދުށުމީ އަހަރެމެން އިންސާނުންގެ ޠަބީއްޔަތުގައި ވާ ކަމެކެވެ. އެއީ އެދެވޭ ކަމަކަށް ވިއަސް، ނުވަތަ ނޭދެވޭ ކަމަކަށް ވިއަސް، މާގިނައިން ކަމެއް ފެންނަން ފަށައިފިނަމަ އެއީ މާބޮޑު ކަމަކަށް ނުވެދާ ފަހަރު އާދެއެވެ. ކިތަންމެ ފަހަރަކު އެފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައި ތިބި މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ. އެއް ކަމެއްގެ ވާހަކަ މާ ގިނައިން އިވެމުން ގޮސް "ބޮޑުވަރިހަމައަށް" ދޫކޮށްލައިގެން ތިބެވޭ ކަށް ނެތެވެ.

ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ނަސްލު ދޮވެލުމުގެ ގަތުލުއާންމު ހިންގަމުން ގެންދާ ނިރުބަވެރި އިޒްރޭލުގެ ވަކިތަކުން 6 މަސްދުވަސް ވީ އިރުވެސް މިންޖުނުވެވި އޮތް ޣައްޒާގެ ވާހަކައަކީވެސް ހަމަ އެފަދަ ވާހަކައެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގެ ވާހަކައަށްވެސް އެފަދަ ގޮތެއް ވެދާނެ ކަމާ މެދު ޖެހިލުންވެވެއެވެ. ޢިރާޤާއި އަފްޣާނިސްތާނު ފަދަ ޤައުމުތަކުގައި އެމެރިކާއިން ކުރި ވަރުގަދަ ހަނގުރާމަތަކަށް ދުނިޔެ ބީރު ކަންފަތެއް ދިން ފަދައިން، އެމެރިކާގެ ނިވަލުގައި އޮވެގެން އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގެ ވާހަކަތަކަށް ދެވޭ ސަމާލުކަން ކުޑަވާކަމުގެ އިޙްސާސް ކުރެވެއެވެ.

ކަން އެހެން އޮތް ނަމަވެސް، އެއީ އަދި އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލު ކުރެވޭކަށް ނެތެވެ. މިއިން ދުވަހަކު ހައްލު ވާން ނެތް އެ މައްސަލާގައި ޣައްޒާގެ ރަށްވެހިން ގަތުލުވަމުން ދާ ދިއުން ހުއްޓުވޭނެ ރަނގަޅު ގޮތެއްވެސް ނެތެވެ. 2.3 މިލިއަން މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން މީގެ 6 މަސްދުވަސް ކުރިން އިޒްރޭލުން ހިންގަން ފެށި ގަތުލުއާންމާ ގުޅިގެން، ޣައްޒާގެ މުޅި އާބާދީހެން ރެފިއުޖީންގެ ގޮތުގައި މިއަދު ދިރިއުޅެމުން ދަނީ ދެކުނުގެ ރަފަހުގައެވެ. ރަފަހަކީ ޣައްޒާއާއި މިޞްރު ހިއްސާ ކުރާ ބޯޑަރުގައި އޮތް ރަށަކަށް ވާ އިރު، މިޞްރުން ވަނީ ބޯޑަރު ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މާސިންގާ ފާރުތައް ރާނާ، އެ ޤައުމަށް އެތެރެ ނުވެވޭނެ ކަން ކަށަވަރު ކޮށްފައެވެ.

ސަރަޙައްދީ އިމުގައި މިޞްރުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު ފާޑިކިއުންތައް އަމާޒު ކުރަން ފެށިއެވެ. އަވަށްޓެރިން ހާލުގައި ޖެހެމުން ދާ އިރު، ސަލާމަތްވެވެން އޮތް ހަމަ އެކަނި ރާސްތާއަށް ހުރަސް އަޅާ ކަމުގެ އިލްޒާމްތައް، މިޞްރުގެ ބޮލުގައި އަޅުވާ މީހުންގެ ޢަދަދުވެސް މަދެއް ނޫނެވެ. ކަން އެހެން އޮތް އިރު، ޣައްޒާގެ ރަށްވެހިން މިޞްރަށް ބަދަލުވުމަކީ އެންމެ ރަނގަޅު ހައްލު ކަމުގައިވެސް ޤަބޫލުކުރަން ދައްޗެވެ.

އިޒްރޭލުގެ އުދުވާންތަކުން ސަލާމަތްވުމަށްޓަކައި ރަފަހު ދޫކޮށް، ޣައްޒާގެ ރަށްވެހިން މިޞްރަށް އެތެރެ ވާން ފެށުމަކީ، ދިގުލައިގެން ގޮސްފައިވާ އިޒްރޭލާއި-ފަލަސްޠީނުގެ ކޯޅުންގަނޑަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެޅޭނެ ބޮޑު ހުރަހަކަށް ވާނެ ކަމަށާ، އަދި އެކަން އެހެން ކުރުމަކީ މިޞްރަށް އެތެރެވާ ޣައްޒާގެ ރަށްވެހިންނަށް ކުރިމަތިލާން މަޖުބޫރުވާނެ އިތުރު އަނިޔާއަކަށްވެސް ވާނެ ކަމަށް، ރެފިއުޖީންނާ ބެހޭ އދގެ އިސްވެރިޔާ، ފިލީޕޯ ގްރާންޑޭ ވަނީ އޭޕްރިލް 12 ވަނަ ދުވަހު ވިދާޅުވެފައެވެ.

ރެފިއުޖީންނާ ބެހޭ އދގެ ހައިކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ގްރާންޑީ ވިދާޅުވީ، ޣައްޒާގެ ރަށްވެހިން އެ ފަސްގަނޑު ދޫކޮށް ފައިބައިގެން ދިއުން ހުއްޓުވުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަހަރެމެން ކުރަން މަޖުބޫރު ކަމަށެވެ.

އަދުގެ ހާލަތަށް ބަލާއިރު ރަފަހަކީ މިލިއަނަކަށް ވުރެ ގިނަ މީހުން، ރެފިއުޖީންގެ ގޮތުގައި ވަގުތީ ހިޔާވަހިކަން ހޯދަމުން ގެންދާ އަވަށެކެވެ. ނަމަވެސް އިޒްރޭލުން މިހާރުވެސް ދަނީ ދޭތެރެދޭތެރެއިން ރަފަހަށް ހަމަލާ ދެމުންނެވެ. އަދި ފުރިހަމަ އަސްކަރީ ބާރާއެކު ރަފަހު ހިފަން އަރާނެ ކަމަށާ، އެއީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ބުނެ، އިޒްރޭލުން ދެމުންދާ އިންޒާރުގެ އަޑުފަށްގަނޑުވެސް ދަނީ ހައްތަހާ ގަދަވަމުންނެވެ. އިޒްރޭލުން ރަފަހުގައި އަސްކަރީ ހަމަލާތައް ވަރުގަދަ ކުރުމާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަޑު އުފުލަމުން ދިޔަ ނަމަވެސް، ހުޅަނގުން ދިން "އުނގުރި" ޖަހައިގެން އޮތް އިޒްރޭލަށް އެ އަޑުތަކެއް ނުއިވެއެވެ.

ޚުދުމުޚުތާރު ޔަހޫދީ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ފާޅުގައި ތާއީދު ކުރަމުން ގެންދާ އެމެރިކާއިންވެސް ވަނީ، ރަފަހަށް ހަމަލާ ދިނުމާ ދެކޮޅަށް އިންޒާރު ކޮށްފައެވެ. ރަފަހުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރުން ވެގެންދާނީ، ބައިނަލްއަޤުވާމީ މައިދާނުގައި އިޒްރޭލު އެކަހެރި ކުރެވިގެންދާނެ ކަމަކަށް ވާނެ ކަމުގެ އިންޒާރު، އެމެރިކާއިން ވަނީ ނިރުބަވެރި ނަތަންޔާހޫއަށްވެސް ދީފައެވެ.

ބައިނަލްއަޤުވާމީ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީގެން އޮތް އިޒްރޭލުން އިންޒާރު ކުރަމުން ގެންދާ ފަދައިން ރަފަހުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރާ ނަމަ، ޣައްޒާގެ އެތައް ބަޔަކު މިޞްރަށް ހުރަސްކުރުން އެކަށީގެންވާކަމަށް ގްރާންޑީ ވިދާޅުވިއެވެ. ރަފަހު މަގުން މިޞްރަށް ހުރަސް ކުރުމަކީ، ރައްކާތެރިކަމުގެ މަންޒިލަށް ޣައްޒާގެ ރަށްވެހިންނަށް މިއަދު ދެވެން އޮތް ހަމަ އެކަނި ރާސްތާ ކަމުގައި ވާތީއެވެ.

ރަފަހު ހަފުސް ކުރަން އަރުވާޖަހަމުން ގެންދާ އިޒްރޭލުން ބުނާ ގޮތުގައި، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަރުގަދަ 4 ޔުނިޓެއް ރަފަހުގައި އޮޕަރޭޓް ކުރެއެވެ. އަދި އަދަދު ނޭނގޭ މިންވަރަށް، އިސް ކޮމާންޑަރުންވެސް ރަފަހުގައި އެބަ ތިބި ކަމަށް އިޒްރޭލުން ތުހުމަތު ކުރެއެވެ. އިޒްރޭލުން މުޅި ޣައްޒާ ހަފުސްކޮށް ސުންނާފަތި ކުރީވެސް ޙަމާސް ޖަމާޢަތް ނެތިކޮށްލާނެ ކަމަށް ބުނަމުންނެވެ.

އެ ބައެއްގެ މައްޗަށް ބައިނަލްއަގުވާމީ ޤާނޫނުތައް ތަންފީޒު ކުރުމަށް މުޅި ދުނިޔެ ފެއިލްވެފައި އޮތް އިޒްރޭލުން ރަފަހުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް، އުދުވާނީ ގަތުލުއާންމުގެ ވޭން ގަދަ ކުރަން ފަށައިފި ހިނދެއްގައި، ޣައްޒާ ދޫކޮށް އެހެން ޤައުމުތަކަށް ބަދަލު ވާ މީހުންނާ މެދު އަމަލު ކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށް، އދއިން މިހާރުވެސް ދަނީ ފަލަސްޠީނު ސަރަޙައްދުގެ ޤައުމުތަކާ އެކު މަޝްވަރާކޮށް، މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން އދއިން މިހާރު ވެސް ދަނީ ޓެންޓުތަކާއި އެނޫންވެސް ޛަރޫރީ ސާމާނުގެ ސަޕްލައި ގުދަންކޮށް، ކުރިމަތިލާން ޖެހިދާނެ ކުއްލި ނުރައްކަލަކަށް ތައްޔާރުވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
18 މާރިޗު 2017

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

18 މާރިޗު 2017
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް