Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ގަތުލުއާންމުގެ ނިވާފަތްގަނޑުގައި ޔަހޫދީ އާބާދު ފަތުރާ ފުޅާ ކުރުން މެކުހަށް!

ޔަހޫދީން އާބާދު ކުރުމާއި، ގަތުލުއާންމު ނިންމާލުމަށްފަހު މުޅި ސަރަޙައްދަށް އިޒްރޭލުން ވެރިވެގަތުމުގެ ފުރުޞަތު އޮތް ކަމަށް ކުރާ ބަހުސްތައް މިހާރުވެސް ވަނީ ހޫނުވެފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2024 | ބުރާސްފަތި 10:58
އައްޒޫން އަވަށުގައި އެ ރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ބިރުވެރިކަމުގެ ތެރޭގައި ކަމަށް އެ މީހުން ވަނީ ބުނެފައި

އައްޒޫން އަވަށުގައި އެ ރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ބިރުވެރިކަމުގެ ތެރޭގައި ކަމަށް އެ މީހުން ވަނީ ބުނެފައި

ފަލަސްޠީނުގެ ބިންތަކަށް ފެންބޮވައިގެންފައި އޮތް ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިފައި އޮތް ފުރުޞަތު ނާޖާއިޒު ފައިދާ ނެގުމަށް، ފަހަރެއްގައި އެ ނިރުބަވެރިން ހަނދާން ނައްތައެއް ނުލައެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާން ކަމަށް ވައުދުވެ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަކީ ނިވާފަތްގަނޑަކަށް ހަދައިގެން، ނިރުބަވެރި އިޒްރޭލުން ދަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކޮށް، އާބާދު ކުރުމަށް ހިންގާ ޣައިރު ޤާނޫނީ ޖަރީމާވެސް އޭގެ އެންމެ އިންތިހާއަށް ހިންގަމުންނެވެ.

އިޒްރޭލުގެ ނަމުން އަމިއްލައަށް "ގައުމެއްގެ" ނަން ޖަހައިގެން އުޅޭ ޔަހޫދީންނާއި ފަލަސްޠީނުގެ ވަޒަންވެރިންނާ ދެމެދު އެތައް އަހަރަކަށް ދިގުލައި ގޮސްފައިވާ ހަމަނުޖެހުންތަކާއި ދެބަސްވުންތައް، ތާރީޚް ނުދެކޭ ދަރަޖައަކަށް ގޯސްވެފައި އޮތް މި ދަނޑިވަޅުގައި، ހުޅަނގު އައްސޭރީގައި ތިބި ފަލަސްޠީނު ރައްޔިތުންގެ ދިރިއުޅުންވެސް، ދުވަހަކަށް ވުރެ ދުވަހެއް ދަނީ ނުރައްކަލަށް ހުށަހެޅެމުންނެވެ. ރަށު ރަށްވެހިން ތިބީ އިންތިހާ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިޒްރޭލާއި ފަލަސްޠީނުގެ ކުރިމަތިލުންތައް ހައްތަހާވެސް ވަނީ އިތުރެވެ.

ހުޅަނގު އައްސޭރީގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޤަލްޤިލިޔާގެ އިރުމަތީގައި އޮންނަ އައްޒޫން އަވަށުގައި އެ ރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ބިރުވެރިކަމުގެ ތެރޭގައި ކަމަށް އެ މީހުން ވަނީ ބުނެފައެވެ.

ޤުސްރާ އަވަށުގެ މޭޔަރު، ހާނީ އޫދީ ވިދާޅުވި ގޮތުގައި، ގަތުލުއާންމުގެ "ބޭނުން ހިފާ"، އިޒްރޭލުން ފޭރެމުން ދާ ފަލަސްޠީނު ބިންތަކުގެ ބޮޑުމިން، ދުވަހަކަށް ވުރެ ދުވަހެއް ވަނީ އިތުރެވެ.

ޔަހޫދީން އާބާދު ކުރުމާއި، ގަތުލުއާންމު ނިންމާލުމަށްފަހު މުޅި ސަރަޙައްދަށް އިޒްރޭލުން ވެރިވެގަތުމުގެ ފުރުޞަތު އޮތް ކަމަށް ކުރާ ބަހުސްތައް މިހާރުވެސް ވަނީ ހޫނުވެފައެވެ. ހުޅަނގު އައްސޭރީގެ މައި ހިސާބުގަނޑުގައި އޮންނަ ޤުސްރާ އަވަށުގައި މިހާރުވެސް އެތައް ލަކުނެއް ލައިފިއެވެ. އެ އަވަށާ ކައިރި ހިސާބުތަކުގައި ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީންގެ ފުރައްސާރައިގެ ސަބަބުންވެ.

އަނިޔާވެރި ހަމަލާއަކުން ސަލާމަތްވި ޤުސްރާގެ ރަށްވެއްސެއް ކަމަށްވާ ރާބިއާ އޫދޭ ވަނީ އެ ހަމަނުޖެހުން ފެށުމުން ދިމާވި ބިރުވެރިކަން ކިޔައިދީފައެވެ. ރަށުގެ ހަ މީހަކު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށާއި އެއީ އަނިޔާވެރިކަން އިތުރުވާން ފެށި ކަމެއް ކަމަށްވެސް ރާބިއާ ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އެ މީހުން ގެންގުޅުނު އެއްޗެހީގެ ގޮތުގައިވެސް ބާކީ ހުރީ، އަނދާ އަޅިއަށްވެފައި ހުރި އެއްޗެހި ކަމަށް ރާބިޔާ ކިޔައިދިނެވެ.

އިޒްރޭލު ސިފައިން ގޮސް، އެގޭގައި ހުރި ހުރިހާ ކެމެރާއެއް ވަގަށް ނެގީ ތަސްވީރުތަކުން އެމީހުން ފެންނަން ބޭނުން ނުވާތީ ކަމަށާއި އެއީ އެމީހުންނާ ދެކޮޅަށް ދަޢުވާ ކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ބާރު  ދެނިވި ކަމަކަށް ވާތީއެވެ.

ނަފުސުގެ ދިފާޢުގައި އަމިއްލައަށް އެއްވެސް ކަމެއް ކޮށްލުމުގެ ފުރުޞަތު ނެތް ރަށްވެހިންތަކަކަށް އިޒްރޭލުންދާ ދެމުން ޙަމަލާތަކަކީ އެ މީހުން ދިރިއުޅެމުން ގެތަކުގެ ބޭރުންވެސް ފެންނަން ހުރި މަންޒަރުތަކެކެވެ.

ރާބިއާ ކިޔައިދިން ގޮތުގައި އޭނާގެ ޢާއިލާއަށް ޢަމާޒުކޮށް ޙަމަލާ ދިނީ މުޅި ހުޅަނގު އައްސޭރިއަށް ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ނުރައްކާ ޔަހޫދީ އާބާދުން ކަމަށެވެ.

އޫދީ ޢާއިލާ ވަގުތީ ގޮތުން މިހާރު ދިރިއުޅެމުން ދަނީ ހުޅަނގު އައްސޭރީގެ މެދަކާ ހިސާބުގައެވެ. އިޒްރޭލުން ސުންނާފާތި ކުރި ގެ، އަނެއްކާވެސް ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާއާއި ކުރާ ފުރާއްސަރައަކީ އެތައް އަހަރެއް ވެފައި އޮތް ޖަރީމާތަކަކަށް ވީ ނަމަވެސް، މި ފަހަކަށް އައިސް ހިންގަމުންންދާ ދަރަޖައަކަށް ކަންކަން ގޯސްކޮށްފައި ނުވާ ކަމަށް ފަލަސްޠީނުގެ ރައްޔިތުން ބުނެއެވެ.

ރާބިއާގެ މަންމަ ބުނާ ގޮތުގައި، މި ހަމަނުޖެހުންތައް މި ގޮތުގައި ދިގުލައިގެން ހިނގައްޖެއްޔާ، އެމީހުންގެ ފުރާނަ ގެއްލި ދިއުމުގެ ނުރައްކާވެސް ބޮޑެވެ.

ޔަހޫދީ އާބާދުތައް ފަތުރާ ފުޅާ ކުރުން މެކުހަށް ޖަހާފައި އޮތް އިރު، ފަލަސްޠީނުގެ ރަށްވެހިން ހައްތަހާ ބޮޑަށް އެކަހެރި ވަމުން ދާ ކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

އަމިއްލަ ބިމާއި ގެދޮރުގެ އިސްތިޤުލާލީ މިނިވަންކަން ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ދާ މަސައްކަތްތައް މިއަދު ވަނީ އިތުރުވެފައެވެ. ނަމަވެސް އެމީހުންނަށް ކުރިމަތިލާން ޖެހިފައި އޮތީ ބަޔަކަށް ކުރިމަތިވާނެ އެންމެ ހިތްދަތި ދުވަސްތަކާ ކަންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ. އިޒްރޭލުން ބޭނުންވަނީ ހުޅަނގު އައްސޭރިން ފަލަސްޠީނުގެ ރައްޔިތުން ބާލަން ކަމަށް ވާ ހިނދު، ޣައްޒާގައި ހިންގަމުން އެ ގެންދާ ފަދަ ގަތުލުއާންމެއް، ހުޅަނގު އައްސޭރީގައިވެސް ތަކުރާރު ކޮށްފާނެ ކަމުގެ ބިރު އޮތީ އިންތިހާއަށެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު