Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީފަޅު ގޯތި މައްސަލަ

ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތެއް ރޫޅާލުމަކީ ތަހްޒީބު މުޖްތަމަޢެއްގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން: ޑރ. އަބްދުﷲ ދީދީ

ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތްތައް ރޫޅާލުމަކީ ތަހްޒީބު މުޖްތަމަޢުތަކުގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 7 ޖުލައި 2025 | ހޯމަ 13:25
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބދުﷲ ދީދީ އަދި މި ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތޮލުބު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބދުﷲ ދީދީ އަދި މި ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތޮލުބު

ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތްތައް ރޫޅާލުމަކީ ޤާނޫނުގެ ޙުކުމަށް ޙުރުމަތްތެރިކޮށް ހިތާ، ތަހްޒީބު މުޖްތަމަޢުތަކުގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިފަދައިން ވިދާޅުވީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ކުރީގެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement - newsAdvertisement

މިނިސްޓަރ މުއްތޮލިބު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ކުރީގެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އަދި އެގޮތުން ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ މުއްތޮލިބުގެ މި ވާހަތަކަށް ރައްދުދެއްވައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސަރުކާރުގެ އިދާރާޔަކުން މިހާ ފާޅުކަން ބޮޑުގޮތަކަށް ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަންކަން ނިންމާއިރު، މިއީ ދައުލަތުގެ ބަންޑާރަނައިބުގެ ޤާނޫނީ ލަފާގެ މަތިން ހިނގާ ކަންކަންތޯ ސުވާލު އުފެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތްތައް ރޫޅާލުމަކީ ޤާނޫނުގެ ޙުކުމަށް ޙުރުމަތްތެރިކޮށް ހިތާ، ތަހްޒީބު މުޖްތަމަޢުތަކުގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށާއި ކުރީގެ ސަރުކާރުން ޢާންމުކުރި އުޞޫލެއްގެ ދަށުން ގޯތި ލިބިގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކާ އެކު، އެއްބަސްވުންތައް އެކުލަވާލެވި، އެފަރާތްތަކާ ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރެވުނު ހިސާބުން އެއީ އެފަރާތްތަކުގެ މިލްކެއްކަމުގައި މެނުވީ ޤާނޫނީގޮތުން ނުބެލެވޭނެ ކަމުގައެވެ.

އަދި ކަންމިހެން އޮތްއިރު، ފުރިހަމަވެފައިވާ މުޢާމަލާތެއް ތަންފީޒުކޮށް ގޯތީގެ މިލްކުވެރިންނަށް ގޯތި ޙަވާލުކުރުމުގެ ބަދަލުގައި ، މިހާރުގެ ސަރުކާރުން ކުރީގެ ގޯތި ދޫކުރެވުނު އުޞޫލާ ފުށޫއަރާ އެހެން އުޞޫލެއް ޢާންމުކުރުމަކީ ޤާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން ކަމުގައި ވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސަރުކާރާއި ގޯތި ލިބުނުފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ، ޤާނޫނާ ފުށޫއަރާ ކަމަށް ބުނެ ބަދަލުކުރުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް، ސަރުކާރުގެ ފަރާތުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ޚުޞޫމަތެއް އޮވެއްޖެއްޔާ އެކަމުގައި ގޮތެއް ނިންމާނީ ކަމާބެހޭ ކޯޓުން ކަމަށެވެ.

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ގޯތިތައް ގުޅިފަޅުން ދޭގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ މީހުންނަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެކަމަށް އެދުމުން، އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީގުޅީފަޅުބިމާބެހޭ ގާނޫނުޑރ. އަބްދުﷲ މުއްތަލިބުގުލްހިފަލްހު ލޭންޑް ޔޫސް ޕްލޭންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު