Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަމަޟާން މަހު ގޮނޑު ހޮވުން

މި ރަމަޟާން މަހުވެސް ގޮނޑު ހޮވާ އެއްކުރަނީ ފުޅިދަޅު އެކަންޏެއް ނޫނެވެ. ދެމަފިރިންގެ ކޮއްތުވެސްމެއެވެ!

6 އެޕްރީލު 2024 | ހޮނިހިރު 06:23

ކުނިތަކުގެ ތެރޭގައި ޒަހުރާ އަތްފުނާ އަޅަމުން ދަނީ ހަމަ އެކަނި ފުޅިއާއި ދަޅު ހޮވާކަށް ނޫން، ކުނި ހޮވުމުގެ ތެރޭގައި، އެކި މީހުން އުކާލާފައި ހުންނަ ތަރުކާރީގެ ބާވަތްތައްވެސް އެއްކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 އެޕްރީލު 2024 | ހޮނިހިރު 06:23
ޒަހުރާގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫން، ނަމަވެސް ރޯދަ ވީއްލާ ގަޑިއަށް އާދައިގެ ކެއުމެއް، ޒަހުރާގެ ދެމަފިރިންނަށް ލިބޭ ވަރު ކުރޭ

ޒަހުރާގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫން، ނަމަވެސް ރޯދަ ވީއްލާ ގަޑިއަށް އާދައިގެ ކެއުމެއް، ޒަހުރާގެ ދެމަފިރިންނަށް ލިބޭ ވަރު ކުރޭ

ރަމަޟާންމަހުގެ ހަމަ ކޮންމެ ދުވަހެއްގެވެސް ހެނދުނުގެ އާދައެވެ. ޒަހުރާ ޖޫދާ ދައްރާޖް، ފަތިހާ ހޭލައިގެން، އަވަހަށް ތެދުވެ، އޭނާގެ އަތްގާޑިޔާއާއި ހިމާރާއެކު މިސްރާބު ޖަހަނީ ބަޣްދާދުގެ ކުނިކޮށިތަކާ ދިމާއަށެވެ. އެތަނުން އޭނާ ހޮވަނީ އެލުމިނިއަމް ދަޅުދަޅާއި ބިއްލޫރި ފުޅި ފަދަ ސާމާނެވެ. އެތަކެތި ވިއްކާލައިގެން މަދު އަދަދެއްގެ ދީނާރު ކޮޅެކެވެ.

ކަޅު ހިޖާބެއް ލައިގެން، ވަރުގަދަ އަންގިއެއް ލައްވައިގެން ކުނިތަކުގެ ތެރޭގައި ޒަހުރާ އަތްފުނާ އަޅަމުން އެ ދަނީ ހަމަ އެކަނި ފުޅިއާއި ދަޅު ހޮވާކަށް ނޫނެވެ. ކުނި ހޮވުމުގެ ތެރޭގައި، އެކި މީހުން އުކާލާފައި ހުންނަ ތަރުކާރީގެ ބާވަތްތައްވެސް އެއްކުރެއެވެ. އެއީ ގެއަށް ގޮސް ކެއްކުމަށްޓަކައެވެ. ކެއްކޭ ވަރު ނުވިއްޔާ، ޖަނަވާރުތަކަށް ކާންދޭނެ އެއްޗެއްގެ ގޮތުގައެވެ.

ޒަހުރާގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. ނަމަވެސް ރޯދަ ވީއްލާ ގަޑިއަށް އާދައިގެ ކެއުމެއް، ޒަހުރާގެ ދެމަފިރިންނަށް ލިބޭ ވަރު ކުރެއެވެ. މުގު ސޫޕްކޮޅަކާއި، ބޮޑު ރޮއްޓެއް ލިބޭ ވަރު ކުރެއެވެ. މި ހުރިހާ ކަމަކަށް ޒަހުރާ ހިތްވަރު ހޯދަނީ ހިތުގައި އޮތް އަޤީދާގެ ސާބިތުކަމުންނެވެ.

ޒަހުރާގެ ދިރިއުޅެމުން ދާ ގެއަކީވެސް މާ ތަނަވަސް ގެއެއް ނޫނެވެ. ނަމަވެސް ވީ ވަރަކުން އެ ގެ ވަނީ ޒީނަތްތެރި ކޮށްފައެވެ. ދީނީ ކަންކަން މަތިން ހަނދާން ނެތި ނުދާނެ ފަދަ ގޮތަކަށެވެ. އެ ގޭތެރޭގައި އިނދެ، ޒަހުރާގެ ފިރިމީހާ، ރައްޒާޤު ޚުދައިރު މަޝާދު ދައްކަމުން ދިޔަ ވާހަކަތަކުންވެސް، ދިރިއުޅުމާ މެދު އެ ދެމަފިރިން ދެކޭ ފައްސި ނަޒަރިއްޔާ ސާފުވެއެވެ.

ޢިރާޤު ސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ޤައުމުގެ އާބާދީގެ 22 ޕަސެންޓް، ނުވަތަ ގާތްގަނޑަކަށް 10 މިލިއަނެއްހާ މީހުންނަކީ އިންތިހާ ފަޤީރުކަމުގެ ގިންތި ފާހަގަ ކުރާ މިންގަނޑަށް ވުރެ ދަށް ފަންތިއެއްގައި ދިރިއުޅެން މަޖުބޫރުވެފައި ވާ މީހުންނެވެ. ނަމަވެސް އިރާޤަކީ އަދިވެސް އެ ތަންތަނުގައި އަތް ނުލާ ހުރި ތެލާއި ގޭހުގެ ޚަޒާނާތައް ގިނަ ޤައުމެކެވެ. މިހާރުވެސް އެ ޤައުމުން ތެޔޮ އުފައްދާ މިންވަރާއި، އެކަމުން އާމްދަނީ ހޯދާ މިންވަރު ދަނީ އިތުރު ވަމުންނެވެ.

މިދިޔަ އަހަރު، ޢިރާޤު ސަރުކާރުން ވަނީ، އަހަރުތަކެއް ވަންދެން ކުރިމަތިވި ހަމަނުޖެހުންތަކުން އަރައިގަންނަ ވަރަކަށް، ވަޒީފާ އުފައްދާ، ބިނާރު ހަރަދުކުރާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެއީ، އެއީ އުމުރުން 51 އަހަރުގެ ޒަހުރާއާއި އޭނާގެ 68 އަހަރުގެ ފިރިމީހާ، މަޝާދުގެ ނަސީބު ބަދަލުކުރުމަށް މާ މަދު މިންވަރަކަށް، އަދި މާ ލަސް ކަމަކަށްވެސް ވެދާނެއެވެ. މިހާރުވެސް މަސައްކަތް ނުކުރެވޭ ވަރަށް ބަލިވެ އުޅޭތީ އެވެ. އެމީހުންގެ ހަތަރު ދަރިންގެ ތެރެއިން އެއްވެސް ދަރިއަކު މިއަދު މި ދުނިޔެއަކު ނެތެވެ. ޒަހުރާ ބުނި ގޮތަށް ދަންނަވާނަމަ، އެ ހުރިހާ ދަރިން މަރުވެ ދިޔައީ، "ހޮސްޕިޓަލުގެ ކަންކަމަށް ޚަރަދު ކުރާނެ ފައިސާ ނެތި، ކާންބޯންދެވޭނެ ގޮތެއްވެސް ނެތުނީމަ"އެވެ.

ގޮނޑު ހޮވުންދުނިޔެ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
19 މެއި 2024

އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟

19 މެއި 2024
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
18 މެއި 2024

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟

18 މެއި 2024
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
16 މެއި 2024

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

16 މެއި 2024
ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
11 މެއި 2024

އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ

11 މެއި 2024
އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް