Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަރުމަނާ ދޮކޮޅަށް ދައުވާ ކުރުން

ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގެ މައްސަލަ އދ.ގެ އެންމެ މަތީ ކޯޓުގައި ޖަރުމަނާ ދެކޮޅަށް!

އިސްރާއީލުން ކޯޓުގައި ބުނީ އެ ގައުމުން ކުރަމުން ދަނީ "އެ ގައުމުން ނުފެށުނު އަދި ކުރަން ބޭނުން ނުވާ ހަނގުރާމައެއް" ކަމަށެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2024 | ހޯމަ 12:47
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި އެތައްބަޔަކު ޝަހީދުވެ އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފައި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި އެތައްބަޔަކު ޝަހީދުވެ އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފައި

މިދިޔައަހަރުގެ އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމުގައި ޖަރުމަނު ވިލާތުގެ އަސްކަރިއްޔާއިން އިސްރާއީލަށް ދޭ އެހީތައް ހުއްޓާލުމަށް ގޮވާލާ އދ.ގެ އެންމެމަތީ ކޯޓަށް ހުށާހަޅާފައިވާ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ހޯމަ ދުވަހު އދ.ގެ އެންމެ މަތީ ކޯޓުގައި ވަނީ ފަށައިފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގައި ހިންގަމުންދާ އަސްކަރީ ކެމްޕެއިނަކީ ޖެނޯސައިޑް މުއާހަދާއާ ހިލާފުވުންނޫން ކަމަށްބުނެ ކޯޓްގައި ހަރުކަށި އިބާރާތުން އެ ދައުވަތަކާ ދެކޮޅު ހަދާފައެވެ.

ނިކަރާގުއާއިން ހުށަހަޅާފައިވާ މި މައްސަލަ އަކީ ޖަރުމަނުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައަކަށް ވާއިރު، ނުސީދާ ގޮތެއްގައި އަމާޒުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ހަމާސްގެ ހަނގުރާމަވެރިން ވަދެ 1،200 އެއްހާ މީހުން މަރައިލުމާ ގުޅިގެން ޣައްޒާގައި އިސްރާއީލުން ހިންގާ އަސްކަރީ ކެމްޕެއިނަށެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އާންމުންނާއި ހަނގުރާމަވެރިން ވެސް އަދަދުގެ ތެރޭގައި ހިމެނޭއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އަޑުއެހުންތަކުގެ ކުރިން ޖަރުމަނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސެބެސްޓިއަން ފިޝަރ ވިދާޅުވީ އެގައުމުއޮތީ ހަމަހިމޭންވެފައި ކަމަށާއި ކޯޓުގައި ގާނޫނީ ހައިސިއްޔަތު ކަނޑައަޅާނެ ކަމަށެވެ.

ނިކަރާގުއާ ވަނީ ވަގުތީ ފިޔަވަޅުތަކުގެ ގޮތުގައި ކަންތައްތކެއް ފާހަގަކޮށް އިބްތިދާއީ އަމުރުތައް ނެރެދިނުމަށް ކޯޓުގައި އެދިފައެވެ. އޭގެ ތެރޭގައި ޖަރުމަނުން އިސްރާއީލަށް ދޭ އެހީ ވަގުތުން މެދުކަނޑާލުމާއި، ހާއްސަކޮށް އަސްކަރީ އާލާތްތައް ހިމެނޭ ގޮތަށް އަސްކަރީ އެހީތެރިކަން ޖެނޯސައިޑް ކޮންވެންޝަން އާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އެ އެހީ ބޭނުން ނުކުރުމަށް އަމަރު ނެރެދިނުމަށް އެދިފައިވެއެވެ.

ކޯޓުން އިބްތިދާއީ ނިންމުން ނިންމަން ހަފުތާތަކެއް ނަގާނެ ކަމަށާއި ނިކަރާގުއާގެ މައްސަލަ އެތައް އަހަރެއް ވަންދެން ދިގުދެމިގެން ދާނެ ކަމަށް ބެލެވެއެވެ.

ހޯމަ ދުވަހު ދުނިޔޭގެ ކޯޓުގައި ބޭއްވި އަޑުއެހުމަކީ އިސްރާއީލުގެ ހަ މަސް ދުވަހުގެ ކެމްޕޭނުން ޣައްޒާ ސުންނާފަތި ކުރަމުންދާއިރު، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ދުނިޔޭގެ ގައުމަތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައި ކުރިއަށް ދިޔަ އަޑުއެހުމެކެވެ.

މި ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ވަނީ ގެދޮރު ގެއްލިފައެވެ. ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އިރު، އދ އިން ބުނަނީ ބަނޑުހައިހޫނުކަން ކައިރިވަމުން އަންނަ ކަމަށާއި، ވަށާލާފައިވާ ސަރަހައްދުން ފަލަސްތީނުގެ މަދު ބަޔަކަށް ނޫނީ ނުނިކުމެވޭނެ ކަމަށެވެ.

ޔުނިވާސިޓީ އޮފް ނޯޓްރޭ ޑޭމްގެ ލޯ އެންޑް އިންޓަނޭޝަނަލް ޕީސް ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމަށްވާ މެރީ އެލެން އޯކޮނެލް ވިދާޅުވި ގޮތުގައި ހޯމަދުވަހުގެ މި އަޑުއެހުމަކީ އެއްވެސް ގައުމަކުން އިސްރާއީލަށް ތާއީދު ކުރާ ނަމަ އެކަމާ ދެކޮޅު ހެދުމަށް ބައިނަލް އަގުވާމީ މުޖުތަމައުއަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައެވެ.

މިދިޔަ ހުކުރު ދުވަހު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސް ޖަމިއްޔާއިން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ނުވަތަ ފޮނުވުން ހުއްޓާލުމަށް ގައުމުތަކަށް ގޮވާލާ ގަރާރެއް ފާށްކޮށްފައެވެ. އެމެރިކާ އާއި ޖަރުމަނުން ވަނީ އެ ގަރާރާ ދެކޮޅު ހަދާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ޗެރިޓީ ވޯލްޑް ސެންޓްރަލް ކިޗަންގެ ހަތް މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ތިން ރައްޔިތަކު ވެސް ހިމެނޭތީ، ސުޕްރީމް ކޯޓުގެ ރިޓަޔާޑް ތިން ފަނޑިޔާރަކާއެކު އިނގިރޭސި ވިލާތުގެ އެތައް ސަތޭކަ ގާނޫނީ ވަކީލުން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން މެދުކަނޑާލުމަށް އިނގިރޭސި ސަރުކާރަށް ގޮވާލައިފައެވެ. އިސްރާއީލުން ބުނީ އެހީދޭ ފަރާތްތަކަށް ދިން ހަމަލާއަކީ އޮޅުމެއްގެ ތެރޭގައި ހެދުނު ގޯހެއް ކަމަށެވެ.

ޖަރުމަނަކީ ޒަމާނުއްސުރެ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމެކެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު ޗާންސެލަރު އޮލާފް ޝޯލްޒް ވަނީ އެ ސަބަބު ތަފްސީލުކޮށްދެއްވާފައެވެ.

ޣައްޒާގައި އާންމުން މަރުވާ މިންވަރު އިތުރުވެ، ޣައްޒާގެ އިންސާނީ ހާލަތަށް ވަރަށް ބޮޑަށް ފާޑުކިޔައި، ރަފާހުގައި އެއްގަމު މަގުން ހަމަލާދިނުމާ ދެކޮޅަށް އަޑުއުފުލުމާއެކު ބާލިން އިން ވަނީ މަޑުމަޑުން ރާގު ބަދަލުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު އައިސީޖޭއިން ވަނީ ޣައްޒާގައި މީހުން މެރުމާއި ގެދޮރު އިމާރާތްތައް ހަލާކުކުރުމާއި ޖަރީމާތައް ހިންގުން ހުއްޓުވުމަށް އިސްރާއީލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަންގައި ވަގުތީ އަމުރުތަކެއް ނެރެފައެވެ. މި އަމުރުތައް ނެރެފައި މިވަނީ އިސްރާއީލުން ޖެނޯސައިޑް މުއާހަދާއާ ހިލާފުވެފައިވާ ކަމަށް ބުނެ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތައް އެޅުމަށް މިދިޔަ ހަފުތާގައި ކޯޓުން އިސްރާއީލަށް އަމުރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ އެންކްލޭވްއަށް ކާބޯތަކެއްޗާއި ފެނާއި ތެލާއި އެހެނިހެން ސާމާނު އެތެރެކުރުމުގެ ހުއްދަ ދިނުމަށް އިތުރު އެއްގަމު ދޮރުތައް ހުޅުވުން ހިމެނެއެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޣައްޒާގެ އުތުރުގެ ސަރަހައްދަށް ދަތުރުކުރާ މުހިންމު ބޯޑަރު ކްރޮސިންއެއް އަލުން ހުޅުވާލުން ހިމެނޭ ކަމަށް ބުނެފައެވެ.

ނިކަރާގުއާއިން ބުނާގޮތުގައި އިސްރާއީލަށް ސިޔާސީ، މާލީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ، ފަލަސްތީނަށް އދ.ގެ އެހީދޭ އިދާރާ، ޔޫއެންއާރުޑަބްލިއުއޭ (އަންރުވާ) ޑިފަންޑްކޮށްގެން، "ޖަރުމަނުން ދަނީ ޖެނޯސައިޑް ކޮމިޝަނަށް މަގުފަހިކުރަމުންނެވެ. ކޮންމެ ހާލަތެއްގައި ވެސް ގަތުލުއާންމުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ނިކަރާގުއާ އޮތީ ތައްޔާރަށް ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އަނެއްކޮޅުން އިސްރާއީލުން ދިން ހަމަލާއަކީ ނަސްލުނައްތާލުމުގެ އަމަލެއް ކަމަށް ބުނާ ވާހަކަ ހަރުކަށި އިބާރާތުން ދޮގުކޮށް އިސްރާއީލުން އަމަލު ކުރަނީ އަމިއްލަ ދިފާއުގައި ކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އިސްރާއީލުގެ ލީގަލް އެޑްވައިޒަރު ޓަލް ބެކާ މިދިޔަ ޖެނުއަރީ މަހު ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވިދާޅުވީ އެ ގައުމުން ކުރަމުން ދަނީ "އެ ގައުމުން ނުފެށުނު އަދި ކުރަން ބޭނުން ނުވާ ހަނގުރާމައެއް" ކަމަށެވެ.

ސޯސް: އެސޯސިއޭޓެޑް ޕްރެސް

ދުނިޔެޣައްޒާއިޒްރޭލްޖަރުމަނުއިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު