Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު119 ކިލޯ ޑްރަގް ކޭސް

ދަށު ކޯޓުން މައްސަލައެއް ސާބިތުނުވާކަމަށް ނިންމާއިރަށް މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރުން: އިސްތިއުނާފީ މަރުހަލާގެ ބޭނުމެއް ނެތް؟

ގާނޫނީ ބައެއް މާހިރުން ވިދާޅުވާގޮތުގައި ކޯޓުތަކުގެ ބެލެނިވެެރި ފަރާތްތަކުންވެސް އެކަމާ އެއްޗެއް ބުނަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އެޕްރީލު 2024 | ބުރާސްފަތި 10:48
119 ކިލޯ މަސްތުވާތަކެތި އުފުލި ގޮތާއި ތަހުގީގާ ގުޅޭ ތަފްސީލީ ވީޑިއޯ ފުޓޭޖުތައް ދައްކާލަނީ

119 ކިލޯ މަސްތުވާތަކެތި އުފުލި ގޮތާއި ތަހުގީގާ ގުޅޭ ތަފްސީލީ ވީޑިއޯ ފުޓޭޖުތައް ދައްކާލަނީ

ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކެއްގެ ތަހުގީގާގުޅޭ މައުލޫމާތު، ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ފުލުހުން އެހެން ބުނެފައިވަނީ 119 ކިލޯ ޑްރަގް މައްސަލައިގައި ހިމެނޭ ބަޔަކު ދަށު ކޯޓުންދޫވުމާގުޅިގެން، އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ފުލުހުން ބުނީ، މިފަދަ ކޭސްތައް ރިވިއުކޮށް، ތަހުގީގުގެ މައުލޫމާތު ހާމަކުރެއްވުމަށް ހޯމް މިނިސްޓަރުވެސް ދާދި ފަހުންވިދާޅުވެފައިވާތީ، ކުރިއަށް އޮތް ތަނުގައި ފުލުހުން އެގޮތަށް އަމަލުކުރަމުން ދާނެކަމަށެވެ.

އަދި އެގޮތުގެ މަތިން ފުލުހުން ވަނީ 119 ކިލޯ މަސްތުވާތަކެތި "އުފުލި ގޮތް" ތަފްސީލީ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ދައްކާލާފައެވެ.

އެހެންނަމަވެސް މި މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެކެވެ. ފުލުހުން ބުނާގޮތުގައި މި މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ ފަރާތެއް، މި ކަން ހިނގި ދުވަހު ރާއްޖެ ދޫކޮށް ދިޔަ ގޮތަށް އަދިވެސް އެނބުރި ނާދެއެވެ.

މާނައަކީ އެ ފަރާތަށްވެސް މިހާރު މި މަންޒަރުތަކާއި ފުލުހުން އަތުގައި ހުރި ފުޓޭޖުތަކާއި، ފޮޓޯތަކާއި، މައުލޫމާތުތަކުގެ ތަފްސީލު، ނުވަތަ ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކުގެ ތަފްސީލު މިހާރު ހުންނާނީ ފެނިފައެވެ. ނުވަތަ ބެލުމަށް އެއްވެސް ހުރަހެއްވެސް ނެތެވެ.

އަނެއްކޮޅުން، ދަށު ކޯޓުން މައްސަލައެއް ސާބިތުނުވާކަމަށް ނިންމާ ކޮންމެ ފަހަރަކު އެ މައްސަލައަކާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދޭނަމަ، އިސްތިއުނާފު މަރުހަލާ އޮތުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

މި މައްސަލައިގައިވެސް މަސްތުވާތަކެތި އުފުލި ގޮތާއި، ތުހުމަތުވާ މީހުންގެ އަމަލުތައް ހުރި ގޮތް "އަލިފުން ޔާއަށް" ވީޑިއޯ ފުޓޭޖުތަކުން ދައްކާފައިވެއެވެ. މައްސަަލައިގެ ކޯލް ޑީޓެއިލް ޗާޓުތަކަށް ދާންދެން ދައްކާލިއެވެ.

ހަގީގަތަކީ، މައްސަލައެއް ސާބިތުނުވާ ކޮންމެ ފަހަރެއްގައި ސާބިތު ނުވަނީ ތަހުގީގު ގޯސްވެގެނެއް ނޫނެވެ. ބައެއް ފަހަރު ފުލުހުން ކިތަންމެ ފުރިހަމަ ތަހުގީގެއް ހިންގިނަމަވެސް، ހެކިބަސް ދޭން އަންނަ ފުލުސް އޮފިސަރު ދޭ ބަލިކަށި ހެކިބަހުގެ ސަބަބުންވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މީހުން ދެމިގަންނަން ފުރުސަތު ލިބިފައި ހުރިކަން މިއީ ހަގީގަތެކެވެ. ބައެއް މައްސަލަތަކުގައި ފެންނަން އޮތް މަންޒަރެކެވެ.

ދެން ސުވާލަކީ އެކަމާ ގުޅޭގޮތުން ކޯޓުތަކުން ކޮންމެ މައްސަލައެއް ނިމޭގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަންވީތޯއެވެ؟

އިސްތިއުނާފީ މަރުހަލާތައް އޮވެމެ، ދަށު ކޯޓުން މައްސަލައެއް ނިމޭއިރަށް އެ މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރަމުން ދިއުމަކީ، ގާނޫނީ ބައެއް މާހިރުން ވިދާޅުވާގޮތުގައި، ކޯޓުތަކުގެ ބެލެނިވެެރި ފަރާތްތަކުންވެސް އެކަމާ އެއްޗެއް ބުނަން ޖެހޭ ކަމެކެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކެވި ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވި ގޮތުގައި، މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މައްސަލައިގެ ތެރެއިން ސުލޫކީ ގޯހެއް ހެދިފައިވާނަމަ ބަލާނެ އިދާރާތަކެއް އެބަހުއްޓެވެ. އިސްތިއުނާފީ މަރުހަލާތަކެއް އެބަހުއްޓެވެ. އެންމެ ކުޑަމިނުން އެ މަރުހަލާތައް ނިމެންދެން މަޑުކޮށްލުން ބުއްދިވެރިކަމަށް ބައެއް ފަރާތްތަކުން ވިދާޅުވިއެވެ

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު