Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝައްމާނަށް ދައުވާ ކުރުން

މަނީ ލޯންޑަރިންގެ ދައުވާ ހިމެނޭހެން ޝަމްއާންގެ މައްޗަށް 3 ދައުވާއެއް

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ޝައްމާން އަށް ކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 މެއި 2025 | ހޯމަ 06:28
މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު

މަނީ ލޯންޑަރިންގެ ދައުވާ ހިމެނޭހެން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝައްމާންގެ މައްޗަށް 3 ދައުވާއެއް އުފުލައިފިއެވެ.

ޝައްމާންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 11 މާޗުގެ ރޭގަނޑު 11:30 ހާއިރު، އިމިގްރޭޝަންގެ ކަމާއި ގުޅުން ހުރި ޑިޕާޓްމަންޓަށް އެންގުމެއް ނެތި، ކޮންޓްރޯލަރުގެ ބިއުރޯގައި މަސައްކަތްކުރަމުން ދިޔަ އިބްރާހީމް އަހުމަދާއި އަހުމަދު ލައްސާނު އަދި މުހައްމަދު އަލްސަން އިސްމާއީލާއި ދެ މީހުންނަށް ބިދޭސީންތަކެއް ރާއްޖޭގައި ކުރާ މަސައްކަތް ބެލުމަށް އިރުޝާދުދިން މައްސަލަ އާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނިގޮތުގައި ޝަމްއާންއަށް ކުރާ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެވެ.ޝައްމާންގެ އަމުރަށް، 530،000 ދިވެހި ރުފިޔާއާއެކު ބިދޭސީއެއް ދޫކޮށްލާފައިވާ ކަމަށް ބުނާ މިމައްސަލާ ގުޅިގެން ޝައްމާން ދިރިއުޅޭ ގެ ވެސް ފުލުހުން ބަލާ ފާސްކޮށްފައިވެއެވެ. އަދި އެގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލެމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ދައުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ޝަމްއާންއަށް އެނގިގެން އެ މުވައްޒަފުން އެ ރެއިޑް ޖަހާފައިވާ ކަމަށާއި ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތްކަން އަދި މޯލްޑިވްސް އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް އެކަން ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި ރެއިޑް ޖެހިރޭ މޯލްޑިވްސް އިމިގްރޭޝަންގެ ރިސްކް ސެކްޝަން މުވައްޒަފުން އެ ތަނަށް ހާޒިރުވުމަށް ފަހު އެ ތަނުގައި ތިބި ބިދޭސީންގެ ތެރެއިން 530،000ރ.އާ އެކު ބަންގަލަދޭޝްެގެ ރައްޔިތެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ ބަންދުން ދޫކުރުމަށް އޭނާގެ ސްޕޮންސަރުގެ ނަމުގައި ސައްހަ ނޫން ސިޓީއެއް އިމިގްރޭޝަންގެ މެއިލް އަށް ފޮނުވާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުގައި ހުރި ފައިސާގެ ތެރެއިން 500،000ރ. ދިނުމަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ފައިސާ ނުދެވޭނެ ކަމަށް އޭނާ ބުނުމުން، އޭނާގެ އަތުން އަތުން 500،000ރ. އަތުލުމަށް ޝަމްއާން އެންގި ކަމަށް ވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ. އެ ބިދޭސީ މީހާ އަށް ރާއްޖެ އިން ދިއުމަށް އަންގާ ބިރު ދެއްކި ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

13 މާޗުގެ ދަންވަރު 3 ހާއިރު ޝަމްއާން ދިރިއުޅޭ ގެއަށް އެ ފައިސާ ގެންގޮސްދީފައިވާ ކަމަށާޢި އެ ފައިސާގެ ތެރެއިން 400،000ރ. ޝަމްއާން އަށް ދީފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. އެ ފައިސާ ބޭނުންކޮށްގެން ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯންއަކަށް ހަމަ އެ ދުވަހު ފައިސާ ދައްކާފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ބަންދުގައި ތިބި ހަތަރު މުވައްޒަފުންނާއި، ޝަމްއާންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މީގެ ކުރިން ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރުކުރި 4 މީހުންނަކީ ތ ބުރުނި، މޫނިމާ، މުހައްމަދު އަލްސަން އިސްމާއީލް (21އ)، މާލެ، ގ.ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ) އަދި މާލެ ގ ހެޕީސައިޑް، ހަސަން ސަހެޝާން (47އ) ކަމަށެވެ. މި 3 މީހުން ހައްޔަރުކުރީ މާޗް 20 ވަނަ ދުވަހުގެ ރެއެވެ. އަދި 21 ވަނަ ދުވަހު މާލެ، މ. ހަޒާރީވިލާ އަހުމަދު ލައްސާން (40އ)އެވެ. މި 4 މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު