Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީގެ ހަރުކަށި ފިޔަވަޅެއް

ޣައްޒާގެ ހަމަލާތަކާ ގުޅިގެން ތުރުކީން އިސްރާއީލަށް ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން މަނާކޮށްފި

އަސްކަރީ ބޭނުމަށް ބޭނުންކުރެވޭނެ އެއްވެސް އުފެއްދުމެއް ނުވަތަ ހިދުމަތެއް އިސްރާއީލަށް ވިއްކުމުގެ ހުއްދަ ތުރުކީ އިން ދީފައި ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2024 | އަންގާރަ 11:43
ތުރުކީއަކީ ޒަމާނުއްސުރެ އެކިބާވަތްތަކުގެ ތަފާތު މުދާ އިސްރާއީލަށް އެކްސްޕޯޓްކުރާ ގައުމެކެވެ.

ތުރުކީއަކީ ޒަމާނުއްސުރެ އެކިބާވަތްތަކުގެ ތަފާތު މުދާ އިސްރާއީލަށް އެކްސްޕޯޓްކުރާ ގައުމެކެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ތުރުކީން އިސްރާއީލަށް ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން މަނާކޮށްފިއެވެ.

ތުރުކީން އިސްރާއީލަށް ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން މަނާކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަންދެން ކަމަށާއި ޣައްޒާއަށް އިންސާނީ އެހީ އެކަށީގެންވާ މިންވަރަށް އަދި މެދުކެނޑުމެއް ނެތި ފޮނުވުމުގެ ފުރުސަތު ދިނުމާ ހަމައަށް ކަމަށް ތުރުކީގެ ޓްރޭޑް މިނިސްޓްރީން އަންގާރަ ދުވަހުވަނީ ބުނެފައެވެ.

"އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުވަމުން އަންނައިރު، ބައިނަލްއަގްވާމީ މުޖުތަމައުން ހަނގުރާމަ ހުއްޓާލުމަށާއި މެދުކެނޑުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ގޮވާލުންތަކަށް އިސްރާއީލުން އިހުމާލުވޭ،" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި 1948 ވަނަ އަހަރުގެ ޖެނޯސައިޑް މުއާހަދާއާ ހިލާފުވި ކަމަށް ބުނެ ދެކުނު އެފްރިކާގެ މައްސަލައިގެ ސްކޯޕްގެ ތެރޭގައި ޖެނުއަރީ 26 އަދި މާޗް 28 ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ވަގުތީ އަމުރުގެ ނިންމުންތަކުގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހާއި ޖެނެރަލް އެސެމްބްލީ އަދި ހިއުމަން ރައިޓްސް ކައުންސިލްގެ ގަރާރުތަކުން އިސްރާއީލަށް ހަނގުރާމަ ހުއްޓާލަން އަމުރުކޮށްފައިވާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ޣައްޒާގައި ދިރިއުޅޭ ފަލަސްތީގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ސާމާނާއި ސިއްހީ ހިދުމަތްތައް ހިމެނޭ ގޮތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އދއާ ފުރިހަމަ އެއްބާރުލުން ދީގެން ތެލްއަވީވް އިން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެނެކްސްގައި ގިނަ ބާވަތްތަކުގެ އެލުމިނިއަމް އާއި ސްޓީލްގެ އުފެއްދުންތަކާއި ޕެއިންޓާއި އިލެކްޓްރިކް ކޭބަލްތަކާއި ކޮންސްޓްރަކްޝަން މެޓީރިއަލްއާއި ތެލާއި އެހެނިހެން ތަކެތި ހިމަނާފައިވެއެވެ.

ތުރުކީން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އަސްކަރީ ބޭނުމަށް ބޭނުންކުރެވޭނެ އެއްވެސް އުފެއްދުމެއް ނުވަތަ ހިދުމަތެއް އިސްރާއީލަށް ވިއްކުމުގެ ހުއްދަ ތުރުކީ އިން ދީފައި ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި 1،200 މީހުން މަރައިލި ހާދިސާއަށް ފަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

އޭގެ ފަހުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ބޮޑު ބައެއް ހަލާކުވެ، އެ ގައުމުގެ 1.9 މިލިއަން ރައްޔިތުން މަޖުބޫރުން ގެދޮރު ނެރެލައިފާވާއިރު، ބަލިތަކާއި ބަނޑުހައިހޫނުކަމުގެ ނުރައްކާ ވަނީ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައެވެ.

ތުރުކީއިޒްރޭލްޣައްޒާފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު