Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ.ފީއަލީ

ފީއަލީ ހިއްކި ސަރަހައްދުގައި ހިލަ ޖެހުން ހުއްޓުވާލުން، ކައުންސިލުން ބުނަނީ ރައީސް މުޢިއްޒު އުޅުއްވަނީ ކުރީ ސަރުކާރުން ކޮށްފައިވާ ކަމެއްގެ ކްރެޑިޓު ނަންގަވަން ކަމަށް

12 އެޕްރީލު 2024 | ހުކުރު 13:13

އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޖާގަ އިތުރުކޮށްދޭނެ ކަމަށް ވިދާޅުވެ، އެކަމުގެ ކްރެޑިޓް ނަންގަވަން ރައީސް މުޢިއްޒު މަސައްކަތް ކުރައްވާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އެޕްރީލު 2024 | ހުކުރު 13:13
ފީއަލީގައި ބިން ހިއްކުމަށް ރިވެޓްމެންޓް ޖެހުމަށް ތައްޔާރުކޮށް ފައި

ފީއަލީގައި ބިން ހިއްކުމަށް ރިވެޓްމެންޓް ޖެހުމަށް ތައްޔާރުކޮށް ފައި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އުޅުއްވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާ ކަމެއްގެ ކެރްޑިޓް ނަންގަވަން ކަމަށް، ފ.ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަޙުމަދު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ސަރުކާރު ބަދަލުވީއިރު، ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައި އޮތީ ނިމިފަ އެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ހިއްކާފައި އޮތް ބައިން ބޮޑު ބައެއް ދޫކޮށް, އެއްގަމުން އެތެރޭގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެހެން ނަމަވެސް، ފީއަލީގައި ތިބި ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ އިސްވެރިންތަކެއް ނިކުމެ، ބުރާސްފަތި ދުވަހު ވަނީ އެ މަސައްކަތް ހުއްޓުވައިފަ އެވެ. ފީއަލީ ކައުންސިލްގެ ރައީސް މޫސަ ވިދާޅުވީ، އެ މަސައްކަތް ހުއްޓުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މޫސަ ވިދާޅުވީ، މިދިޔަ ސަރުކާރުން ފަށާފައިވާ ބިން ހިއްކުމުގެ މަސައްކަތުގެ ކްރެޑިޓް ރައީސް މުޢިއްޒުގެ ސަރުކާރުން ނަންގަވަން މަސައްކަތް ކުރައްވާ ކަމަށާއި، އެކަމުގެ އެއްވެސް ކްރެޑިޓެެއް މި ސަރުކާރަށް ނުނެންގެވޭނެ ކަމަށެވެ. އެއީ މިދިޔަ އެމްޑީޕީ ސަރުކާރުން ކައުންސިލުން އެދިފައިވާ ގޮތަށް، ހިއްކާ ބައި އިތުރު ކޮށްދިނުމަށް ނިންމާފައިވާތަނެއް ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ ނުނިމި އޮތް 1.6 ހެކްޓަރުގެ ބިން، ސްކޯޕަށް އިތުރުކުރާ ބިމާއެކު ހިއްކުމަށް ވެސް އެމްޑީޕީ ސަރުކާރުން އޮތީ ނިންމާފައި ކަަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ފީއަލީ ކައުންސިލަށް ފޮނުވާފައިވާ ސިޓީ ވެސް މޫސަ ވަނީ މި ނޫހާ ހިއްސާކޮށްފަ އެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާ ބައި އިތުރު ކުރުމަށް ކައުންސިލުން އެދިފައިވާ ގޮތަށް، އިތުރު ކޮށްދޭން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މޫސަ ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ހޮނިހިރު ދުވަހު އެ ރަށަށް ވަޑައިގަންނަވާ ކަަމަށެވެ. އަދި އެ ދަތުރުގައި، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޖާގަ އިތުރުކޮށްދޭނެ ކަމަށް ވިދާޅުވެ، އެކަމުގެ ކްރެޑިޓް ނަންގަވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަމުގެ އެއްވެސް ކްރެޑިޓެއް ރައީސް މުޢިއްޒު އަށް ނުނެންގެވޭނެ ކަމަށާއި، އެއީ އެމްޑީޕީ ސަރުކާރުން ނިންމާފައި އޮތް ނިންމުމެއްކަން، ލިޔެ ކިޔުމުން ވެސް ފެންނަން އޮންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އިތުރަށް މޫސަ ވިދާޅުވީ ސަރުކާރަށް ހައެއްކަ މަަސް ވެގެންދާއިރު، ފީއަލީގެ ތަރައްޤީ އަށް މި ސަރުކާރުން މިހާތަަނަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް ކަމަށެވެ. ބަދަލުގައި ރައީސް ޞާލިޙުގެ ސަރުކާރުން ފަށާފައިވާ ކަންކަން ވެސް ހުއްޓުމަކަށް އައިއިރު، މިހާރު ކުރައްވަން އުޅުއްވާ ކަމަަކީ، ސަރުކާރު ކެންޑިޑޭޓަށް އިންތިޚާބުގައި ތާއީދު އިތުރު ކުރުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް މޫސަ ވަނީ ސިފަ ކުރައްވައިފަ އެވެ.

ފ.ފީއަލިރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ
11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި
10 ޑިސެމްބަރު 2025

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

09 ޑިސެމްބަރު 2025
ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް