Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އާންމުންގެ ހިމާޔަތުގައި އިސްރާއީލުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: އދ އާއި އީޔޫ

ހަމާސްއިން ވަނީ އިސްރާއީލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ދެކޮޅުހަދައިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 6 އެޕްރީލު 2024 | ހޮނިހިރު 10:38
އާއްމު ރައްޔިތުންތަކެއް ޣައްޒާގެ މަގެއްގެ މަތީގައި

އާއްމު ރައްޔިތުންތަކެއް ޣައްޒާގެ މަގެއްގެ މަތީގައި

ހާލުގައިޖެހިފައިވާ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އާންމުންގެ ފުރާނަ ހިމާޔަތްކުރުމަށް އިސްރާއީލުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށް، އދ އާއި އީޔޫއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވުމާ ގުޅިގެން އިސްރާއީލުން ބުނީ، އިތުރު ދެ ކްރޮސިންގ ކަމަށްވާ އެރޭޒް ލޭންޑް ކްރޮސިންގއާއި އަޝްދޯދުގެ ބަނދަރު "ވަގުތީ ގޮތުން" ހުޅުވާނެ ކަމަށެވެ.

އިސްރާއީލުން މިހެން ބުނިނަމަވެސް، އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ އެއީ ޣައްޒާގައި ބަނޑުހައިހޫނުކަން ހުއްޓުވުމަށް ފުދޭވަރުގެ ކްރޮސިންގތަކެއް ނޫން ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، މި މަގުސަދުތައް ހަރުދަނާގޮތެއްގައި އަދި ހަލުވިކަމާއެކު ހަގީގަތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ނަމަވެސް އިންސާނީ ހާލަތްތަކުގެ ސަބަބުން ފުރާނަ ސަލާމަތްކޮށްދިނުމަށާއި އެހީ ފޯރުކޮށްދިނުމަށްޓަކައި "ކުއަންޓަމް ލީޕެއް" ބޭނުންވާކަމަށެވެ.

ގާހިރާގައި ހިނގަމުންދާ ހަނގުރާމައިގެ ވާހަކަތައް އަނެއްކާވެސް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. ސީއެންއެންއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސްއިން ވަނީ އިސްރާއީލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ދެކޮޅުހަދައި، އެ މީހުންގެ އެދުމަށް އެއްވެސް ޖަވާބެއް ހިމަނާފައި ނުވާކަމަށް ބުނެފައެވެ.

އެމެރިކާއާއި އިސްރާއީލުގެ ސަލާމަތީ އޮފިޝަލުން މި ހަފުތާ ބަންދުގައި ގާހިރާގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާވާފައި ވީނަމަވެސް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސްއިން އެކަމަށް ދެކޮޅު ހެދުމުން އިސްރާއީލުގެ އޮފިޝަލުން ފާޅުގައި ސުވާލު އުފައްދަނީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބޭނުމެއް އޮތްތޯ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ މަރުހަލާއަށް ހިތްވަރު ދިނުމުގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ

ބައިޑަންގެ ސަރުކާރުގެ ނަން ހާމަނުކުރާ ފަރާތަކާ ހަވާލާދީ "ދަ ޓައިމްސް އޮފް އިސްރާއީލް"ގައި ބުނެފައިވާގޮތުން، އެމެރިކާގެ ރައީސް މިސްރާއި ގަތަރުގެ ލީޑަރުންނަށް ސިޓީތަކެއް ފޮނުއްވައި، އިސްރާއީލާއެކު އެއްބަސްވުމަށް ހަމާސްއަށް ބާރު އެޅުމަށް ގޮވާލެއްވިއެވެ.

ޣައްޒާއެކުވެރި ދައުލަތްތައް (އ.ދ.)ޔޫރަޕިއަން ޔޫނިއަން

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް
20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު