Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު އިމާރަތް

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

ކުރެހުމާއި އެއްގޮތަށް ބީއޯކިއު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އެޕްރީލު 2024 | ބުރާސްފަތި 09:40
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު އިމާރާތް ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ގުޅުމުން ޑީޖޭއޭގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކޮވިޑް ފެސިލިޓީގައި ކޯޓު ޤާއިމު ކުރުމަށް އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރެހުން ތައްޔާރުކޮށް ކުރެހުމާއި އެއްގޮތަށް އިމާރާތުގެ ބައިތައް ރޫޅާ ނިމިފައިވާކަމަށެވެ. އެގޮތުން ކުރިން ތައްޔާރުކުރި ކުރެހުމަށް ބައެއް ބަދަލުތައް ގެނެސް، ކޯޓު ރޫމް އަދި ގާޒީންގެ ރޫމް އިތުރުކޮށް، ކުރެހުމަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބީއޯކިއު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތް ނިންމުމަށްފަހު ކޯޓުގެ ޚިދުމަތް އެތަނުގައި ދިނުމަށް އަދި ހަތަރުމަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ހެދި އިންސްޕެކްޝަނަށްފަހު، އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

އެހެންކަމުން ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުރީ މަދު ޖާގަތަކެކެވެ. އެގޮތުން ކޯޓުގެ އެކި ސެކްޝަންތަކުގައި ތިއްބަވަ 11 ގާޒީން ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވުމަށް ހުރީ އެންމެ މާލަމެކެވެ.

އެއާއެކު ދާދިފަހުން މާލެއަށް ކުރި ވިއްސާރައާ ގުޅިގެން މިހާރު ހުރި ޖާގަތަކުގައިވެސް ޝަރީއަތްތައް ހިންގަން ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ އިމާރާތަށް އެކި ކަހަލަ ގެއްލުންތައް ވެފައިވާއިރު، ވާރޭ ވެހުމުގެ ސަބަބުން ކޯޓުގެ ސާވަރ ރޫމަށްވެސް ފެނުގެ އަަސަރުކޮށް ކޯޓުގެ ގިނަ އަޑުއެހުންތަކެއް ދިޔައީ ކެންސަލްވަމުންނެވެ.

ކްރިމިނަލް ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު