Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންސާނީ އެހީތެރިންނަށް އަމާޒުކޮށް ހަމަލާދިނުން

ޣައްޒާގައި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވި މީހުންނަށް ދިން ހަމަލާ ދުނިޔޭގެ ބާރުތަކުން ކުށްވެރިކޮށްފި

އިޒްރޭލުން ދިން ހަމަލާއެއްގައި އޮސްޓްރޭލިއާ، އިނގިރޭސި، ފަލަސްތީން، ޕޮލެންޑް އަދި އެމެރިކާ-ކެނެޑާގެ މުވައްޒަފުން މަރުވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2024 | ބުދަ 07:12
އިސްރައީލްގެ ހަމަލާގައި މަރުވި، އެހީދޭ ބައެއް މީހުންގެ ޕާސްޕޯޓް

އިސްރައީލްގެ ހަމަލާގައި މަރުވި، އެހީދޭ ބައެއް މީހުންގެ ޕާސްޕޯޓް

އިސްރާއީލުން ޣައްޒާއަށް ދިން ނުރައްކާތެރި ޙަމަލާގައި 7 ޗެރިޓީ މުވައްޒަފަކު މަރުވެފައިވާތީ ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ދުނިޔޭގެ ބާރުތަކުން އެހަމަލާ ކުށްވެރިކޮށްފިއެވެ.

އެހީ ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ އެންޖީއޯގެ ތެރޭގައި ހިމެނޭ ވޯލްޑް ސެންޓްރަލް ކިޗަން އިން ބުނީ ހޯމަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި އޮސްޓްރޭލިއާ، އިނގިރޭސި، ފަލަސްތީން، ޕޮލެންޑް އަދި އެމެރިކާ-ކެނެޑާގެ މުވައްޒަފުން މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އެންމެ ބޮޑު ބައިވެރިޔާ ވޮޝިންޓަން އިން ބުނީ މި ހަމަލާގެ ސަބަބުން އިސްރާއީލުގެ ހިތް ހަލާކުވެ، ވަރަށް ބޮޑަށް ހާސްވެފައިވާ ކަމަށެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއެން ވޮޓްސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންސާނީ އެހީއަށް މަސައްކަތްކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އެހީ ފޯރުކޮށްދޭއިރު އެމީހުން ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ މި ހަމަލާއަކީ އޮޅިގެން ދިން ހަމަލާއެއް ކަމަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެ، "ދެފުށް ފެންނަ ގޮތަށް ހޯދުންތައް ހިއްސާ ކުރާނެ" ކަމަށް ވައުދުވެފައެވެ.

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވިދާޅުވީ އިސްރާއީލުން މިހާރުން މިހާރަށް ތަހުގީގުކޮށް، ވީގޮތް ފުރިހަމަ، ދެފުށް ފެންނަ ތަފްސީލެއް ދިނުމަށް އިސްރާއީލަށް ގޮވާލާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ މީހަކު ހިމެނޭކަން އެނގުމުން ހައިރާންވެވަޑައިގެން ހިތާމަކުރައްވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ މި ހަމަލާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މިއީ ދުވަހަކުވެސް ހިނގައިގެން ނުވާނެ ހިތާމަވެރި ހާދިސާއެއް ކަމަށް ވިދާޅުވެފައެވެ.

އަދި ހަމަލާގައި މަރުވި އޮސްޓްރޭލިއާގެ ވޮލަންޓިއަރު ލާލްޒައުމީ "ޒޯމީ" ފްރޭންކްކޮމްގެ އާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ވޯލްޑް ސެންޓްރަލް ކިޗަންގެ ބާނީ އަދި ލީޑަރު ސެލެބްރިޓީ ޝެފް ހޯސޭ އަންދްރޭސް ވިދާޅުވީ އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންނާއި މުޅި ޑަބްލިއުސީކޭ އާއިލާއަށް ޓަކައި ހިތާމަކުރާ ކަމަށެވެ.

އިސްރާއީލު ސަރުކާރުން މި ނުހައްގުން މީހުން މެރުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ. އަދި އިންސާނީ އެހީ އަށް ހުރަސް އެޅުން ހުއްޓާލައި އާންމުންނާއި އެހީދޭ މީހުން މެރުން ހުއްޓާލައި ކާބޯތަކެތީގެ ބާވަތްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އެ ޗެރިޓީން ބުނީ އިސްރާއީލުގެ އަސްކަރިއްޔާއާ އެކު އެ ޖަމިއްޔާގެ ހަރަކާތްތައް ކޯޑިނޭޓްކޮށްފައިވާ ކަމަށާއި އެ ޗެރިޓީގެ ލޯގޯ ޖަހާފައިވާ ވެހިކަލްތަކުގައި ދަތުރު ކުރަމުން އަންނަ ކަމަށެވެ.

އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ އާންމުންނާއި އިންސާނީ ހިދުމަތްތެރިން ހިމާޔަތް ކުރުމަށް ހުރިހާ ޑިމާންޑެއް ކުރި ނަމަވެސް، ކުށެއް ނެތް އިތުރު މީހުން މަރުވާތަން ފެންނަ ކަމަށެވެ.

ވޯސާއިން ބުނީ، ޕޮލެންޑްގެ ރައްޔިތަކު މަރާލި ހާދިސާއާ ގުޅޭ ގޮތުން އަވަސް ތަފްސީލެއް ދިނުމަށް އިސްރާއީލުގެ ސަފީރުގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

ޕޮލެންޑްގެ ޚާރިޖީ ވަޒީރު ރަޑޮސްލޯ ސިކޯރްސްކީ ވިދާޅުވީ، އެހީދިނުމުގައި ހަރަކާތްތެރިވި ޕޮލެންޑް މީހާގެ މަރުގެ މައްސަލަ އެގައުމުން ވެސް އަމިއްލައަށް ބަލަން ފަށާފައިވާ ކަމަށެވެ.

މި ހަޅުތާލުގެ ސަބަބުން ހައިރާންވި ކަމަށް ބުނާ ބެއިޖިން އާއި މެޑްރިޑުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ މިއީ އެހީވުން ފިޔަވައި އެހެން ކަމެއް ނުކުރާ ހަތް އެހީދޭ މުވައްޒަފުންގެ ފުރާނަ ފޭރިގަތް އަނިޔާވެރި ހަމަލާއެއް ކަމަށް ސިފަކޮށްފަ އެވެ.

ޣައްޒާއިޒްރޭލްފަލަސްތީނު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު