Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީ-ޕާސްޕޯޓުގެ ޚިދުމަތް

އީ-ޕާސްޕޯޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން "އިމުގާ" ޕޯޓަލްއަށް ވަނީ ޓެކްނިކަލް ބައެއް މައްސަލަތައް ކުރިމަތިވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 އެޕްރީލު 2024 | ބުދަ 12:30
އިމިގްރޭޝަންގެ އޮފިސަރުންތަކެއް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް

އިމިގްރޭޝަނުން ދެމުންދިޔަ އީ-ޕާސްޕޯޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން "އިމުގާ" ޕޯޓަލްއަށް ވަނީ ޓެކްނިކަލް ބައެއް މައްސަލަތައް ކުރިމަތިވެފައެވެ. ވެބްސައިޓަށް ނުވަދެވުމާއި، ބައެއް ޚިދުމަތްތައް މެދުކެނޑިގެން ދިޔައެވެ. ނަމަވެސް މިމައްސަލަ 31 މާޗްގައި ހައްލުކޮށް، އަލުން ޚިދުމަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement - newsAdvertisement

ވެބްސައިޓުން ދައްކާ ގޮތުގައި އީ-ޕާސްޕޯޓުގެ ޚިދުމަތް ބައި ސިލެކްޓެއް ނުކުރެވެއެވެ. އޮންލައިންކޮށް 32 ސަފުހާގެ އާދައިގެ ޕާސްޕޯޓަށް ހުށަހަޅަން ހުޅުވާލި ނަމަވެސް 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ވަނީ ހުއްޓާލާފައެވެ.

މިމައްސަލައާ ގުޅިގެން ބައެއް މީޑިއާތަކަށް އިމިގްރޭޝަނުން ބުނެފައިވަނީ ސްޓޮކް ހުސްވުމާއި ގުޅިގެން އީ-ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި 15 އޭޕްރީލް 2024ގެ ފަހުން އީ-ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށާއި، މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޗުއްޓީ ދުވަސްވަރާއި ދިމާކޮށް، އިމުގާ ވެބްސައިޓަށް ނުވަދެވުމާއި، ބައެއް ޚިދުމަތްތަކަށް ބުރޫ އެރުން ފަދަ މައްސަލަތައް ކުރިމަތިވެފައެވެ. ރަމަޟާން މަހުގެ ފަހު 10 ބަންދުވުމާއިއެކު ގިނަ ބަޔަކު ދަނީ ރާއްޖޭއިން ބޭރަށްށާއި، އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރަމުންނެވެ. އަދި ގިނަ ބަޔަކު ޕާސްޕޯޓު ހެއްދުމަށްށާއި، އައު ކުރުމަށް ހުށަހަޅާފައިވެއެވެ.

އިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
13 މެއި 2025

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު