Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާ ހަނގުރާމަ އާއި ހުޅަނގުގެ މީޑިއާ

ހުޅަނގުގެ މީޑިއާތަކުން މަސައްކަތްކުރަނީ ޣައްޒާ ހަނގުރާމައިގެ ޙަޤީޤަތް އޮޅުވާލަން

ހުޅަނގުގެ ބޮޑެތި މީޑިއާތަކުގައި ގިނައިން ޝާއިޢު ކުރާނީ ދުރުގައި އަނދަމުންދާ ވެހިކަލެއް ނުވަތަ ދުމުގެ އަސަރު ނުވަތަ ހަނގުރާމައިގެ ޖަރީމާތަކުގެ ނަން ނޭނގޭ ޝިކާރައަކަށްވާ މީހުން ލާފައިވާ ބޮޑީބޭގް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2024 | ހުކުރު 17:47
އިސްރާއީލްގެ ހަމަލާތަކުގައި މަރުވި، އެހީދޭ ޖަމާޢަތްތަކުގެ މެމްބަރުން

އިސްރާއީލްގެ ހަމަލާތަކުގައި މަރުވި، އެހީދޭ ޖަމާޢަތްތަކުގެ މެމްބަރުން

ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ގެ އިންސާނީ އެހީގެ ގާފިލާއަކަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ ދުނިޔޭގެ ފަލަސުރުޚީތަކަށް އަރަމުން އަންނައިރު، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ހުޅަނގުގެ މީޑިއާ ކަވަރޭޖާއި، ވަކިން ހާއްސަކޮށް އޭގެ ވިޝުއަލް ސްޕެކްޓް އަނެއްކާވެސް ވަނީ ގިނަބައެއްގެ ސަމާލުކަމަށް އައިސްފައެވެ.

އެވޯޑްތައް ހާސިލްކޮށްފައިވާ ތަޖުރިބާކާރު ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ޕެޓްރިކް ވިޓީ ވަނީ ހޯމަ ދުވަހު ދިން ހަމަލާއާ ގުޅޭ ގޮތުން އެމެރިކާގެ މެއިންސްޓްރީމް އައުޓްލެޓްތަކުން ރިޕޯޓް ކުރުމުގައި ބޭނުންކޮށްފައިވާ ފޮޓޯތަކާ މެދު ސުވާލު އުފައްދައި، އެ މީޑިއާތަކުން ޣައްޒާ ހަނގުރާމައިގެ އަސްލު ހަޤީޤީ މަންޒަރު ދުނިޔެއަށް ހާމަކޮށްދިނުމުގައި ފެއިލްވެފައިވާ ކަމަށް ބުނެފައެވެ.

މި ހަމަލާގައި މަރުވި ޑަބްލިއުސީކޭގެ މަސައްކަތްތެރިންގެ ހަށިތައް އެނަޑޯލޫ ފޮޓޯގްރާފަރު އަލީ ޖާދުالله ގެ ފޮޓޯތަކަށް އަލިއަޅުވާލަމުން ވިޓީ ބުނީ އެމެރިކާގެ ބޮޑެތި މީޑިއާތައް ކަމަށްވާ ނިއުޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓް ފަދަ މީޑިއާތަކުން އެ ފޮޓޯތަކަށް އިހުމާލުވެފައިވާތީ ހައިރާންވާ ކަމަށެވެ.

އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިން ހަމަލާގައި، ޣައްޒާގައި އިންސާނީ އެހީފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ހަތް މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުގެ ތިން މީހަކާއި އޮސްޓްރޭލިއާ މީހަކާއި ޕޮލެންޑްގެ މީހަކާއި އެމެރިކާ-ކެނެޑާގެ ދެ ވަނަ ރައްޔިތެއްގެ އިތުރުން ފަލަސްތީނު މީހެކެވެ.

އެހީގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް މަރުވި މީހުންގެ ފޮޓޯގެ ބަދަލުގައި ޓައިމްސް އިން ބޭނުންކުރީ ގާފިލާގައި ބޭނުންކުރި ހަލާކުވެފައިވާ ވެހިކަލެއްގެ ފޮޓޯއަކާއި، ވޯލްޑް ސެންޓްރަލް ކިޗަން ލޯގޯ ފެންނަ ދެތިންފޮޓޯއެކެވެ.

2004ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ނިއުޔޯކް ޓައިމްސް (އެންވައިޓީ)ގައި ޕިކްޗާ އެޑިޓަރުގެ ގޮތުގައި ހުރި ވިޓީ ވަނީ ޑަބްލިއުސީކޭގެ ގާފިލާއަށް ދިން ހަމަލާއާ ގުޅޭ ގޮތުން އެ ނޫހުން ގެނެސްދިން ކަވަރޭޖަކީ "ސްޕައިންލެސް" ކަވަރޭޖެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

ވޮޝިންޓަން ޕޯސްޓަށް ބަލާއިރު ވިޓީ ފާހަގަކުރި ގޮތުގައި އެ ޕަބްލިކޭޝަނުގައި ބޭނުންކޮށްފައިވަނީ ހުޅަނގުގެ ދޮން މީހެއްގެ ބަދަލުގައި ހަމައެކަނި ފަލަސްތީނުގެ ވޮލަންޓިއަރުގެ ފޮޓޯއެކެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާ ގުޅޭ ގޮތުން އޭނާ ބުނީ ހުޅަނގުގެ މީޑިއާތަކުން "ހަނގުރާމައިގެ ސެނިޓައިޒްޑް ވާޝަނެއް ދައްކުވައިދޭ" ފޮޓޯތައް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ވިޓީ ބުނީ ނިއުޔޯކް ޓައިމްސްގައި އޭނާ މަސައްކަތްކުރިއިރު ވެސް ވަރަށް ގިނައިން މި މައްސަލަ ދިމާވި ކަމަށާއި ހާއްސަކޮށް 2008 ވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެކަމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަދި އޭރު ކޮންމެ ދުވަހަކު ވެސް ހައިލީ ގްރެފިކް ފޮޓޯގެ ސްޓްރީމެއް އޮންނަ ކަމަށާއި އޭގެ ތެރެއިން ގިނަ ފޮޓޯތަކަކީ ޝާއިއު ކުރުން މަނާ ފޮޓޯތަކެއް ކަމަށް އޭނާ ބުންޏެވެ.

ވީޓީ ކިޔައިދިން ގޮތުގައި ހުޅަނގުގެ ބޮޑެތި މީޑިއާތަކުގައި ގިނައިން ޝާއިޢު ކުރާނީ ދުރުގައި އަނދަމުންދާ ވެހިކަލެއް ނުވަތަ ދުމުގެ އަސަރު ނުވަތަ ހަނގުރާމައިގެ ޖަރީމާތަކުގެ ނަން ނޭނގޭ ޝިކާރައަކަށްވާ މީހުން ބޮޑީ ކޮތަޅުތަކުގައި އޮންނަ ފޮޓޯތައް ކަމަށެވެ.

ކޮންމެއަކަސް ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ކުށެއްނެތް އާއްމުން އިންތިހާއަށް ޝަހީދުވަމުންދާއިރު އަދި ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުގެ ނިރުބަވެރި ސިފައިން ލާއިންސާނީ އަނިޔާތައް ދެމުންދާއިރު، އެފަދަ ފޮޓޯތަކާއި، ވީޑިއޯތައް ނިސްބަތުން ފެންނަ ވަރު މަދުކަން އެއީ ގަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ. އެހެންކަމުން މިއަދު ދުނިޔޭގެ މީޑިއާ ކޮންޓްރޯލް ކޮށްފައިފައިވާ ހުޅަނގުން މަސައްކަތްކުރަމުންދަނީ ޣައްޒާ ހަނގުރާމައިގެ ހަޤީޤަތް އޮޅުވާލުމަށޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

ދުނިޔެޣައްޒާއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު