Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާންގައި އަނިޔާގެ މައްސަލަތަކެއް، ޓުޗެލް އަށް ޕްރެޝަރު

5 އެޕްރީލު 2024 | ހުކުރު 23:05

މެނުއަލް ނޯޔާ، ކިންގްސްލީ ކޯމަން، ލެރޯއީ ސާނޭ، އެލެކްސް ޕަލޮވިޗް އަދި ނުސައިރް މަޒާރީ ފަދަ މުހިންމު ކުޅުންތެރިންނަށް ވަނީ އަނިޔާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2024 | ހުކުރު 23:05
ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް

ޖަަރުމަނުގެ ބަޔާން މިއުނިކްގައި އަނިޔާގެ މައްސަލަ ބޮޑުވެ، ކޯޗު ތޯމަސް ޓުޗެލް އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ބަޔާންގެ ބައެއް މުހިންމު ކުޅުންތެރިންނަށް އަނިޔާވެ، މުހިންމު މެޗުތަކެއް ގެއްލިދާނެ ކަމުގެ ބިރު އޮތްކަން ޓުޗެލް ހާމަކުރީ، ޖަރުމަނު ލީގުގައި ބަޔާނުން ހެއިޑެންހައިމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، މެނުއަލް ނޯޔާ، ކިންގްސްލީ ކޯމަން، ލެރޯއީ ސާނޭ، އެލެކްސް ޕަލޮވިޗް އަދި ނުސައިރް މަޒާރީ ފަދަ މުހިންމު ކުޅުންތެރިންނަށް އަނިޔާވެފައިވާ ކަމަށެވެ. އެ އަނިޔާގެ ސަބަބުން ހެއިޑެންހައިމާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ވެސް އެ ކުޅުންތެރިން ވަނީ ބާކީ ކޮށްފަ އެވެ.

ޓުޗެލް ބުނީ އެ ހުރިހާ ކުޅުންތެރިންގެ ވެސް އަނިޔާގެ މައްސަލަތައް އުޅޭ ކަމަށެވެ. އަދި ޖަރުމަނު ލީގުގައި ވެސް އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި މިއީ ބަޔާނަށް މުހިންމު ވަގުތެއްކަން އޭނާ ފާހަގަ ކުރި އެވެ. އެކަން ފާހަގަކޮށް ޓުޗެލް ބުނީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އެ ކުޅުންތެރިންނަށް ނުކުޅެވިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އެހެންކަމުން އެއީ ބަޔާނަށް ކުރިމަތިވާނެ ދައްޗެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ވެސް ދަށްވެފައިވާތީ ޓުޗެލް އަށް އިންތިހާ އަށް ފާޑު ކިޔުން އަމާޒުވެ އެވެ. އެންމެ ފަހުން ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. އެ ބައްޔާއެކު، ބަޔާނަށް ލީގު ދިފާއު ކުރެވޭނެ ކަމުގެ އުންމީދު ފަނޑުވެފައިވާއިރު، ޓުޗެލް ވަނީ ވާދަވެރި ބަޔާ ލެވަކޫސަނަށް މަރުޙަބާ ވެސް ކިޔައިފަ އެވެ.

ޕްރެޝަރު ބޮޑުވެ، ޓުޗެލް ވަނީ މި ސީޒަނަށް ފަހު ބަޔާންގެ ކޯޗުކަމުން ވަކިވާން ވެސް ނިންމައިފަ އެވެ. އެއީ ބަޔާންގެ އިސްވެރިންނާއި، ޓުޗެލްއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އޭނާ ނިންމި ނިންމުމެކެވެ. ނަމަވެސް ސީޒަންގެ ބާކީ ބައިގައި މަސައްކަތްކޮށް، ބަޔާނަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

ބަޔާން މިއުނިކްތޯމަސް ޓުޗެލް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް