Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސައީދުގެ ޕާސްޕޯޓް ހިފެހެއްޓުން

ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގެ މައުލޫމާތު ހާމަކުރުމަށް ސައީދު ފުލުހުގައި އެދިވަޑައިގެންފި

ރާއްޖެއިން ބޭރުގައި ސަޢީދުގެ މުދަލެއް ހުރި ނަމަ އެ މުދަލެއް އޭނާގެ މިލްކިއްޔާތަށް ވެއްދުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ މުދަލަކާ ވިޔަފާރީގެ ތަފްސީލު ދެއްވުމަށް އެދިފައިވެއެވެ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2025 | ބުދަ 08:30
ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާރޗް އިން ކުރިއަށް ގެންދިޔަ ފުނަރު ޕްރޮގްރާމްގެ ދަށުން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސްގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ އޭރުގެ އެމްޑީ އަހުމަދު ސަޢީދު މުޙައްމަދު ވާހަކަދައްކަވަނީ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ މާލީ ތަނަވަސްކަން ލިބިފައިވާ ފަރާތެއްކަމަށާއި، އޭނާގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބަޔާންކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދަތުރުކުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާތީ، ފުލުހުން ތައްޔާރުކުރި އެ ރިޕޯޓްގެ މައުލޫމާތު ހިއްސާ ކުރުމަށް އެދި ސަޢީދު ފުލުހަށް ހުށަހަޅުއްވައިފިއެވެ.

އަންގާރަ ދުވަހު ސައީދުގެ ފަރާތުން ފުލުހަށް ހުށަހެޅި މި ސިޓީގައި ބުނެފައިވަނީ، ފުލުހުންގެ ފަރާތުން އެފަދަ ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅައިފައިވާނަމަ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ. އަދި ސަޢީދުގެ އެއްވެސް މުދަލެއް ވިޔަފާރިއެއް އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައިވާ އެއްވެސް ފައިސާއެއް ވެސް ނުހުންނާނެ ކަމަށް ދަންނަވަނީ އިޚުލާސްތެރިކަމާ ތެދުވެރިކަމާއެކުގައި ކަމަށެެވެ. ރާއްޖެއިން ބޭރުގައި ސަޢީދުގެ މުދަލެއް ހުރި ނަމަ އެ މުދަލެއް އޭނާގެ މިލްކިއްޔާތަށް ވެއްދުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ މުދަލަކާ ވިޔަފާރީގެ ތަފްސީލު ދެއްވުމަށް ސަޢީދު ވަނީ އެދިވަޑައިގެން ފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ސިޓީގައި ބުނެފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާވެތިބެ، ރާއްޖޭގެ ޤާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ބޭސްފަރުވާ ކުރުމުގެ ހައްގާއި ދިރިހުރުމުގެ ހައްގުން، ފުލުހުންގެ މުއައްސަސާއިން ފާޅުގައި ހުރަސްއަޅަމުންދާ ކަމަށެވެ. އެފަދަ ހަގީގަތާ ޚިލާފު ދޮގުވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ފުލުހުންގެ މުއައްސަސާއިން ތައްޔާރުކޮށް ޕީޖީއަށް ހުށަހަޅާފައިވާނަމަ، އެކަން އިސްލާހުކޮށް އޭނާ އާއި ގުޅުން ހުރި ސައްޚަ މައުލޫމާތު ހޯއްދެވުމަށްފަހު ކަމާ ގުޅުން ހުރި އިދާރާތަކަށް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. އަދި އެފަދަ ރިޕޯޓެއް ފުލުހުންގެ ފަރާތުން ޕީޖީއަށް ހުށަހަޅައިފައިވާނަމަ އެ ރިޕޯޓާއި ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ވެސް ސަޢީދު ވަނީ އެދިވަޑައިގެންފައެވެ.

ސަޢީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ސަޢީދަކީ ހިތުގެ ބައްޔަށް އިންޑިއާއިން ފަރުވާ ހޯދާފައިވާ އަދި މިހާރުވެސް ޑޮކްޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ބޭސް ނެގުމުގެ ކަންކަމާ ސިއްޚީ ކަންކަމުގައި ލަފާ ހޯދަމުންދާ ފަރާތެކެވެ. ބޭސްފަރުވާއަށް 15 ދުވަހުގެ މުއްދަތަށް އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާތީ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަ މުރާޖާ ކުރުމަށް އެދުމުން، ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖާކުރުމުގެ އަޑު އެހުމެއް 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ބާއްވާފައެވެ.

މި އަޑުއެހުން ބޭއްވުމުގެ ކުރިން، 2025 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ސަޢީދުގެ ފަރާތުން ބޭސްފަރުވާއަށް ފުރޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަނީ އެދިފައެވެ. އެފަހަރު، ހުށަހަޅާފައިވާ މެޑިކަލް ލިޔުންތަކަށް ރިޔާއަތްކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރުމުގެ ޟަރޫރަތެއް އޮތްކަމަށް އެ އޮފީހުން ގަބޫލުކުރާ ކަމަށް ބުނެފައިވެއެވެ. އަދި ސަޢީދުގެ ފަރާތުން ޕާސްޕޯޓް ހިފެހެއްޓި އަމުރު މުރާޖާޢާ ކުރުމަށް އެދޭ ހާލަތުގައި 15 ދުވަހުގެ މުއްދަތަށް ޓްރެވަލް ޑޮކިއުމަންޓެއް ދޫކުރުމަށް އެ އޮފީހުގެ އިއުތިރާޒެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގައި ދަންނަވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ނަމަވެސް، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި، ފުލުހުންގެ ފަރާތުން އިންޓެލިޖެންސް ރިޕޯޓެއް ޕީޖީއަށް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ރިޕޯޓް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެ ރިޕޯޓުގައި ރާއްޖެއިން ބޭރުގައި ސަޢީދުގެ ވިޔަފާރިތަކާއި މުދާ ހުރިކަމަށާއި އަދި ސަޢީދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ތަނަވަސްކަން ހުރި ފަރާތެއް ކަމަށް ބަޔާން ކޮށްފައިވެއެވެ. މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ވަނީ ޓްރެވެލް ޑޮކިއުމަންޓެއް ވެސް ދޫކުރެވެން ނެތް ކަމުގައި ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު