Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 33،634ށް އަރައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އިތުރު 89 މީހުން ޝަހީދުވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 12 އެޕްރީލު 2024 | ހުކުރު 13:33
ޣައްޒާގައި ޝަހީދުކޮށްލެވުނު މީހެއްގެ ގަބުރު ގެންދަނީ

ޣައްޒާގައި ޝަހީދުކޮށްލެވުނު މީހެއްގެ ގަބުރު ގެންދަނީ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އިތުރު 89 މީހުން ޝަހީދުވެފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން މަރުވި މީހުންގެ ޖުމުލަ އަދަދު 33،634 އަށް އަރައިފިއެވެ.

އަދި އިތުރު 120 މީހުން ޒަޚަމްވެފައިވާއިރު ޒަހަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،214 އަށް އަރާފައެވެ.

މިއަދަދަކީ އީދު ޗުއްޓީގެ ތިން ވަނަ ދުވަހު އަދާހަމަކޮށްފައިވާ އަދަދުތަކެކެވެ. މިއީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ފިތުރު ޢީދު ފާހަގަކުރުމާއި އުފާފާޅުކުރުމުގެ ދުވަސްތައް ކަމަށް ބެލެވިފައިވީ ނަމަވެސް، އެ ދުވަސްތަކަކީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ވަރަށް ބޮޑު އިންސާނީ ކާރިސާއެއްގެ ތެރޭގައިވާ ދުވަސްތަކެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ނުސީރަތު ރެފިއުޖީ ކޭމްޕްގެ އުތުރުގެ ސަރަހައްދާއި ހަނގުރާމައިގެ ފުރަތަމަ ހަފުތާތަކުގައި މީހުން ހުސްކުރުމަށް ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ވާދީ ޣައްޒާގެ ދެކުނު ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެސަރަޙައްދުގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ (އަންރުވާ) އިން ހިންގަމުން އަންނަ ސްކޫލެއްގެ ތެރޭގައި ތިބި މީހުން ހިމެނޭ ގޮތަށް ފަސް މީހަކު މަރުވެ އެތައް ބަޔަކު މިއަދުވެސް ވަނީ ޒަހަމްވެފައެވެ.

އެ ސަރަހައްދުގައި އިސްރާޢީލުން ދެމުންދާ ހަމަލާތަކުގައި އެޓޭކް ޑްރޯންތައް ވެސް ބޭނުންކުރުމުގެ ސަބަބުން ހަގީގަތުގައި ވެސް ހާލުގައި ޖެހިފައިވާ އާބާދީއަކަށް ބިރުވެރިކަމާއި ކަންބޮޑުވުމެއް އުފެދިފައިވާއިރު، ސަލާމަތްވުމަށް ފިލައިގެން ދިއުމަށް ގިނަބަޔަކު މަސައްކަތް ކުރެއެވެ.

ޣައްޒާސިޓީގައި ރޭ ފަތިހުގެ ވަގުތެއްގައި ވެސް މީހުން ދިރިއުޅޭ ގެއަކަށް އިސްރާއީލުން ވަނީ ހަމަލާދީ އެ ގެ ހަލާކުކޮށްލައިފައެވެ. އަދި އެއް އާއިލާއެއްގެ 25 މީހަކު މަރުވެފައިވާ ކަމަށް ވެސް ބައެއ ރިޕޯޓުތައް ބުނެއެވެ.

ޣައްޒާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު