Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް: ވަކި މީހެއްގެ ބޮލުގައި ޒިންމާ އަޅުވަން އުޅޭކަމުގެ ތުހުމަތު ދައުލަތުން ކޮށްފައި ވަނިކޮށް، ކުށް ސާބިތުވީވެސް އޭނާގެ މައްޗަށް އެކަނި!

މަސްތުވާތަކެއްޗަށް ވަކި މީހަކު ޒިންމާ ކުރުވުމުގެ މިސްރާބަށް ދާކަމަށް ދައުލަތުން ކުރިން ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މާރިޗު 2024 | ބުދަ 07:30
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ދައުލަތުގެ ވަކީލުން ވަނީ މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަށް ވަކި މީހަކު ޒިންމާ ކުރުވުމުގެ މިސްރާބަށް ދިފާއުން ދާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. 

އެގޮތުން މި މައްސަލައިގައި ދައުވާލިބޭ އަލީ ޒުބައިރުގެ ދައުވާ އެކަށީގެންވާ ގޮތެއްގައި ދިފާއު ކުރެވެމުން ނުދާކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން މި މައްސަލައިގައި އަލީ ޒުބައިރުގެ ފަރާތުން އެއްވެސް ހުށައެޅުމެއްވެސް ހުށައަޅާފައިނުވާއިރު، އަހުމަދު ސުނައިނުއާއި އަހުމަދު މުޖާހިދުގެ ފަރާތުން ހުށައެޅުންތައް ހުށައަޅާފައިވާކަންވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ވުމާއެކު، މި މައްސަލައިގެ ޒިންމާ ވަކި މީހަކު ނަގަންޖެހޭ ގޮތަށް އަމަލުކުރާކަމުގެ ތުހުމަތާއެކު ދައުލަތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް، ދައުލަތުން ފާހަގަކުރި ކަންބޮޑުވުމާއި ގުޅޭގޮތުން ޝަރީއަތުން ސުވާލު ކުރުމުން، އަލީ ޒުބައިރުގެ ފަރާތުން އެފަދަ ޝަކުވާއެއް ނެތްކަމަށް އޭރު ބުނެފައިވެއެވެ.

އޭރު މައްސަލަ ބެއްލެވީ ގާޒީ ދީބާނާޒު ފަހުމީއެވެ.

ކަން އެހެން ވެފައި އޮއްވައި ބުދަ ދުވަހު މި މައްސަލަ ނިމުނުއިރު، ކުށް ސާބިތުވެފައި ވެފައިވަނީވެސް އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. މުޖާހިދުއާއި ސުނައިނުގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

އަލީ ޒުބައިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމުން، އޭނާ އުމުރަށް (25 އަހަރަށް) ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އޭނާ 2 އަހަރާއި 3 މަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ވަނީ ޙުކުމުން އުނިކޮށްފައެެވެ.   

ކްރިމިނަލް ކޯޓުގައި މި ޙުކުމް ކުރެއްވީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު