Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޫރެއްގެ ކިޑްނީ ލެއްވި މީހާ

"މިއީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފާ" : ފުރަތަމަ ފަހަރަށް އޫރެއްގެ ކިޑްނީ ލެއްވި މީހާ

4 އެޕްރީލު 2024 | ބުރާސްފަތި 13:37

ޕިގް ކިޑްނީ ޓްރާންސްޕްލާންޓް ޕޭޝަންޓު ރިކް ސްލޭމަން ބުނީ ސާޖަރީއަށް ފަހު އޭނާގެ ހާލު ވަރަށް އަވަހަށް ރަނގަޅުވަމުން އަންނަކަމަށެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 4 އެޕްރީލު 2024 | ބުރާސްފަތި 13:37
ސުލޭމާން، ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދިން ޑޮކްޓަރުންނާއެކު

ސުލޭމާން، ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދިން ޑޮކްޓަރުންނާއެކު | ރޮއިޓާސް

ދުނިޔޭގައި އިންސާނުން ދިރިއުޅުމުގެ ހަނގުރާމައިގައި ކުރިއަށްދާއިރު، އެކިމީހުންނަށް ދިމާވަނީ އެކިކަހަލަ ކަންކަމެވެ. އެއްބަޔަކު އުފަލުގައި ދިރިއުޅޭއިރު، އަނެއްބަޔަކު އަބަދާއަބަދު މުޅިޙަޔާތް ވޭތުކުރަމުންދަނީ ހިތާމާއާއި ހިތްދަތިކަމުގައެވެ.

އެފަދަ ހިތާމައިގައި ޙަޔާތުގެ ބޮޑުބައެއް ވޭތުކުރި އެކަކީ މިދިޔަހަފްތާގައި ޕިގް ނުވަތަ އޫރެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ހެދި ފުރަތަމަ އިންސާނާ އެމެރިކާގެ މެސަޗޫސެޓްސް ސްޓޭޓަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ ރިކް ސްލޭމަންއެވެ.

ކިޑްނީގެ އެންމެ ފަހު މަރުހަލާގައި ދިރިއުޅެމުން ދިޔަ، ސްލޭމަން ބުނީ މިވަގުތަކީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ އިންތިޒާރު ކުރަމުން އައި ވަގުތެއް ކަމަށާއި، ބޮޑު ހިތްހަމަޖެހުމަކާއި، އުފަލާއެކު މިއަދު ހޮސްޕިޓަލުން ނުކުންނަ އިރު މިވަގުތަކީ އެތައް އަހަރެއް ވަންދެން އަންނާނެ ކަމަށް އޭނާ އެދުނު ވަގުތެއް ކަމަށެވެ.

ސްލޭމަން އަކީ ޖެނެޓިކަލީ އެޑިޓްކޮށްފައިވާ ޕިގް ކިޑްނީއެއް ދުނިޔޭގައި އެންމެ ފުރަތަމަ ލިބުނު މީހާ ކަމަށްވާއިރު، ހަތަރު ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ އިންސާނަކު އޭނާއަށް ހަދިޔާކުރާ ކިޑްނީއެއް ޓްރާންސްޕްލާންޓް ހަދާފައެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން ޑައިލިސިސް އަލުން ފަށަން އޭނާއަށް މަޖުބޫރުވިއެވެ.

މެސަޗޫސެޓްސްގެ ޖެނެރަލް ހޮސްޕިޓަލުން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްލޭމަންއަށް ދިމާވި މައްސަލަތަކުގެ ސަބަބުން ކޮންމެ ދެ ހަފުތާއަކުން "ޑީ ކްލޮޓިން އާއި ސާޖިކަލް ރިވިޝަން" އަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރަން ޖެހުމުގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ހާލަތަށް އަސަރުކޮށްފައިވާ ކަމަށެވެ.

މިއީ ސީރިއަސް ބަލިތައް ހުންނަ މީހުންނަށް އެކްސްޕެރިމެންޓަލް ޓްރީޓްމަންޓެއް ހޯދުމުގެ ހުއްދަ އެމެރިކާގެ ހާއްސަ ރެގިއުލޭޓަރެއްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮސީޖާ އެކެވެ.

"ސްލޭމަން ބުނީ އޭނާއަށް ހެޔޮ ދުއާކޮށްދިން މީހުންނަށް ޝުކުރުއަދާކުރާ ކަމަށާއި، އެމީހުންނަށް ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ. އަދި ހާއްސަކޮށް ކިޑްނީ ޓްރާންސްޕްލާންޓްގެ އިންތިޒާރުގައި ތިބި ޕޭޝަންޓުންނަށް އޭނާދިން އުފާވެރި މެސެޖަކީ މިއަދަކީ ހަމައެކަނި އޭނާއަށް ޚާއްޞަ ދުވަހެއް ނޫންކަމަށާއި، އޭނާފަދަ އެހެން އެންމެންނަށްވެސް މިއަދަކީ އާ ފެށުމެއް ކަމަށެވެ.  

އެ ހޮސްޕިޓަލުން ބުނީ ޕިގް ކިޑްނީ ޖެނެޓިކަލީ އެޑިޓްކޮށްފައި ވަނީ ކްރިސްޕާ-ކާސް9 ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެއްލުންހުރި ޕިގް ޖީންތައް ނައްތާލައި، އިންސާނުންނާ އަޅާކިޔުމުގެ ގޮތުން އިންސާނުންގެ ބައެއް ޖީންތައް އިތުރުކުރުމަށްފަހު ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ ކިޑްނީއަކީ އެންމެ ގިނައިން ޓްރާންސްޕްލާންޓް ކުރާ ގުނަވަން ނަމަވެސް ޓްރާންސްޕްލާންޓަށް ލިބޭ އަދަދަށް ވުރެ ގުނަވަންތަކަށް އޮންނަ ޑިމާންޑް ބޮޑު ކަމަށެވެ.

މިކާމިޔާބަށްފަހު، ޖަނަވާރުގެ ގުނަވަންތައް އިންސާނުންގެ ގަޔަށް ޓްރާންސްޕްލާންޓް ކުރުމުގެ މަރުހަލާ ކަމަށްވާ ޒެނޯޓްރާންސްޕްލާންޓް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށްބުނެ ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ޔޫރަޕިއަން ޑައިރެކްޓްރޭޓް ފޯ ދަ ކޮލިޓީ އޮފް މެޑިސިންސް އެންޑް ހެލްތްކެއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ކައުންސިލް އޮފް ޔޫރަޕްގެ ސްޓޭޓްތަކުގައި 39،000 ޕޭޝަންޓުން ޓްރާންސްޕްލާންޓް ކޮށްފައިވާ އިރު، އޯގަން ޓްރާންސްޕްލާންޓް ހެދުމަށް ވެއިޓިން ލިސްޓުގައި ގާތްގަނޑަކަށް 48،000 އާ ޕޭޝަންޓުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

އެމެރިކާކިޑްނީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
18 ޖުލައި 2026

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

18 ޖުލައި 2026
އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
16 ޖުލައި 2026

"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

16 ޖުލައި 2026
"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
16 ޖުލައި 2026

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

16 ޖުލައި 2026
އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ
16 ޖުލައި 2026

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026
އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް
14 ޖުލައި 2026

އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި

14 ޖުލައި 2026
އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި
13 ޖުލައި 2026

އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި

13 ޖުލައި 2026
އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް