Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހަނދުގެ ގަޑި

ހަނދަށް ކިހާ އިރެއް؟ އެކަމުގެ ކޮންޓްރޯލްވެސް އެމެރިކާއަށް؟

ދުނިޔޭގައި ވަގުތު ބަލާ މިންގަނޑުތަކަށް ބަދަލެއް ނުގެނެސް ހަނދުގައި ހުންނަ މީހަކު ވަގުތު ބަލާ ކަމުގައި ވާ ނަމަ، ދުނިޔަވީ ގަޑިން އެމީހަކަށް، ދުނިޔަވީ ދުވާލެއްގެ މައްޗަށް، 58.7 ސިކުންތު ގެއްލޭ ކަމަށްވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2024 | ހޮނިހިރު 05:17
ގްރެވިޓޭޝަނަލް ފޯސް ތަފާތުވުމާއި، ދިމާ ވެދާނެ އެހެން ކަންތައްތަކުގެ ސަބަބުން ދުނިޔޭގައި ވަގުތު ހިނގާ ގޮތާ އަޅާބަލާއިރު، ހަނދުގައި ވަގުތު ކުރިއަށްދާ ގޮތް ބަދަލުވުން

ގްރެވިޓޭޝަނަލް ފޯސް ތަފާތުވުމާއި، ދިމާ ވެދާނެ އެހެން ކަންތައްތަކުގެ ސަބަބުން ދުނިޔޭގައި ވަގުތު ހިނގާ ގޮތާ އަޅާބަލާއިރު، ހަނދުގައި ވަގުތު ކުރިއަށްދާ ގޮތް ބަދަލުވުން

ތަރައްޤީއާއި ޓެކްނޮލޮޖީގެ ރޭހުގައި ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކާއެކު އެކި ދާއިރާތަކުން ޚުދުމުޚުތާރު ކޮންޓްރޯލެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ކެނޑިނޭޅި މަސައްކަތް ކުރެއެވެ. މި ވާދަވެރިކަން، ދުނިޔޭގެ އިން ފަހަނައަޅާ ގޮސް ޖައްވު ތެރޭގައިވެސް ވަރުގަދަ ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ޖައްވީ ކޮންޓްރޯލް ހޯދުމަށްޓަކައި އެއް ބަޔަކަށް ވުރެ ކުރިން އަނެއް ބަޔަކު މަސައްކަތްތަކެއް ކުރަމުން ދާ އިރު، މިހާރުވެސް ޖައްވީ އެކި މައިދާންތަކުގެ ކޮންޓްރޯލް އޮތް އެމެރިކާއިން މިހާރު ވަނީ އަނެއްކާވެސް އިތުރު ކަމަކަށް ގޮތް ކިޔަން ފަށާފައެވެ.

އެމެރިކާގެ ރިޔާސީ މަރުކަޒީ އިދާރާ ނުވަތަ ވައިޓްހައުސްއިން، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އަށް ދިން އިރުޝާދެއްގައި ބުނެފައި ވަނީ، ހުރިހާ ޤައުމަކަށްވެސް އެ އުސޫލަކުން ހިނގާ ގަޑިއެއް، ދުނިޔޭގެ ސެޓަލައިޓެއްގެ ގޮތުގައި ވާ ހަނދަށްވެސް ކަނޑައަޅަން ޖެހޭ ކަމަށެވެ. ނުވަތަ ހަނދުގެ ގަޑިން ވާ އިރެއް ބަލާނެ އެއް އުސޫލެއް އޮންނަން ޖެހޭނެ ކަމަށެވެ. އެމެރިކާއިން ޢަމާޒު ހިފާފައި ވަނީ ޖައްވީ ކަންކަން އުސޫލަކުން ކުރިއަށް ގެންދިއުމުގައި ބަސްބުނެ، ގޮތް ނިންމުމަށެވެ. ވަކިން ޚާއްޞަކޮށް، ހަނދާ ގުޅުން ހުރި އެކި ދިރާސާތަކާއި މިޝަންތަކުގައި ޤައުމުތަކާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިތުރު ވަމުން އަންނަ މި ދަނޑިވަޅުގައި އެންމެ އިންޗިއެއްހާ ތަންފުކެއްވެސް ގެއްލި ދިއުމަކީ އެމެރިކާއަށް ޙަޖަމު ކުރެވޭނެ ކަމަކަށް ނުވާނެއެވެ.

ހަނދުގެ ގަޑިން ވާ އިރަކީ ދުނިޔަވީ އުސޫލުން ގަޑި ބަލާ މިންގަނޑުތަކާއި ހަމަ ޔަޤީނުންވެސް ތަފާތު ވާނެ މިންގަނޑެއް ކަމަށް ޤަބޫލު ކުރެވެއެވެ. ވައިޓްހައުސްއިން ނާސާއަށް ދިން އިރުޝާދުގައި، އެމެރިކާ ސަރުކާރުގެ އެހެން އިދާރާތަކާވެސް ގުޅިގެން، ކޯޑިނޭޓަޑް ލޫނަރ ޓައިމް (ސީއެލްޓީ) ނުވަތަ ހަނދުގައި ގަޑި ބަލާނެ އެއް އުސޫލެއް، 2026 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާ ނިންމުމަށް އަންގާފައިވެއެވެ.

ހަނދުގެ ގަޑިން ވީ ކިހާ އިރެއްކަން ކަނޑައަޅާ އިރު ބަލަން ޖެހޭ އެތައް ކަމެއް ހުންނާނެ ކަން ޔަޤީނެވެ. ހަނދުގައި ހުންނަ ބިމަށް ދަމާ ބާރު ނުވަތަ ގްރެވިޓޭޝަނަލް ފޯސް ތަފާތުވުމާއި، ދިމާ ވެދާނެ އެހެން ކަންތައްތަކުގެ ސަބަބުން ދުނިޔޭގައި ވަގުތު ހިނގާ ގޮތާ އަޅާބަލާއިރު، ހަނދުގައި ވަގުތު ކުރިއަށްދާ ގޮތް ބަދަލުވެއެވެ.

ދުނިޔޭގައި ވަގުތު ބަލާ މިންގަނޑުތަކަށް ބަދަލެއް ނުގެނެސް ހަނދުގައި ހުންނަ މީހަކު ވަގުތު ބަލާ ކަމުގައި ވާ ނަމަ، ދުނިޔަވީ ގަޑިން އެމީހަކަށް، ދުނިޔަވީ ދުވާލެއްގެ މައްޗަށް، 58.7 ސިކުންތު ގެއްލޭ ކަމަށް ވައިޓްހައުސްގެ އިރުޝާދު މެމޯގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ހަނދުގައި ވަގުތު ބަލާނެ އާންމު އުސޫލެއް ނުވަތަ ސްޓޭންޑަރޑް ޓައިމްއެއް ކަނޑައެޅުމުން، ހަނދަށް ދަތުރު ކުރާ ޖައްވީ އުޅަނދުތަކާއި، ސީދާ ވަކި މިޞްރާބަކަށް ދަތުރު ކުރަން ޖެހޭ ސެޓެލައިޓްތައް އޮޕަރޭޓް ކުރަންވެސް ލުއި ފަސޭހަކަން ލިބެނޭ ކަމަށް ޤަބޫލު ކުރެވެއެވެ.

ނާސާއިން މިހާރުވެސް ދަނީ އަރޓެމިސް މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިންސާނުން ހަނދަށް ފޮނުވުމުގެ އިތުރު މިޝަންތަކެއް ކުރިއަށް ގެންދިއުމަށް ރާވަމުންނެވެ. ކުރިއަށް އޮތް ތަނުގައި މަރސް ތަރިއަށް ކުރާ ދަތުރު ތަކުގެ މައިގަނޑު ހަބެއްގެ ގޮތުގައި ހަނދުގެ ސަތަހައިގެ ބޭނުން ހިފުމަށް އެމެރިކާއިން ވަނީ ޢަމާޒު ހިފާފައެވެ. އެ މަސައްކަތުގައި އެތައް ޤައުމަކާއި، އެތައް ކުންފުންޏަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަނދުގެ ސަތަހައިގައި ހިންގާ ޖައްވީ މިޝަންތައް ވަރުގަދަ ކުރަމުންދާ އެހެން ޤައުމުތަކުގެ ތެރޭގައި، ޗައިނާގެ ނަން ފާހަގަ ކުރަން ޖެހެއެވެ.

ޗައިނާއިން 2030 ވަނަ އަހަރުގެ ނިޔަލަށް ފުރަތަމަ އެސްޓްރޮނޯޓުން ހަނދަށް އެރުވުމަށް ޢަމާޒު ހިފާފައިވާ ކަމަށް ބުނެފައިވާއިރު، އިންޑިއާ ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ހަނދުގެ ދެކުނު ސަރަޙައްދާ ކައިރިއަށް ޖައްވީ އުޅަނދެއް ޖެއްސި ފުރަތަމަ ޤައުމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ބަލާއިރު ގިނަ ސަރަޙައްދުތަކެއްގައި ގަޑި ބަލަނީ، ކޯޑިނޭޓަޑް ޔުނިވަރސަލް ޓައިމް (ޔޫޓީސީ) އުސޫލަށް ބިނާކޮށްގެންނެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި އެއް ހަމަކޮށްފައި ވާ ގަޑިތަކުން ވާ އިރު ކަނޑައަޅަނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ވާ އެޓޮމިކް ގަޑިތަކުގެ ނެޓްވަރކްއެއްގެ ތެރެއިންނެވެ. އެގޮތުން އެޓޮމްތަކަށް އަންނަ ބަދަލުތައް ދެނެގަނެ، ސީދާ ސުން ސިކުންތަށް ގަޑި ހަމަ ކުރެވެއެވެ.

އެމެރިކާގެ ޖައްވީ އިދާރާއިން ކަނޑައަޅާ އެލްޓީސީ އަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބަސްވުމަކަށް އާދެވޭނެ ފަދަ އެއްޗަކަށް ހެދުމަށްވެސް ވައިޓްހައުސްއިން ވަނީ ނާސާއަށް ގޮވާލާފައެވެ. 36 ޤައުމަކުން މިހާރުވެސް ވަނީ ޖައްވީ ކޮންޓްރޯޅް ވަރުގަދަ ކުރުމާ ބެހޭ އަރޓެމިސް އެކޯޑްސްގައި ސޮއިކޮށްފައެވެ. ނަމަވެސް އެމެރިކާގެ އެންމެ ވަރުގަދަ ވާދަވެރިންގެ ގޮތުގައި އޮތް ޗައިނާ އަދި ރަޝިއާއިން، އެ އެއްބަސްވުންތައް ބަލައިގެންފައެއް ނުވެއެވެ.

އެމެރިކާހަނދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު