Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މެނިންގޯކޮކަލް ބަލި

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މިއީ އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް (ސީޑީސީ) އިން މެނިންގޯކޮކަލް ބައްޔާ ބެހޭ ގޮތުން އާއްމު ކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށް ލިޔެފައިވާ ލިޔުމެކެވެ.

ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 17:05
މެނިންގޯކޮކަލް ބަލި - ބަލި ފެތުރެނީ ކޮންޓެކްޓް ވުމުގެ ސަބަބުން އެކަކު ގައިން އަނެކަކު ގަޔަށް

މެނިންގޯކޮކަލް ބަލި - ބަލި ފެތުރެނީ ކޮންޓެކްޓް ވުމުގެ ސަބަބުން އެކަކު ގައިން އަނެކަކު ގަޔަށް

މެނިންގޯކޮކަލް ބައްޔަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ބަލި ޖެހޭތާ މަދު ގަޑީއިރެއްގެ ތެރޭގައިވެސް ބަލި ޖެހޭ މީހާ މަރުވެދާނެއެވެ.

އަވަހަށް ބަލި ދެނެގަތުމާއި، އެންޓިބަޔޮޓިކް ފަރުވާ މުހިންމެވެ.

ބަލި ފެތުރެނީ ކޮންޓެކްޓް ވުމުގެ ސަބަބުން އެކަކު ގައިން އަނެކަކު ގަޔަށެވެ.

ކޮންމެ މީހަކަށްވެސް މި ބަލި ޖެހިދާނެ އެވެ. އެހެން ނަމަވެސް ބައެއް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ބަލީގެ ރައްކައުތެރިކަން އެންމެ ބޮޑަށް ލިބެނީ ވެކްސިން ޖެހުމުންނެވެ.

މެނިންގޯކޮކަލް ބައްޔަކީ ނެއިސީރިއާ މެނިންޖައިޓިސް ބެކްޓީރިއާ ގެ ސަބަބުން ޖެހޭ ކޮންމެ ބައްޔަކަށް ކިޔާ ނަމެކެވެ.

ބަލީގެ އާއްމު ކޮށް ފެންނަނީ ދެ ބާވަތެކެވެ.

އެއީ މެނިންޖައިޓިސް އާއި ލޭގެ އިންފެކްޝަން އެވެ.

މެނިންގޯކޮކަލް މެނިންޖައިޓިސް ބަލީގައި ސިކުނޑި އާއި ސްޕައިނަލް ކޯޑުގެ ދުއްޔަށް ބެކްޓީރިއާގެ އަސަރުކޮށް ދުޅަވާ ގޮތް ވެއެވެ.

ލޭގެ އިންފެކްޝަން ބަލީގައި ލޭގެ ތެރެއަށް ބެކްޓީރިއާ ވަދެ ލޭ ހޮޅިތައް ހަލާކު ކޮށްލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަންގަޑުންނާއި ގުނަވަންތަކުން ލޭ ނުކުމެއެވެ.

މެނިންގޯކޮކަލް މެނިންޖައިޓިސް ބަލި ބޮޑެތި މީހުންނަށް ޖެހުމުން ފެންނަ އެންމެ އާއްމު އަލާމާތް ތަކަކީ

ލެޔަށް ބަލި ޖެހުމުން ފެންނަ ނިޝާން ތަކުގެ ތެރޭގައި

އެންޓިބަޔޮޓިކް ފަރުވާ ދިން ކަމުގައި ވިޔަސް ބަލި ޖެހޭ ކޮންމެ 100 މީހަކުން 10 ނުވަތަ 15 މީހުން މެނިންގޯކޮކަލް ބަލީގައި މަރުވެއެވެ.

ބަލިން ރަނގަޅުވާ ކޮންމެ 5 މީހަކުގެ ތެރެއިން އެކަކަށް ދިގު މުއްދަތުގެ ނުކުޅެދުންތެރި ކަމެއް ކުރިމަތިވެއެވެ.

މިގޮތުން ލިބޭ ގެއްލުން ތަކަށް ބަލާއިރު

މީހާގެ އުމުރަށާއި، މީހާގެ ސިއްހީ ހާލަތާއި ބައްޔަކަށް ކުރަމުންދާ ފަރުވާގެ މައްޗަށެވެ.

ބަލި ޖެހިފައިވާ މީހަކާ އެކަށީގެންވާ މުއްދަތަކަށް ވަރަށް ގާތްކޮށް ކޮންޓެކްޓް ވުމަކީ ބަލި ޖެހުމަށް މެދުވެރިވާ ކަމެކެވެ. މިގޮތުން ކޮންޓެކްޓް ވެގެން ބަލި ޖެހުމުގެ ރިސްކް އެންމެ ބޮޑީ:

މެނިންޖައިޓިސް ބެކްޓީރިއާ އަކީ އިންސާނުންގެ ނޭފަތުގެ ތެރޭގައި އަދި ކަރު ތެރޭގައި ދިރިތިބެވޭ އެއްޗެކެވެ. މި ބެކްޓީރިއާ މި ގޮތުން ހުންނަ ކޮންމެ މީހަކީ ބަލީގެ އަސަރު ކުރާ މީހެއް ނޫނެވެ. ތަފާސް ހިސާބަށް ބަލާއިރު ބެކްޓީރިއާ ހުންނަ 10 މީހުންގެ ތެރެއިން އެކަކު ބަލި ނުވެ ހުންނަކަން ފާހަގަވެފައި ވެއެވެ.

އެހެން ނަމަވެސް ނޭފަތުގެ ތެރެއިން ނުވަތަ ކަރުގެ ތެރެއިން ހަށިގަނޑުގެ ކޮންމެވެސް އެހެން ގުނަވަނަކަށް ވާސިލް ވުމުން ކުރިން ބަލީގެ އަސަރު ނުކޮށް ހުންނަ މީހާވެސް ބަލިވާ ގޮތްވެފައި އެބަހުއްޓެވެ.

އާއްމުކޮށް މި ބެކްޓީރިއާ ފެތުރެނީ ކުޅުގެ ޒަރީއާއިންނެވެ.

ބަލިޖެހެނީ އެކަށީގެންވާ މުއްދަކަށް ވަރަށް ގާތްކޮށް ކޮންޓެކްޓް ވެގެންނެވެ.

ބަލިން ރައްކައުތެރި ވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުމެވެ.

ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުން އެންޓިބަޔޮޓިކް ފަރުވާ ހޯދަން ޖެހޭނެއެވެ. ފަރުވާ ދޭނެ މީހުންނާ ފަރުވާގެ މިންވަރު ނިންމާނީ ސިއްހީ މާހިރުންނެވެ.

ވަރަށް މަދުން މެނިންގޯކޮކަލް ބަލި ދެވަނަ ފަހަރަށްވެސް މީހަކަށް ޖެހިދާނެއެވެ.

މިއީ ދެނެގަންނަން އެހާ ފަސޭހަ ބައްޔަކަށް ނުވެދާނެއެވެ. އެއީ ބަލީގެ އަލާމާތްތަކަކީ އެހެން އެތައް ބައްޔެއް ޖެހުންމުންވެސް ފެންނަ ޒާތުގެ އަލާމަތްތަކަށް ކަމަށް ވާތީއެވެ.

އެހެން ކަމުން ޝައްކު ކުރެވޭނަމަ އަވަހަށް ސިއްހީ ޚިދުމަތްދޭ ތަނަކަށް ދެއްކުން މުހިންމެވެ. ބަލި ދެނެގަނެވޭނީ ލޭގެ ސާމްޕަލް ނުވަތަ ސްޕައިނަލް ކޯޑުން ދިޔަ ނަގައިގެން ލެބޯޓްރީ ޓެސްޓުންނެވެ.

ދުނިޔެމެނިންގޯކޮކަލް ޑިޒީޒް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދާ، ކޮންޓެކްޓުންނަށް ބޭސްދޭން ފަށައިފި

މެނިންގޯކޮކަލް ބައްޔާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދާ، ކޮންޓެކްޓުންނަށް ބޭސްދޭން ފަށައިފި

26 ޖޫން 2024
ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން

ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން

25 ޖޫން 2024
ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭގައި!

ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭގައި!

25 ޖޫން 2024

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު